Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ސުލްހައިގެ އެއްބަސްވުމަކަށް އާދެވުނު ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް: ހަމާސް

ވޮޝިންގޓަން ޕޯސްޓުން ބުނެފައިވަނީ ސުލްހައިގެ ފްރޭމްވޯކް އަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 10:04
ޒަޙަމްވެފައިވާ ފަލަސްތީނުގެ ކުޑަ ކުއްޖަކު ހޮސްޕިޓަލުގައި ސިއްހީ އެހީތެރިކަމުގެ އިންތިޒާރުގައި

ޒަޙަމްވެފައިވާ ފަލަސްތީނުގެ ކުޑަ ކުއްޖަކު ހޮސްޕިޓަލުގައި ސިއްހީ އެހީތެރިކަމުގެ އިންތިޒާރުގައި

ގާޒާ ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ކުރަމުންދާ މަޝްވަރާތަކުގައި އިޒްރޭލާ ހަމާސް އިން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެމެރިކާގެ މީޑިއާ އިން ފަތުރާ ޚަބަރަކީ ހަގީގަތެއް ނޫން ކަމަށް ބުރާސްފަތި ދުވަހު ފަލަސްތީންގެ ހަމާސް އިން ބުނެފިއެވެ.

ހަމާސްގެ އިސް އޮފިޝަލަކަށް މިކަމާ ގުޅޭ ގޮތުން މެދުއިރުމަތީގެ އޮންލައިން ނޫހެއް ކަމަށްވާ މިޑްލްއީސްޓް އައި އިން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ސުލްހައިގެ ވާހަކަ ތަކާ ބެހޭ ގޮތުން "ދޭނެ އައު މައުލޫމާތެއް ނެތް،" ކަމަށެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި އެމެރިކާ އާއި އިޒްރޭލް އަދި މިސްރާއި ގަތަރު ހިމެނޭ ގޮތުން ކުރިއަށް ދިޔަ ވާހަކަ ތަކުގައި އެންމެ ބޮޑު ހުރަހެއް ކުރިމަތިވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަބަބުން ކަމަށް ހަމާސްގެ އޮފިޝަލް ވަނީ ބުނެފައެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ގޮތް ދޫކުރެއްވުމެއް ނެތި ތަކުރާރު ކޮށް ވިދާޅުވަމުން ގެންދަވަނީ ހަމާސް މުޅިން ފޮހެލެވެންދެން ހަނގުރާމަ ހުއްޓާ ނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހަމާސްގެ އޮފިޝަލަކު މިހެން ބުނެފައި ވާއިރު ބުދަ ދުވަހު އެމެރިކާގެ ވޮޝިންގޓަން ޕޯސްޓްގައި ނަން ހާމަ ނުކުރާ އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ފްރޭމްވޯކް އަށް އެއްބަސްވެއްޖެ ކަމަށާއި މިހާރު މަޝްވަރާ ކުރަމުންދަނީ ފްރޭމްވޯކް ތަންފީޒް ކުރާނެ ގޮތުގެ އިތުރު ތަފްސީލް ތަކާ ގުޅޭގޮތުން ކަމަށެވެ.

ހަމާސް އިން ވަނީ ވޮޝިންގޓަން ޕޯސްޓްގެ މި ރިޕޯޓް ދޮގުކޮށްފައެވެ.

ގާޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ހަމާސް އާއި އިޒްރޭލުން މެދުވެރިން ބޭނުން ކޮށްގެން ޖަނަވަރީ މަހުން ފެށިގެން މަޝްވަރާތައް އަންނަނީ ބާއްވަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް ސުލްހަ ގެނެވޭތޯ ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު