Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮވިޑް-19

ގެރެތު ސައުތުގޭޓްގެ މުސާރާއިން 30 އިންސައްތަ އުނިކުރަން ނިންމައިފި

ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިންވެސް 30 އިންސައްތަ އުނިކުރަން އަންނަނީ މަޝްވަރާ ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 އެޕްރީލު 2020 | ހޮނިހިރު 22:44
އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް

އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް

އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓްގެ މުސާރައިން 30 އިންސައްތަ އުނިކުރަން އޭނާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސި ކުޅުންތެރިންގެ ހައްގުގައި އުފައްދައިފައިވާ ޔޫނިއަން، ޕްރެފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން އަންނަ ހަފްތާގައި މިކަން އިއުލާނުކުރާނެ އެވެ.

ގެރެތު ސައުތުގޭޓްގެ މުސާރައިން 30 އިންސައްތަ އުނިކުރަން ނިންމިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކުރާތީ ސިޔާސީ ބޭފުޅުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކޮށް، ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭ ލީވްއަށް މިހާރު ވަނީ ފޮނުވާލާފައެވެ.

އެކަމަކު ޔޫރަޕްގެ އެހެން ސަރަހައްދުތަކުގެ ކްލަބުތަކުގެ ކުޅުންތެރިން އަންނަނީ އެ ކްލަބުތަކުގެ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށްޓަކައި މުސާރާ ކުޑަކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޖަރުމަންގެ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންގެ މުސާރައަށް ވަނީ ބަދަލުގެނެސްފައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ ލިވަޕޫލް، ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގެރެތު ސައުތުގޭޓްގެ މުސާރައިން 30 އިންސައްތަ އުނިކުރަން ނިންމިއިރު، ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިންވެސް ވަރަށް އަވަހަށް 30 އިންސައްތަ އުނިކުރާނެ އެވެ. އެކަމަކު ޕީއެފްއޭ އިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ،. އެ ޔޫނިއަނުން ބުނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމުން، ކްލަބުތަކަށް ޖުމްލަ 500 މިލިއަން ޔޫރޯ އެއްކުރެވޭ ކަމަށެވެ. އެއާއެކު އިނގިރޭސިވިލާތުގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 200 މިލިއަން ޔޫރޯ މަދުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިއާއެކު އެކަމުގެ ސަބަބުން ބައެއް ކްލަބުތަކުން ނާޖައިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ދާދި ފަހުން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ. އަދި އިނގިރޭސި ފުޓްބޯލް ލީގު (އީއެފްއެލް) އާއި ނެޝަނަލް ލީގުގެ ކްލަބުތަކަށް 125 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރިކެޓް މުބާރާތްތަކުގައި ބައިވެރިވެވޭނީ 90 އިންސައްތަ ކުޅުންތެރިން ވެކްސިން ޖަހައިގެން

ކްރިކެޓް މުބާރާތްތަކުގައި ބައިވެރިވެވޭނީ 90 އިންސައްތަ ކުޅުންތެރިން ވެކްސިން ޖަހައިގެން

04 އޯގަސްޓު 2021
ޔުއެފާގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވައްދަނީ

ޔުއެފާގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވައްދަނީ

02 އޮކްޓޯބަރު 2020
ހޯރަފުށި ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

ހޯރަފުށި ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

06 ސެޕްޓެމްބަރު 2020
ލެއިޕްޒީގްގެ ފުރަތަމަ މެޗު ބަލަން 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވައްދަނީ

ލެއިޕްޒީގްގެ ފުރަތަމަ މެޗު ބަލަން 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވައްދަނީ

03 ސެޕްޓެމްބަރު 2020
ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

17 އޯގަސްޓު 2020

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު