Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީލިއަން އެމްބާޕޭ

އެމްބާޕޭ ދައްކާލައިފި، ބަލަން ދިޔައީ 80000 މީހުން

ފްރާންސްގެ ޕީއެސްޖީ ދޫކޮށްލި ކުޅުންތެރިޔާ ރެއާލް އަށް ސޮއިކުރީ ފަސް އަހަރު ދުވަހަށެވެ.

ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 11:29
ކީލިއަމް އެމްބާޕޭ (ވ) އާއި ޕެރޭޒް ޖާޒީ ދައްކާލަނީ

ކީލިއަމް އެމްބާޕޭ (ވ) އާއި ޕެރޭޒް ޖާޒީ ދައްކާލަނީ

ސްޕޭނާއި ޔޫރަޕުގެ ޗެމްޕިަން ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ ދައްކާލައިފި އެވެ.

ފްރާންސްގެ ޕީއެސްޖީ ދޫކޮށްލި ކުޅުންތެރިޔާ ރެއާލް އަށް ސޮއިކުރީ ފަސް އަހަރު ދުވަހަށެވެ. މެޑިކަލް ހަދައި ރެއާލްގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ސަޕޯޓަރުންނަށް އޭނާ ދައްކާލުން ބޭއްވީ ރެއާލްގެ ސްޓޭޑިއަމް ކަމަށްވާ ސެންތިއާގޯ ބާނަބައުގަ އެވެ. މި ރަސްމިއްޔާތަށް 80000 މީހުން ޖަމާވި ކަމަށް ރެއާލް މެޑްރިޑުން ބުނެ އެވެ.

އެމްބާޕޭ އަށް ރެއާލްގައި އާމްދަނީގެ ގޮތުގައި އަހަރަކު ލިބޭނީ 12.5 މިލިއަން ޔޫރޯ އެވެ. މިއީ ޕީއެސްޖީގައި ލިބުނު އަދަދަކަށްވުރެ 60 އިންސައްތަ މަދު އަދަދެއް ކަމަށްވެ އެވެ. ނަމަވެސް އޭނާ ރެއާލް އަށް ބަދަލުވީ ކުޑައިރުއްސުރެ އެކުލަބަށް ކުޅެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.

އެމްބާޕޭ ރެއާލް އަށް ބަދަލުވިއިރު އޭނާ މިކަން ކުރިޔަ ނުދޭނެ ފްރާންސްގެ ސަރުކާރާއި ގަތަރު ސަރުކާރުން ވެސް މަސައްކަތްކުރި އެވެ. މި ގޮތުން ގަތަރުގެ ބެއިން ސްޕޯޓްސްއިން ފްރާންސް ލީގު ސްޕޮންސާކޮށް އޭގެ ފައިދާގެ ބައެއް އެމްބާޕޭއަށް ދޭން ވެސް ހުށަހެޅި އެވެ.

އޭނާ ރެއާލް މެޑްރިޑްގައި ބޭނުންކުރާނީ ނުވަ ނަންބަރު ޖާޒީ އެވެ. އާއްމުކޮށް އޭނާ ލައި އުޅޭ 10 ނަންބަރު ޖާޒީ ނުލިބުނީ ރެއާލް އަށް ކުޅޭ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޑް މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާނުލުމުންނެވެ.

ނުވަ ނަންބަރުގައި އެންމެ ފަހުން ރެއާލްގައި ވިދާލި ދުނިޔޭގެ ފެންވަރުގެ ދެ ކުޅުންތެރިންނަކީ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ އާއި ބްރެޒިލްގެ ރޮނާލްޑޯ އެވެ. އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެންމެ ފުރަތަމަ ރެއާލްގައި ބޭނުންކުރީ 9 ނަންބަރު ޖާޒީ އެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

މާލޭ ލީގު: ރިޒޭގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް އީގަލްސް ފެންވަރު ދައްކާލައިފި

23 ޖޫން 2017
މާލޭ ލީގު: ރިޒޭގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް އީގަލްސް ފެންވަރު ދައްކާލައިފި
30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
27 މެއި 2017

ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ

27 މެއި 2017
ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު