Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިންގްލެންޑުގެ ބޭނުމަކީ ސަޕޯޓަރުން އުފާކޮށްދިނުން: ސައުތުގޭޓް

އޭނާ ބުނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އިންގްލެންޑުގެ ސަޕޯޓަރުން ހަނދާން ހުންނާނެ ހިސާބަކަށް އެ ޓީމަށް ދެވުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2022 | ހޯމަ 02:10
ޕްރެސްގައި ސައުތުގޭޓް އަދި ކޭން

ޕްރެސްގައި ސައުތުގޭޓް އަދި ކޭން

އިންގްލެންޑް ޓީމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އަދި ޗެލެންޖަކީ ވެސް ސަޕޯޓަރުން އުފާކޮށްދިނުން ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފިއެވެ.

ސައުތުގޭޓް މިހެން ބުނީ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި އީރާންއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޭނާ ބުނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އިންގްލެންޑުގެ ސަޕޯޓަރުން ހަނދާން ހުންނާނެ ހިސާބަކަށް އެ ޓީމަށް ދެވުނު ކަމަށާއި، އަދި ވެސް މަސައްކަތަކީ އެއީ ކަމަށެވެ. އޭނާ ބުނީ އެހެން ޤައުމުތަކާ ޚިލާފަށް އިންގްލެންޑް އޮތީ އުނދަގޫ ހިސާބެއްގައި ކަމަށާއި، ނަމަވެސް އެ ޤައުމު އޮތީ މަޑުމަޑުން ކުރިއަށް ދިޔުމުގެ މަގުމަތީގައި ކަމަށް ސައުތުގޭޓް ބުންޏެވެ. އެހެންކަމުން ބޭނުންވަނީ ފުޓުބޯޅައިން ވެސް ޤައުމަށް އުފާވެރިކަމެއް ގެނެސްދޭން ކަމަށެވެ.

މީގެ އިތުރުން އެ ބައްދަލުުމުގައި ސައުތުގޭޓް ބުނީ މިހާރު އީރާންގައި ހިނގަމުން އަންނަ ކަންތައްތަކާ އޭނާ ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެއީ އޭނާގެ ޒިންމާއެއް ނޫން ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ އޭނާ ވަން ލަވް ކެޕްޓަން ބޭންޑު އަޅާނެ ކަމަށް ބުނާ ވާހަކަ ތަކުރާރުކޮށްފައެވެ. ކޭން ބުނީ އެކަމުގައި އެމީހުންގެ ވިސްނުން ސާފުކަމަށާއި، އެ ވިސްނުން ބަދަލުކުރަން ބޭނުން ވެސް ނުވާ ކަމަށެވެ. އޭނާ ވަނީ ފަހު ވަގުތު އެކަމަށް ހުއްދަ ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ. ނަމަވެސް ޤަތަރުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އިތުރަށް ކޭން ބުނީ އޭނާ އާއި މުޅި ޓީމުގެ ފޯކަސް ހުރީ ކުރިއަށް އޮތް މެޗަަށް ކަމަށެވެ. އިންގްލެންޑުގެ ލެޖެންޑް ވޭން ރޫނީއާ އެއް ޓީމަކަށް ކުޅުމުގެ ފުރުސަތު އޭނާ އަށް ލިބުމަކީ އުފާވާ ކަމެއް ކަމަށާއި ރޫނީގެ ކުޅުން ބަލައިގެން ކުރިއަށް ދާން މަސައްކަތް ކުރާ ކަމަށް އަދި އެ ހިސާބަށް ދެވުމަކީ އޭނާ އަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ކޭން ބުންޏެވެ. ކޭން ބުނީ އިންގްލެންޑުގައި ތިބީ ވަރަށް މޮޅެތި ކުޅުންތެރިންކަމަށާއި، އެ ކުޅުންތެރިންނާ އެކު ޓާގެޓަށް ވާސިލްވެވޭނެ ކަމަށެވެ.

އިންގްލެންޑާއި އީރާން ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އިނގިރޭސިވިލާތްގެރެތު ސައުތުގޭޓް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު