Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤާސިމް އަށް ޝުޖާއުގެ ތައުރީފް

އެ ދުވަހު ދެއްކީ ޤާސިމް 52 މިލިއަން ރުފިޔާ ނެގި ވާހަކަ! މިއަދު ވިދާޅުވަނީ ޤާސިމް އަކީ އިޚުލާސްތެރިއެއް ކަމަށް!

ޝުޖާއު ވަނީ މީގެ ކުރިން ޤާސިމް އިބްރާހިމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖުލައި 2024 | އަންގާރަ 14:09
މެމްބަރު ޝުޖާއު އަދި ޤާސިމް އިބްރާހިމް

މެމްބަރު ޝުޖާއު އަދި ޤާސިމް އިބްރާހިމް

އަނެއްކާވެސް ދައްކަން މި ޖެހެނީ ބާރަށު ދާއިރާގެ މެމްބަރުގެ ވާހަކައެވެ. އެ ދާއިރާގެ މައިކުން ހަރު އަޑުން މިއަދު ގޮވަނީ ހުޝާމަދުގެ ބަސްމަގެވެ. ޤާސިމް އަށް އިޝާރާތް ކުރައްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެއީ "އަޅުގަނޑުމެންގެ މާގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް" ކަމަށެވެ. ކޮންމެއަކަސް ގާތް ނަމަކުން މުޚާތަބުކުރައްވާ ޝުޖާއުގެ ތައުރީފު ތަންމިނަށް ޤާސިމް އަށް އޮއްސާލެއްވިއެވެ. ވިދާޅުވީ އެމަނިކުފާނު އުމުރު ދުވަސް ހޭދަކުރެއްވީ މަތީ ތައުލީމަށް ޚިދުމަތްކުރެއްވުމަށް ކަމަށެވެ. މަތީ ތައުލީމް ދިވެހި ރައްޔިތުންނަށް ކުރިއެރުން ހޯދާދިނީ އެ މަނިކުފާނު ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ނިކަން ބޮޑަށް ޤާސިމް އަށް ހުޝާމަދު ކުރައްވާފައެވެ. ޝުޖާއު އަންގާރަ ދުވަހު މަޖިލީހުގައި ދެއްކެވި ވާހަކަތަކުން އަޅުގަނޑަށް ދޭހަވީ ސަރުކާރުތަކުން މަތީ ތައުލީމުގެ ދާއިރާ އަށް ކޮށްދެވުނު އެއްކަމެއް ވެސް ނެތްކަމެވެ. އެ މަނިކުފާނުގެ ސަބަބުން ދިވެހި އެތައް ބަޔަކަށް ތައުލީމުގެ ފުރުސަތުގެ މާސިންގާ ފުރުސަތު ލިބުނު ވާހަކަ އާއި އެކަމުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޔަވަން ދާ ދިއުމަށް ކުރާ ޚަރަދުގެ ގޮތުގައި ރާއްޖެއިން ބޭރުވާ ފައިސާ މަދު ކުރެވޭ ވާހަކައެވެ. އަދި އެ ވާހަކަ ތެރެއިން ޤާސިމްގެ ރުހުން ހޯދުމަށް ނިމިދިޔަ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހިލޭ ޑިގްރީގެ ސަބަބުން ކިޔެވުމުގެ ފެންވަރު ދަށްވި ކަމަށް ވިދާޅުވި އިރު އެ ވާހަކަ ދެއްކެވީ ކޮން ހުއްޖަތަކަށް ބިނާކޮށްގެން ކަމެއް ވިދާޅުވެ ދެއްވާފައެއްނެތެވެ. ހިލޭ ޑިގްރީއަށް ކިޔެވުނު ހުރިހާ ތަނަކީ އެއީ ރާއްޖޭގެ ހުރި ފެންވަރު ބަލާ އިދާރާތަކުން ބަލައިގަންނަ ފެންވަރުގެ ތަންތަނެވެ. އެހެންވީމަ ޝުޖާއު އެ ވިދާޅުވި ވާހަކައިގެ އަސްލު މޭރުމަކީ ސިޔާސީ މޭރުމަކަށް ވެދާނެއެވެ. ހަމައެހެންމެ ހިލޭ ޑިގްރީގެ ސަބަބުން ކޮލެޖުތައް ތަޅުއެޅުވި ކަމަށް ވިދާޅުވި އިރު އެ ކޮލެޖެއްގެ ވާހަކަވެސް ނުދައްކަވައެވެ. މި ހުރިހާ ވާހަކައެއް ދެއްކެވީ އެކުގައި މިދުވަސްކޮޅު ސިޔާސީ ގޮތުން އުޅުއްވާ ޤާސިމް ރުއްސުމަށް ކަމަށް ވެދާނެތާއޭ ހިތަށް އަރައެވެ. އެއަކު ދެން ހައިރާންވާން ޖެހޭ ކަމެއް ނެތެވެ. ސިޔާސީ މީހުންގެ ސިޔާސަކަމަށް އެއްޗެއް ދަންނަވާކަށް ނެތީމެވެ.

އެކަމަކު ހިތަށް އަރައެވެ. ސިޔާސީ މީހުންގެ ރާގު ބަދަލުވާ ލެތް ހާދަހާވާ ބޮޑެވެ. އެހެންޏާ ފަހެ ޤާސިމް އިބްރާހިމް ދައުލަތަށް ގެއްލުންވާ ގޮތަށް މާލީ ނާޖާއިޒް ފައިދާ ނަގާކަމަށް ވިދާޅުވެ އެ ވާހަކަ ވެސް ދެއްކެވީ ހަމަ ޝުޖާއު ނޫންތޯއެވެ. އެ ވާހަކަ ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެއް ނޫންތޯއެވެ؟ ކުރީ ސަރުކާރުގައި 10 މިލިއަން ޚަރަދު ކުރަން ޝަރުތުކޮށް ޤާސިމް އަށް 52 މިލިއަން ދިން ވާހަކަ ވެސް ދެއްކެވީ ހަމަ ޝުޖާއުއެވެ. އޭގެ ބަދަލުގައި ޤާސިމް އިބްރާހިމް މަންފާތަކެއް ހޯދާ ވާހަކަ އާއި އަބަދުވެސް ޤާސިމް އަކީ އެ ޒާތަށް އުޅުއްވާ ބޭފުޅެއް ކަމަށް ވިދާޅުވީ ހަމަ ޝުޖާއުއެވެ. އެ ވާހަކަ ދެއްކެވި އިރު އެންމެ އަރިހުގައި ހުންނެވި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މިކަމަށް ހެކިވާނެ ނޫންތޯއެވެ. ޤާސިމް އަކީ ކޮންމެ ސަރުކާރެއްގައި ވެސް މާލީ މަންފާތައް ބޭނުންވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޤާސިމް އަށް ބަދުބަސް ބުނީވެސް ހަމަ ޝުޖާއުއެވެ. މިއަދު ރައީސް މަނިކުފާނާއި ޤާސިމް ބައިޔަތު ހިތްޕެވީމަ ކުރިން ދެއްކި ހުރިހާ ވާހަކަ އެއް ކެންސަލްދެއްތޯއެވެ؟ ފަހަރެއްގައި އެ ދުވަހު އެ ދެއްކެވި ވާހަކަ އަކީ ވެސް ހަމަ ސިޔާސީ ވާހަކައަކަށް ވެދާނެއެވެ. ސިޔާސީ ގޮތުން ހުރި އޮޑި ބަދަލުވުމަކީ ހާދަބޮޑަކަށް މީހުންގެ ފަސްބައި ސާފުވާކަމެއްތާއޭ ހިތަށް އަރައެވެ.

މަތީ ތައުލީމުގެ ބިލެއް އެކުލަވާލި އިރު އެ ލިބާސް ޤާސިމް އަށް ހެޔޮވަރުވުން އެއީ އިއްތިފާގެއް ކަމަށް ބަލާފަ އެ ވާހަކަ ދޫކޮށްލީއެވެ. އެކަމަކު އަދި އެއްވާހަކައެވެ. ދާދި ފަހަކުން ރައީސް މަނިކުފާނު އެސެޓް ރިކަވަރީގެ ވާހަކަ ދެއްކެވި ހަނދާން އަދި ނުނެތޭތީ އަޅުގަނޑުގެ ހިތަށް އަރައެވެ. ދައުލަތަށް ދޭން ޖެހޭ ފައިސާތައް ނުދީ ސިޔާސީ މީހުންނާއި ޤާސިމް ޑީލް ހަދާކަމަށް ބުނެ ފާޑު ކީ މީހުންވެސް ތިބީ މި ސަރުކާރުގެ އިސްފަޑީގަ ނޫންތޯއެވެ. އަދި މި ބޭފުޅުންގެ ހުޝާމަދުގެ ލަވަފޮށި ޤާސިމަށް މިސްރާބު ކޮށްފައިވާކަން އެހެރަ ފެންނަނީ ނޫންތޯއެވެ. އެހެންވީމަ ދައުލަތަށް އެސެޓް ރިކަވަރ ކުރާ އިރު އެ ބުނާ ސިޔާސީ ނުފޫޒުން އެއްކިބާވެގެން އެކަން މިހާރު ކުރާނީ ކިހިނަކުންތޯއެވެ. އޮތީ އެއްގޮތެވެ. އެއީ މިހާރު ދައުލަތަށް ޤާސިމް ދައްކަވަން ޖެހޭ އެކައްޗެއްވެސް ނެތީއެވެ. ދެން އޮތް ގޮތަކީ އޭރުވެސް އެ ވާހަކަތައް މި ބޭފުޅުން ދެއްކީ ސިޔާސީ ގޮތުން ޤާސިމްގެ ނަން ހުތުރުކުރަން ކަމަށް ވުމެވެ. ދެ ހާލަތުގައި ވެސް ޤާސިމްގެ ފަސްބައި ހަޑިކޮށް އެންމެ ބޮޑަށް ހަޑިހުތުރު ބަހުން މުއާމަލާތުކުރި މީހުން ތިބީ މިއަދު ޤާސިމްގެ ކިބައިން ވެދާނެ ފައިދާ އަަކަށް ވިސްނާފައި ޤާސިމް އާއި އެއް އޮޑިއަކަށް އަރައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ޢަރަފާތް ދުވަހުގެ މާތްކަން

ޢަރަފާތް ދުވަހުގެ މާތްކަން

11 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު