Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔ

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

މިއީ ސުލްޙައިގެ ވާހަކަތަކަށް ހުރަސް އެޅުމަށް ސަރުކާރުން ދިން ހަމަލާއެއް – އިދިކޮޅު ފަރާތްތައް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 23:42
ޖާނުން ފިދާވެގެން މިއަދު ހަމަލަތަކެއް ދިން ހިމްސް – ފޮޓޯ: އަލް ޖަޒީރާ

ޖާނުން ފިދާވެގެން މިއަދު ހަމަލަތަކެއް ދިން ހިމްސް – ފޮޓޯ: އަލް ޖަޒީރާ

ޖާނުންފިދާވެގެން ސީރިއާގެ ހިމްސްގެ އަސްކަރީ އޮފީސްތަކަކަށް ދިން ހަމަލާތަކެއްގައި، އެޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ، ޖެނެރަލް ހަސަން ދާބުލް އަވަހާރަކޮށްލައިފިއެވެ.

މިއަދު ދިން މި ހަމަލާތަކުގައި، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ ޖެނެރަލް ދާބުލް އަވަހާރަވެފައިވާކަން ސީރިއާގެ ދައުލަތުގެ ޓީވީއިން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާތަކުގައި ސީރިއާގެ ސެކިއުރިޓީ ބްރާންޗްގެ އިސްވެރިޔާ، ބްރިގޭޑިއަރ އިބްރަހީމް ދާވިޝްއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ ހަމަލާތަކުގައި ޖެނެރަލް ދާބުލް އަވަހާރަކޮށްލަފައިވަނީ ސީދާ އޭނާގެ އޮފީހަށް ވަދެ، ހަނގުރާމަވެރިއަކު ދިން ހަމަލާއެއްގައެވެ.

ސީރިއާގައި މިއަދު ވަރުގަދަ ހަމަލާތަކެއް ދީފައި މިވަނީ ސީރިއާގެ 6 އަހަރުވީ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އދ މެދުވެރިވެގެން ޖެނީވާގައި މަޝްވަރާތައް ފަށައި، އަލިމަގެއް ފެނިދާނެ ކަމުގެ އުއްމީދު އާވެފައިވަނިކޮށެވެ.

ހަމަލާތަކަށްފަހު، މީޑިއާގައި ވާހަކަ ދައްކަވަމުން، ޖެނީވާގައި ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކުގައި ސީރިއާ ސަރުކާރާއި އިދިކޮޅު، ފްރީ ސީރިއަން އާމީގެ ދެކުނު ގޮފީގެ ތަރުޖަމާނު، އިއްސާމް އަލް ރީސް ވިދާޅުވީ މިއީ ސުލްޙައިގެ ވާހަކަތަކަށް ހުރަސްއަޅައި، އެ ވާހަކަތައް ނާކާމިޔާބު ކުރުމަށް ރައީސް ބައްޝާރުގެ ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

މީގެ ކުރިން ސުލްޙައިގެ ވާހަކަތައް ކުރިއަށްގެންދަނިކޮށް، ސަރުކާރުގެ ބާރުގެ ދަށުގައި އޮތް، ސައްޔިދާ ޒައިނަބް ކިޔާ ހިސާބަކަށް ދިން ހަމަލާއަށް އިޝާރާތްކުރައްވާ އިއްސާމް ވިދާޅުވީ، މި ހަމަލާތައް ދީފައިވާ ސަރަޙައްދަކީ ހިމްސްގެ ގްރީން ޒޯންގައި ހިމެނޭ އަސްކަރީ ސަރަޙައްދަކަށް ވުމުން މި ހަމަލާތަކަކީ އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތަކެއް ކަމެއް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި މިއީ ރަޝިއާގެ ފަރާތުން ހަމަލާތައް ހުއްޓާލާފައި ބޭއްވުމަށް ރައީސް ބައްޝާރުގެ ސަރުކާރަށް އަޅަމުން ދާ ބާރުގެ ސަބަބުން ހުއްޓިފައިވާ ހަމަލާތައް އަލުން ފެށުމަށް ސަރުކާރަށް އުޒުރެއް ހޯދުމަށް ކުރި ކަމެއް ކަމަށްވެސް އިއްސާމް ވަނީ ތުޙުމަތު ކުރައްވާފައެވެ.

މި ހަމަލާތަކާއި ގުޅިގެން، ހިމްސްގެ ގަވަރުނަރު ޠަލާލް ބަރްޒާނީ ވިދާޅުވީ، މިއަދު ދިން ޖުމްލަ ތިން ހަމަލާއެއް 32 މީހުން މަރުވެ، 20 މީހުން ޒަޚަމް ވެފައިވާ ކަމަށެވެ.

މިއަދުގެ ހަމަލާތަކުގެ ފަހަތުގައި، އިދިކޮޅު ހަނގުރާމަވެރި ގިނަ ޖަމާއަތްތަކެއް ގުޅިގެން މި އަހަރުގެ ކުރީކޮޅު އުފެއްދި ތަޙްރީރް އަލް ޝާމް ޖަމާޢަތުގެ އަތެއް އޮތްކަމަށް، ކަށަވަރު ނުކުރެވޭ ތުޙުމަތުތަކެއް ކުރެވޭއިރު، މި ހަމަލާތަކާއި އެކު ޖެނީވާގައި ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކަށް ބޮޑު ބުރޫތަކެއް އަރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު