Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުތުގޭޓް އެއްބަސްވުން އާކުރުން

އިންގްލެންޑުގެ އެއްބަސްވުން ސައުތުގޭޓް އާކޮށްފި

ސައުތުގޭޓާއެކު އިންގްލެންޑުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 23:18
އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް

އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ހަދާފައި އޮތް އެއްބަސްވުން އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް އާކޮށްފިއެވެ.

އުމުރުން 51 އަހަރުގެ ސައުތުގޭޓް އެންމެ ފުރަތަމަ އިންގްލެންޑުގެ ކޯޗުގެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރުގެ ކޯޗު ސޭމް އެލަޑައިސް ވަކިކުރުމުން، ވަގުތީ ކޯޝެއްގެ ގޮތުގައެވެ. އޭރު ސައުތުގޭޓް ހުރީ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެއެވެ. އެކަމަކު ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ސައުތުގޭޓް ކުރި މަސައްކަތް ރަނގަޅުވުމުން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައުތުގޭޓް ވަނީ ހަަތަރު އަހަރުގެ އެއްބަސްވުމެއްގައި އިންގްލެންޑުގެ ކޯޗުގެ މަގާމާ ރަސްމީކޮށް ހަވާލުވެފައެވެ.

އޭގެ ފަހުން ސައުތުގޭޓް އާކުރި އެއްބަސްވުން ހަމަވަން އޮތީ އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށެވެ. އެކަމަކު ސައުތުގޭޓާއެކު އިންގްލެންޑުން ނެރުމުން އަންނަ ނަތީޖާތައް ރަނގަޅުވުމާއެކު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް ސައުތުގޭޓުގެ އެއްބަސްވުން އާކޮށްފައެވެ. އަދި ސައުތުގޭޓާއެކު އެ ޓީމުގެ އެސިސްޓަންޓް ކޯޗު ސްޓީވް ހޮލެންޑުގެ އެއްބަސްވުންވެސް ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ.

ސައުތުގޭޓާއެކު އިންގްލެންޑުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، އެ ގައުމުން ވަނީ މި އަހަރުގެ ހޫނު މޫސުމުގައި ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ. އެ މުބާރާތުގެ ފައިނަލުގައި އިންގްލެންޑް ވާދަކުރިއިރު، މިއީ އިންގްލެންޑުން 1966 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މި ފަހަރުގެ ފައިނަލް މެޗުން ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން އިންގްލެންޑް ވަނީ ބަލިވެފައެވެ.

މީގެ އިތުރުން ސައުތުގޭޓުގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ވާދަކުރުމުގެ އިތުރުން، ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަވެސް ހޯދާފައެވެ. މިހާތަނަށް ސައުތުގޭޓުގެ އިރުޝާދުގެ ދަށުން ކުޅުނު 68 މެޗުގެ ތެރެއިން 44 މެޗުން އިންގްލެންޑް މޮޅުވެފައިވާއިރު، އެ ޓީމު ބަލިވީ 14 މެޗުންނެވެ. އަދި އަނެއް 10 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އިންގްލެންޑުގެ އެއްބަސްވުން ސައުތުގޭޓް އާކުރިއިރު، ދާދި ފަހުން އިންގްލެންޑުން ވަނީ އަންނަ އަހަރު އޮންނަ ވޯލްޑް ކަޕުގެ ޖާގައެއްވެސް ކަށަވަރުކޮށްފައެވެ. މި ފަހަރުގެ ކޮލިފައިންގައި ކުޅުނު މެޗުތަކުގައިވެސް އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނަ އިންގްލެންޑުން ހޯދާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ގެރެތު ސައުތުގޭޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ

12 އޮކްޓޯބަރު 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

02 ޖުލައި 2024
ސައުތުގޭތް އިންގްލެންޑުގެ ސްކޮޑު އަވަހަށް ފައިނަލް ކުރީ ގޯހެއް ވިޔަ ނުދޭން

ސައުތުގޭތް އިންގްލެންޑުގެ ސްކޮޑު އަވަހަށް ފައިނަލް ކުރީ ގޯހެއް ވިޔަ ނުދޭން

10 ޖޫން 2024

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު