Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެގުއާގެ ދިފާއުގައި ސައުތުގޭޓް

މެގުއާއަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ސައުތުގޭޓް

ޑެންމާކް އަތުން އިންގްލެންޑް ބަލިވި މެޗުގެ ފުރަތަމަ ހާފުގައި މެގުއާއަށް ވަނީ ރަތް ކާޑެއް ދައްކާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 17:41
ޑެންމާކް އަތުން އިންގްލެންޑް ބަލިވި މެޗުގައި މެގުއާއަށް ރަތް ކާޑު ދައްކަނިކޮށް

ޑެންމާކް އަތުން އިންގްލެންޑް ބަލިވި މެޗުގައި މެގުއާއަށް ރަތް ކާޑު ދައްކަނިކޮށް

އިންގްލެންޑުގެ ޑިފެންޑަރު އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ބުދަ ދުވަހުގެރޭ ޑެންމާކް އަތުން 1-0 ން އިންގްލެންޑް ބަލިވި މެޗުގެ ފުރަތަމަ ހާފުގައި މެގުއާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް އެ މެޗުގައި ރަތް ކާޑު ދެއްކީ މެޗުގެ 31 ވަނަ މިނެޓުގައި ޑެންމަކުގެ ކެސްޕާ ޑޮލްބާގަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކުއެވެ.

މި ފަހަކަށް އައިސް އުމުރުން 27 އަހަރުގެ މެގުއާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ނަމަވެސް، އެ މެޗަށްފަހު ސައުތުގޭޓް ބުނީ މިއީ މެގުއާއަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި، މި ދުވަސްތަކުގައި އޭނާ އެތައް ކަމެއް ދަސްކުރާނެ ކަމަށެވެ. އެހެންކަމުން އޭނާ އަނބުރާ އެންމެ ފުރިހަމަ ގޮތުގައި ކުޅުމުގެ ތެރެއަށް އަންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، މި ދަނޑިވަޅުގައި މެގުއާއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މިދިޔަ އަހަރު ޔުނައިޓެޑަށް ސޮއިކުރި މެގުއާއަށް މިދިޔަ މަހު ވަނީ ގްރީސްގެ ފަތުރުވެރިންގެ މަންޒިލް މައިކޯނޯސްގައި ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީގެ މައްސަލައެއްގައި އޭނާއަށް ހުކުމެއްވެސް ކޮށްފައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލަކާ މާރާމާރީ ހިންގުމުގެ އިތުރުން ރިޝްވަތު ދޭން އުޅުން ހިމެނެއެވެ. އެ މައްސަަލަ ބެލި ފަނޑިޔާރު ވަނީ މެގުއާއަށް 21 މަހާއި 10 ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ކޮށްފައެވެ. އެހެންވެ ހުކުމް ތަންފީޒްކުރާނީ އިތުރު ކުށެއްކޮށްފިނަމައެވެ.

ލެސްޓާ ސިޓީ ދޫކޮށް 70 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި މެގުއާއަށް ޔުނައިޓެޑުގެ ކެޕްޓަންކަން ދީފައިވާއިރު، އެ ޓީމުގައި އޭނާއަށް މި ފަހަކަށް އައިސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2018

އިޓަލީ އާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ވިލްޝެއަރ ނުކުޅޭނެ: ސައުތުގޭޓް

25 މާރިޗު 2018
އިޓަލީ އާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ވިލްޝެއަރ ނުކުޅޭނެ: ސައުތުގޭޓް
28 ނޮވެމްބަރު 2017

ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމުގެ ފުރުސަތު ވާރލްޑް ކަޕުގައި ނުދޭނަން: އިންފަންޓީނޯ

28 ނޮވެމްބަރު 2017
ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމުގެ ފުރުސަތު ވާރލްޑް ކަޕުގައި ނުދޭނަން: އިންފަންޓީނޯ
09 އޮކްޓޯބަރު 2017

ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު

09 އޮކްޓޯބަރު 2017
ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
19 އެޕްރީލު 2017

ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް

19 އެޕްރީލު 2017
ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު