Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސައުތުގޭޓް އެދުނީ އެންމެންގެ ލޯތްބަށް!

ޚާއްސަކޮށް އަމިއްލަ ޤައުމަށް ޚިދުމަތެއް ކޮށްދެމުން، ޤައުމަށްޓަކައި ޤުރުބާނީ ވުމަކީ، އިނގިރޭސި ކޮންމެ މީހަކު ވެސް ފަޚުުރުވެރިވާން ޖެހޭނެ ކަމެއް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2024 | ބުރާސްފަތި 06:55
ސެމީ ފައިނަލް މެޗަށްފަހު އިންްގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އުފާ ފާާޅުކުރަނީ

ސެމީ ފައިނަލް މެޗަށްފަހު އިންްގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އުފާ ފާާޅުކުރަނީ

އިންގްލެންޑުގެ ޤައުމީ ޓީމަށް އެންމެންގެ ލޯބި ބޭނުންވާނެ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި އިންގްލެންޑުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދުމަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން އިންގްލެންޑު މޮޅުވީ، އެންމެ ފަހު ވަގުތުގަައި ލަނޑު ޖަހައިގެންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އެންމެން ވެސް ބޭނުން ވަނީ ލޯތްބާއި، އިޙުތިރާމް ކަމަށެވެ. ޚާއްސަކޮށް އަމިއްލަ ޤައުމަށް ޚިދުމަތެއް ކޮށްދެމުން، ޤައުމަށްޓަކައި ޤުރުބާނީ ވުމަކީ، އިނގިރޭސި ކޮންމެ މީހަކު ވެސް ފަޚުުރުވެރިވާން ޖެހޭނެ ކަމެއް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އެކަންކަމަށް ކޮންމެ މީހަކު ވެސް އުންމީދު ކުރާނެ ކަމަށާއި، އެކަން އެގޮތުގައި އޮންނަން ވެސް ބޭނުން ވާނެ ކަމަށް ސައުތުގޭޓް ބުންޏެވެ. އެހެން ނަމަވެސް، އެކަން އެގޮތުގައި ނުވެއްޖެ ނަމަ، ދެން ކުރިމަތިލާން ޖެހެނީ ފާޑު ކިޔުންތަކާއި، މަލާމާތާއި، ފުރައްސާރައާ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އެކަންކަމަކީ ސައުތުގޭޓަށް އަދި އިންގްލެންޑުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ވެސް އުނދަގޫވާނެ އަދި ނުތަނަވަސްކަން ކުރިމަތި ކުރުވާ ކަމެއް ކަމަށް ސައުތުގޭޓް ފާހަގަ ކުރި އެވެ. އޭނާ ބުނީ މިއީ ޔޫރޯ މުބާރާތެއްގެ ފައިނަލަށް ޖެހިޖެހިގެން އިންގްލެންޑު ނިކުންނަ ދެ ވަނަ ފަހަރު ކަމަށާއި، އެހެންކަމުން މިއީ އިންގްލެންޑަށް ޚާއްސަ އަދި ފަޚުރުވެރި ކަމެއް ކަމަށެވެ.

އިންގްލެންޑުން ވަނީ މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އެ އަހަރުގެ ފައިނަލްގައި އިންގްލެންޑު ބަލިވީ އިޓަލީ އަތުންނެވެ. އިޓަލީން އިންގްލެންޑުގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީންނެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ އޭނާ އަށް ޓީމާއެކު ދަނޑު މަތީގައި ނުހުރެވޭ ނަމަ، އޭނާ ވެސް ހުންނާނީ އެހެން ސަޕޯޓަރުންނެކޭ އެއް ފަދައިން ސްޓޭޑިއަމްގައި މެޗު ބަލަން ކަމަށެވެ. އެހެން ނަމަވެސް، އޭނާ އަކީ ޓީމު ކަނޑައަޅާ މީހާ ކަމަށާއި، އޭނާ އަކީ ކުޅެން އަރާނެ ކުޅުންތެރިން ކަނޑައަޅާނެ ވެސް މީހާ ކަމަށް ސައުތުގޭޓް ބުންޏެވެ. އެހެންކަމުން، ސެމީ ފައިނަލުން މޮޅުވެ ފައިނަލަށް ދިޔުމަކީ އޭނާ އަށް ތަފާތު އިޙުސާސެއް ކުރެވޭ ކަމެއް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޔޫރޯގައި އިންގްލެންޑުގެ ކުޅުން ދަށް ކަމަށް ބުނެ، ބައެއް މީހުން އަންނަނީ ސައުތުގޭޓަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އިންގްލެންޑުގެ ސަޕޯޓަރުންނާއި، އިނގިރޭސި މީޑިއާތައް ހިމެނެ އެވެ. މުބާރާތުގެ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު އިންގްލެންޑު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2022

ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، އެންމެންގެ ވެސް އަޒުމަކީ ވޯލްޑް ކަޕް ކާމިޔާބުކުރުން: އޮޓޫ އަޑޯ

24 ނޮވެމްބަރު 2022
ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، އެންމެންގެ ވެސް އަޒުމަކީ ވޯލްޑް ކަޕް ކާމިޔާބުކުރުން: އޮޓޫ އަޑޯ
22 ނޮވެމްބަރު 2022

ހުރިހާ ކްރެޑިޓެއް އޮތީ ކުޅުންތެރިންނަށް، ކުރިއަށް އޮތް މެޗަށް ތައްޔާރުވާނީ މާރަނގަޅަށް: ސައުތުގޭޓް

22 ނޮވެމްބަރު 2022
ހުރިހާ ކްރެޑިޓެއް އޮތީ ކުޅުންތެރިންނަށް، ކުރިއަށް އޮތް މެޗަށް ތައްޔާރުވާނީ މާރަނގަޅަށް: ސައުތުގޭޓް
21 ނޮވެމްބަރު 2022

އިންގްލެންޑުގެ ބޭނުމަކީ ސަޕޯޓަރުން އުފާކޮށްދިނުން: ސައުތުގޭޓް

21 ނޮވެމްބަރު 2022
އިންގްލެންޑުގެ ބޭނުމަކީ ސަޕޯޓަރުން އުފާކޮށްދިނުން: ސައުތުގޭޓް
23 އޯގަސްޓު 2022

ކަސެމީރޯ އެދުނީ ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރުމަށް

23 އޯގަސްޓު 2022
ކަސެމީރޯ އެދުނީ ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރުމަށް
22 ނޮވެމްބަރު 2021

އިންގްލެންޑުގެ އެއްބަސްވުން ސައުތުގޭޓް އާކޮށްފި

22 ނޮވެމްބަރު 2021
އިންގްލެންޑުގެ އެއްބަސްވުން ސައުތުގޭޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު