Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގާޒާ ހަނގުރާމަ

ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސް ގައި ހެއްދެވީ ހުސް ދޮގު: ހަމާސް

ނަތަންޔާހޫ ކޮންގްރެސް ގައި ތަގުރީރު ކުރައްވަމުން ގެންދެވި އިރު އޭނާއާ ދެކޮޅަށް އެ ސަރަހައްދުގައި އެތައް ސަތޭކަ މީހުން ދިޔައީ މުޒާހަރާ ކުރަމުންނެވެ.

ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 01:12
ޚާން ޔޫނިސްގައި އިޒްރޭލުން ޝަހީދު ކޮށްލި ފަލަސްތީނު ބައެއްގެ ޖަނާޒާގެ ބައިވެރިވިން ހިތާމަ ފާޅު ކުރަނީ

ޚާން ޔޫނިސްގައި އިޒްރޭލުން ޝަހީދު ކޮށްލި ފަލަސްތީނު ބައެއްގެ ޖަނާޒާގެ ބައިވެރިވިން ހިތާމަ ފާޅު ކުރަނީ

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ އެމެރިކާ ގާނޫނު ހަދާމަޖިސް ގައި ބުދަ ދުވަހު ދެއްވި ތަގުރީރުގައި ވަނީ ހުސް ދޮގު ކަމަށާއި، އެކަމުން ދޭހަ ވަނީ ސުލްހަ ގެނައުމަށް އޭނާ ސީރިއަސް ނޫންކަމާއި، ހަނގުރާމަ ހުއްޓާލަން ބޭނުން ނުވާކަން ކަމުގައި ހަމާސް އިން ބުނެފިއެވެ.

ހަމާސް އާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ހުރަސް އަޅަނީ ވެސް އަދި ރަހީނު ކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަން ކުރުމަށް ހުރަސް އަޅަމުން ގެންދަނީ ވެސް ނަތަންޔާހޫ ކަމަށެވެ.

ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސް ގައި ތަގުރީރު ކުރައްވަމުން ގެންދެވި އިރު ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ނަތަންޔާހޫ އާ ދެކޮޅަށް މުޒާހަރާތައް ދިޔައީ ކުރިއަށެވެ.

ގާޒާ ހަނގުރާމަ އާ ދެކޮޅު ހެދުމުގެ ގޮތުންނާއި ހަމާސްގެ ހައްޔަރުގައ ތިބި އިޒްރޭލުގެ ރަހީނުން މިނިވަން ކުރުމަށް އެއްބަސްވުމުކަށް އައުމުގައި ލަސްވަމުންދާ ކަމަށް ބުނެ އެތައް ސަތޭކަ ބަޔަކު ގެންދިޔައީ ނަތަންޔާހޫ އަށް އަމާޒު ކޮށް ރުޅިވެރި ކަމުގެ ޝުއޫރު ފާޅު ކުރަމުންނެވެ.

އެމެރިކާގެ ކޮންގްރެސް ގައި ޔަތަންޔާހޫ ކުރެއްވި ތަގުރީރު ގައި އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެއްކެވުމަށް މަސައްކަތް ކުރެއްވި އިރު ބުދަ ދުވަހުވެސް ޔަހޫދީ ސިފައިން ގެންދިޔައީ ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރި ހަމަލާތައް ދެމުންނެވެ. ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ ޚާން ޔޫނިސްގެ ސަލާހުއްދީން މަގުގައި ހަރަކާތެއް ހުރި ކޮންމެ އެއްޗަކަށް ޔަހޫދީ ސިފައިން ގެންދިޔައީ ބަޑި ޖަހަމުން ކަމަށެވެ. ޒަޚަމްވެފައިވާ މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ މެޑިކަލް ޓީމަށް ވެސް ޔަހޫދީ ސިފައިން ހަމަލާ ދިން ކަމަށް މީޑިއާ އޮފީހުން އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޚާން ޔޫނިސް އަށް މިފަހުން ޔަހުދީ ސިފައިން އަރާ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 129 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން އަމިއްލަ ގެދޮރުން ނުކުމެ ޚާން ޔޫނިސް ދޫކޮށް ދިއުމަށް މަޖުބޫރު ކުރުމުގެ ސަބަބުން އެ ތަނުގެ އާބާދީގެ 150،000 މީހުން މަގުމަތިވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީ ބުނާ ގޮތުގައި ގާޒާ ސިޓީގެ ޝެއިޚް ރަދްވާން ސަރަހައްދަށް ޔަހޫދީ ސިފައިން ބުދަ ދުވަހު ހަމާލާ ދިނުމުގެ ސަބަބުން މަދުވެގެން ހަތަރު މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ އަންހެނުންވެސް ހިމެނެއެވެ.

ގާޒާ ގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 39،145 ފަލަސްތީން މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ އިތުރުން 90،257 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާހަމާސް-އިސްރާއިލް ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު