Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ސްޕެއިން އަކީ ފޭވަރިޓުންނެއް ނޫން: ފުއެންޓޭ

ނޮކް އައުޓް ބުރުގެ މެޗުތަކުގައި ސްޕެއިން އިން ދައްކާފައިވާ ކުޅުމަށް އިޝާރާތްކޮށް ފުއެންޓޭ ބުނީ، އެ މެޗުތަކުގައި ދެއްކި ފެންވަރުގެ ކުޅުމެއް ފައިނަލްގައި ނުދައްކައިފި ނަމަ، ސްޕެއިން އަށް މޮޅުވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖުލައި 2024 | އާދީއްތަ 06:06
ސްޕެއިން ޓީމުގެ ކޯޗު ފުއެންޓޭ

ސްޕެއިން ޓީމުގެ ކޯޗު ފުއެންޓޭ

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނިކުންނައިރު، ސްޕެއިން އަކީ ފޭވަރިޓުން ނޫން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފި އެވެ.

މިއަހަރުގެ ޔޫރޯ މުބާރާތުގައި ސްޕެއިން އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގެ ފައިނަލާ ހަމައަށް ސްޕެއިން ދަތުރު ކުރީ، ގްރޫޕް ސްޓޭޖުގެ އިތުރުން ގަދަ 16 ވަނަ ބުރު، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެގެންނެވެ. އެހެންކަމުން ގިނަ ބައެއްގެ ނަޒަރުގައި މުބާރާތް ކާމިޔާބު ކުރާނެ ހޮޓް ފޭވަރިޓުންނަކީ ސްޕެއިން އެވެ.

ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، މުބާރާތުގެ ފައިނަލަށް އާދެެވުމުން އުފާވެފައި ތިބި ކަމަށެވެ. އަދި ފައިނަލް މެޗާ ކުރިމަތިލާން ކެތްމެދުވެފައި ހުރި ކަމަށާއި، މިއީ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ހިމެނޭ އެއް ޙަރަކާތް ކަމަށް ވެސް އޭނާ ބުންޏެވެ. ސްޕެއިންގެ ޓީމު އޮތީ ވަރަށް ހަމަޖެހިގެން ކަމަށާއި، ފައިނަލާ ކުރިމަތިލަނީ ފުރިހަމަ އަށް ތައްޔާރުވެ، ވިސްނުންތެރިކަމާއެކު ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

މުބާރާތުގެ ނޮކް އައުޓް ބުރުގެ މެޗުތަކުގައި ސްޕެއިން އިން ދައްކާފައިވާ ކުޅުމަށް އިޝާރާތްކޮށް ފުއެންޓޭ ބުނީ، އެ މެޗުތަކުގައި ދެއްކި ފެންވަރުގެ ކުޅުމެއް ފައިނަލްގައި ނުދައްކައިފި ނަމަ، ސްޕެއިން އަށް މޮޅުވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަދި ގޯސްތަކެއް ހަދައިފި ނަމަ، އުންމީދު ވެސް ނުކުރާ ގޮތަކަށް ފައިނަލް މެޗު ގެއްލިދާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ފުއެންޓޭ ބުނީ ފައިނަލަށް ނިކުންނައިރު ފޭވަރިޓުންނެއް ނެތް ކަމަށާއި، ސްޕެއިން އަކީ ފޭވަރިޓުން ނޫން ކަމަށެވެ.

ފައިނަލްގައި ބައްދަލު ކުރާ ދެ ޓީމަކީ މި މުބާރާތުގައި އޮތް އެންމެ ރަނގަޅު ދެ ޓީމުކަން ފުއެންޓޭ ޤަބޫލު ކުރެ އެވެ. އެހެންކަމުން ފައިނަލް މެޗުގައި ފެންނާނީ ވާދަވެރި އަދި މޮޅު ދެ ޓީމުގެ ކުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ފައިނަލް މެޗު ވެގެން ދާނީ އުނދަގޫ އަދި ކޮންމެ ވަގުތެއް ވެސް ދިގު ދެމިގެންދާ އިޙުސާސް ކުރެވޭ ކަހަލަ މެޗަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ފުއެންޓޭ ފާހަގަ ކުރި ގޮތުގައި ފައިނަލް މެޗުގެ ކޮންމެ ހިސާބެއްގައި ވެސް ޙާލަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ކުޅެން ޖެހޭނީ ވީވަރަކުން ގޯސްތައް މަދުކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ކޯޗު ކަމާ ފުއެންޓޭ ހަވާލުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މިއަހަރުގެ ޔޫރޯ މުބާރާތް ސްޕެއިން އިން ކާމިޔާބު ކޮށްފި ނަމަ، އެ ޓީމު ވެގެން ދާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު