Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މާލޭ ލީގު: ރިޒޭގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް އީގަލްސް ފެންވަރު ދައްކާލައިފި

މާޒިޔާގެ މައްޗަށް އީގަލްސް ކުރިހޯދީ 0-4 ގެ ނަތިޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 23 ޖޫން 2017 | ހުކުރު 11:51
މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާލޭ ލީގުގައި އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އީގަލްސް ފެންވަރު ދައްކާލައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ލީގުގެ ދެވަނަ ބުރު ހުޅުވި މެޗުގައި ވަރުގަދަ މާޒިޔާއާ ވާދަކޮށް އީގަލްސް އިން މެޗު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލީޑު ނެގުމަށްވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މީގެއިތުރުން އީގަލްސްއަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އަހުމަދު ނާޝިދު (ނައްޓޭ) އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އީގަލްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކައުންޓާގައި އީގަލްސްގެ ރިޒޭ އަށް މުޅިން ހުސް ބޯޅައެއް ލިބިފައިވާއިރު، އޭނާ ވަނީ މާޒިޔާ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލު ތެރެއަށް ފޮނުވާލައިގެން އެޓީމަށް ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހު މާޒިޔާ އިން ވަނީ ކުރިޔަށް ޖެހި ނަތީޖާ ހަމަހަމަ ކުރުމަށް ބުރަ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް 74 ވަނަ މިނެޓުގައި ރިޒޭ ވަނީ އީގަލްސް އަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ނަތީޖާގެ ފަރަގު ކުޑަކުރުމަށް ފުރުސަތު ލިބިފައިވާއިރު، އޭނާ ފޮނުވާލު ބޯޅަ އީގަލްސްގެ ބިދޭސީ ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުށިއާރުކަމާއެކީ ދިފާއުކޮށްފައެވެ.

އީގަލްސް އިން ތިންވަނަ ލަނޑު ޖެހީ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓަކުންނެވެ.

އީގަލްސް އިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު އިތުރުވަގުތު ތެރޭގައި ކާމިޔާބުކޮށް ރިޒޭ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ރިޒޭ އަންނަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މި ނަތީޖާއާއާއެކު އީގަލްސް 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި މާޒިޔާ އަދިވެސް 21 ޕޮއިންޓާއެކު އޮތީ އެއްވަނައިގައެވެ. އެހެންނަމަވެސް ހުކުރު ދުވަހުގެ ރޭ ޓީސީ އަތުން ނިއު މޮޅުވެއްޖެ ނަމަ ނިއު އިން މާޒިޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު