Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ސުލްހައިގެ ވާހަކަ ތަކުން ހަމާސް ވަކިވަނީ

ހަމާސް އިން ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އިޒްރޭލުން އެއްވެސް ސީރިއަސް ކަމެއް ނެތް ކަމަށެވެ.

ރާއްޖެ އެމްވީ | 14 ޖުލައި 2024 | އާދީއްތަ 19:14
ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ މޯޗަރީ ކުރިމަތީގައި ފަލަސްތީނު ކުޑަކުއްޖެއްގެ ހަށިގަނޑު ވަށާލާފައި މީހުން

ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ މޯޗަރީ ކުރިމަތީގައި ފަލަސްތީނު ކުޑަކުއްޖެއްގެ ހަށިގަނޑު ވަށާލާފައި މީހުން

ގާޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާއްވަމުންދާ ސުލްހައިގެ ވާހަކަތަކުން ވަކިވުމަށް ހަމާސް އިން ނިންމައިފި ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު ބުނެފިއެވެ.

ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް އާދިއްތަ ދުވަހު ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، ސުލްހައިގެ ވާހަކަތަކުން ހަމާސް ވަކިވާން ނިންމީ އިޒްރޭލުން ހުއްޓުމެއް ނެތި ހިންގަމުންދާ ގަތުލްއާންމުގެ ސަބަބުންނާއި މަޝްވަރާ ތަކުގައި އިޒްރޭލުގެ ފާޑު ހުންނަ ގޮތުން ކަމަށެވެ.

ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ހޮނިހިރު ދުވަހު ޔަހޫދީ ސިފައިން ދިން ނުރައްކާތެރި ވަރުގަދަ ބޮމުގެ ހަމަލާ ގައި ފަލަސްތީނުގެ 92 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާއިރު، އެ އުދުވާން އިޒްރޭލުން ހިންގީ ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ދައިފް މަރާލުމުގެ ގޮތުން ކަމަށް އިޒްރޭލުން ބުނެފައިވާ އިރު، ހަމާސް ގެ އިސް އޮފިޝަލަކު ހާމަ ކޮށްފައިވާ ގޮތުގައި ދައިފް ހުރީ ހެޔޮ ހާލުގައި މަސައްކަތުގައި ކަމަށެވެ.

ހަމާސްގެ އޮފިޝަލް އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގަތަރާއި މިސްރުން މަޝްވަރާތަކުގައި ބައިވެރިވާ ނިގޯޝިއޭޓަރުންނަށް އެމެރިކާގެ ރައީސް ބައިޑްން މެއި މަހު ހުށަހެޅުއްވި ސުލްހައިގެ ޕްލޭންގެ މަޝްވަރާ ތަކުގައި ކުރިއަށް ދާން ބޭނުން ނުވާކަން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ މިހާރު ވަނީ އަންގާފައެވެ.

ހަމާސް އިން ބުނަމުންދަނީ މަޝްވަރާތަކުގައި އިޒްރޭލުން އެއްވެސް ސީރިއަސް ކަމެއް ނުދައްކާ ކަމަށާއި، ދިގުދެންމުމުގެ އުކުޅު ބޭނުން ކުރަމުންދާ ކަމަށާއި އަދި އެއްބަސްވުމަކަށް އައުމަށް ހުރަސް އަޅަމުންދާ ކަމުގައެވެ. އޭގެ އިތުރުން ހުއްޓުމެއްނެތި އެއްވެސް ކުށެއް ނެތް ފަލަސްތީނުގެ އާންމުން ޔަހޫދީ ސިފައިން މަރަމުން ގެންދިއުމަކީ ހަމާސް އިން މަޝްވަރާތަކާ ދުރައްދާން ޖެހުނު ސަބަބު ތަކުގެ ތެރޭގައި ފާހަގަ ކޮށްފައިވާ ކަންކަމެވެ.

ހަމާސް ގެ އޮފިޝަލް ފާހަގަ ކުރާ ގޮތުގައި އެ ޖަމާއަތުން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށް ޓަކައި ދޫދޭންޖެހޭ ކިތަންމެ ކަމެއްގައި ދޫދީފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަނިއްޔާ ނެރުނު ބަޔާނެއްގައި، ސުލްހައިގެ ވާހަކަ ތަކުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރާ ފަރާތްތަކަށް ހަމަލާތައް ހުއްޓާލުމަށް އިޒްރޭލަށް ޕްރެޝަރ ކުރުމަށް ގޮވާލާފައިވެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ

16 މާރިޗު 2017
މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު