Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން - އިސްރާއިލް ހަނގުރާމަ

އިޒްރޭލުން ބުނަނީ ހަމާސްގެ އަސްކަރީ ވެރިޔާ ދައިފް ވެސް މަރާލެވިއްޖެ ކަމަށް

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާ ގެ އިންޓެލިޖެންސް އެސެސްމަންޓް ތަކުން ޖުލައި 13 ވަނަ ދުވަހުގެ ހަމަލާގައި ދައިފް މަރުވެފައިކަން ކަށަވަރު ކުރެވޭ ކަމަށެވެ.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2024 | ބުރާސްފަތި 13:10
ދައިފް އަކީ އިޒްރޭލުގައި 1200ށް ވުރެ ގިނަ މީހުން މަރުވި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެެރިވި ފަރާތްކަމަށް ވެސް ރިޕޯޓުތަކުން ބުނޭ

ދައިފް އަކީ އިޒްރޭލުގައި 1200ށް ވުރެ ގިނަ މީހުން މަރުވި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެެރިވި ފަރާތްކަމަށް ވެސް ރިޕޯޓުތަކުން ބުނޭ

ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ދައިފް، ގާޒާ ގެ ޚާން ޔޫނިސް އަށް އިޒްރޭލުން ޖުލައި 13 ވަނަ ދުވަހު ދިން ހަމަލާގައި މަރުވެފައިވާ ކަން ޔަގީން ކުރެވިއްޖެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އިޒްރޭލުން މި ބުނާ ބުނުން ކަށަވަރު ކުރެވޭނެ މައުލޫމާތެއް މިހާތަނަށް ހަމާސް އިން ހާމަ ކޮށްފައެއް ނުވެއެވެ.

އިޒްރޭލުން ދެކެނީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދެކުނު އިޒްރޭލަށް ދިން ކުއްލި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި އެއްފަރާތަކީ ހަމާސްގެ އަސްކަރީ ވެރިޔާ ދައިފް ކަމަށެވެ.

އަނެއްކޮޅުން ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ، އީރާނުގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ޝަހީދު ކޮށްލާފައެވެ. ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ހަމަލާ ދިން ކަމަށް އިޒްރޭލުން އަދި ސީދާ ގޮތެއްގައި އެއްބަސްވެފައި ނެތަސް އީރާނުން އެންމެ ފުރަތަމަ ވެސް އެ ހަމަލާގެ ޒިންމާ އަޅުވާފައި ވަނީ އިޒްރޭލުގެ ބޮލުގައެވެ.

ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ދައިފްގެ މަރާ ބެހޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާ ގެ އިންޓެލިޖެންސް އެސެސްމަންޓް ތަކުން ޖުލައި 13 ވަނަ ދުވަހުގެ ހަމަލާގައި ދައިފް މަރުވެފައިކަން ކަށަވަރު ކުރެވޭ ކަމަށެވެ.

ދައިފް ގެ މަރާ ބެހޭ ގޮތުން ހަމާސް އިން ހިންގާ ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައިވަނީ ޖުލައި 13 ގެ ހަމަލާގައި ފަލަސްތީނުގެ 90 މީހުން މަރުވި ކަމަށާއި އެހެން ނަމަވެސް މަރުވި މީހުންގެ ތެރޭގައި ދައިފް ނުހިމެނޭ ކަމުގައެވެ.

ދައިފް އަކީ ޔަހްޔާ ސިންވާރ އާ ޖެހިގެން ފަލަސްތީނުގައި ހުންނަ ހަމާސްގެ އެންމެ އިސް ފަރާތް ކަމަށް ވަނީ ބެލެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުހައްމަދު ދައިފް އަކީ، ހަމާސް ގެ ހަތިޔާރު އެޅި ގޮފި ކަމުގައިވާ އިއްޒުއްދީން އަލް-ގަސަމް ބްރިގޭޑްސްގެ ވެރިޔާ އެވެ. 2002 ވަނަ އަހަރުން ފެށިގެން ހަމާސްގެ އަސްކަރީ ހަރާކަތްތައް ހިންގުމުގެ އެންމެ އިސްފަރާތަކީ އޭނާއެވެ.

އިޒްރޭލުން މަރާލަން އެންމެ ބޭނުންވާ މީހުންގެ ލިސްޓްގައި ދައިފް ހިމަނާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެކަމަށް ރިޕޯޓްތައް ބުނެއެވެ. ރެކޯޑް ކުރެވިފައިވާ ގޮތުގައި އޭނާގެ ފުރާނަ ދުއްވާލުމަށް ދިން ހަތް ހަމަލާ އަކުން ދައިފް ވަނީ ސަލާމާތް ވެފައެވެ.

ދައިފްގެ ފުރާނަ ދުއްވާލަން އިޒްރޭލުން މިހާތަނަށް ދިން އެންމެ ބޮޑު އެއް ހަމަލާއަކީ 2014 ވަނަ އަހަރު ގާޒާގެ ޝެއިޚް ރަދްވާންގެ ގެއަކަށް ދިން ހަމަލާއެވެ. އެހަމަލާގައި ދައިފްގެ އަންހެނުން ވިދާދް އާއި ކުޑަ ފިރިހެން ދަރިފުޅު އަލީ މަރުވިއެވެ. އިޒްރޭލުން ހީކުރީ އެ ހަމަލާ ގައި ދައިފް ވެސް މަރުވި ކަމަށެވެ. އެހެން ނަމަވެސް ފަހުން އެނގުނީ އިޒްރޭލުން ހަމަލާ ދިން އިރު އެ އިމާރާތުގައި ދައިފް ނެތް ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު