Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން ދުވަސް

ނިޝާން އިއްޒުއްދީން ޢިއްޒަތުގެ ވެރިކަން މުއުތަސިމް އާއި ޤާސިމްގެ އިތުރުން ޞާބިރު އަށް އަރުވައިފި

މުއުތަސިމް އާއި ޤާސިމް އަދި ޞާބިރު އަށް ނިޝާން އިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2025 | އާދީއްތަ 05:21
ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އެރުވި ތިން ބޭފުޅުންގެ ތެރެއިން ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މުއުތަސިމް އަދި ޤާސިމް

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އެރުވި ތިން ބޭފުޅުންގެ ތެރެއިން ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މުއުތަސިމް އަދި ޤާސިމް

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަން، ޗީފް ޖަސްޓިސް ރިޓަޔާޑް އަލްއުސްތާޛް މުއުތަސިމް އަދުނާންގެ އިތުރުން، ޤާސިމް އިބްރާހީމް އަދި ޙަސަން ޞާބިރު އަށް އަރުވައިފި އެވެ.

ދާދި ފަހުން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވި މުއުތަސިމްގެ އިތުރުން ޤާސިމް އާއި ޞާބިރު އަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އަރުވާފައި ވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު އޮތް ދިވެހި ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް މުއުތަސިމް ހުށަހެޅުއްވީ މެއި މަހުގެ އަށް ވަނަ ދުވަހު އެވެ. ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން މުއުތަސިމްގެ ރިޓަޔާމަންޓު ޤަބޫލު ކޮށްފައި ވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ޖުލައި މަހުގެ 21 ވަނަ ދުވަހު ވަނީ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން މުއުތަސިމް ރިޓަޔާ ކުރައްވައިފަ އެވެ.

މުއުތަސިމް އަށް ނިޝާން އިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އެއީ ޝަރުއީ ދާއިރާގެ އިތުރުން، ޤާނޫނީ ދާއިރާ އިން މީހުން ބިނާ ކުރުމާއި، ޝަރުއީ ދާއިރާގެ ކަންކަމާއި، ޝަރުއީ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ނިންމެވުން ޚަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާާއާ ގުޅޭ ކަންކަމުގަައި ޤާނޫނީ ގޮތުން ދެއްވަން ޖެހޭ ލަފާ ދެއްވުމަށާއި، އެ ރޮނގު ރޮނގުން ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މުއުތަސިމް އަށް އަރުވާފައިވާ ޝަރަފެކެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމުން މުއުތަސިމް ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވީއިރު، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މުއުތަސިމް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން މުއުތަސިމް ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

މުއުތަސިމް އަދުނާނަކީ މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓު އެކުލަވާލި ފަހުން އެންމެ ގިނަ އަހަރު އެ ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅާ އެވެ.

މުއުތަސިމްގެ އިތުރުން ދެން ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވާފައިވާ އަނެއް ބޭފުޅަކީ ގ.ފިޔާތޮށީގޭ ޙަސަން ޞާބިރު އެވެ. ޙަސަން ޞާބިރުގެ ޞިއްޙީ ޙާލަތު ހުރި ގޮތުން އެ ބޭފުޅާ އަށް ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ.

ޙަސަން ޞާބިރު އަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އެރުވުމަށް ރައީސް ކަނޑައެޅުއްވީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ރޭވުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ އާއި ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރު ކަމުގައި ހުންނަވައިގެން އެ ދާއިރާ ތަކުގެ ސިނާއަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ އެވެ. އަދި ޚާރިޖީ ދާއިރާ އިން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ޞާބިރުއެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ. ޞާބިރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި މަސްވެރިކަމުގެދައިރާ އަށް ވެސް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ. އަދި ރާއްޖޭގެ ތަރަައްޤީގެ މަޝްރޫއުތައް ރޭވުމާއި ހިންގުމުގެ އިތުރުން، ޚާރިޖީ ދާއިރާގައި ވެސްޞާބިރު ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.

ޞާބިރު ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުގައިވަޒީރުކަން ކުރައްވައިފަ އެވެ. އެގޮތުން ރައީސް މައުމޫންގެ ވެރި ކަމުގައި 1993 ވަނަ އަހަރުު ޞާބިރު ވަނީ ފިޝަރީޒް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި އޭގެފަހުން 1998 ވަނަ އަހަތު ވަނީ، ޓުއަރިޒަމް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

އޭގެ ފަހުން 2003 ވަނަ އަހަރު ވެސް، ރައީސް މައުމޫންގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުގެމަގާމު އަދާ ކުރެއްވީ ޞާބިރު އެވެ. ވަޒީރުކަން ކުރެއްވުމުގެ އިތުރުން، ޞާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އެގޮތުން ރައްޔިތުންގެމަޖިލީހުގެ އއ.އަތޮޅުގެ މެމްބަރުކަން ޞާބިރު ވަނީ ކުރައްވައިފަ އެވެ.

ޞާބިރު ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ދިވެހި ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުގެ މަގާމުވެސް އަދާ ކުރައްވައިފަ އެވެ. އެ މަގާމަށް ޞާބިރު އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހު، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދުޞާލިޙު އެވެ.

ޞާބިރު ވަނީ ދިވެހި ދައުލަތަށް 37 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފަ އެވެ. ޞާބިރު އަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަންއަރުވާފައި ވަނީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

މި ޖަލްސާގައި ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ތިން ވަނަ ބޭފުޅާ އަކީ، ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތް މީގެ ކުރިން އަރުވާފައިވާ ޤާސިމް އިބްރާހީމް އަށެވެ.

ޤާސިމް އަށް އެ އިއްޒަތް އެރުވުމަށް ރައީސް ނިންމަވާފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ އިޖުތިމާއީ ދާއިރާ އަށާއި، އިޤްތިޞާދީ ދާއިރާ އަށާއި، ތައުލީމީ ދާއިރާއަށް އަދި ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ވާތީ އެވެ.

މީގެ އިތުރުން ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތް އެރުވި ފަހުން ވެސް، އެ ދާއިރާ ތަކުން މިހާތަނަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޤާސިމް އަށް ވަނީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަން އަރުވައިފަ އެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން

07 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން
04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު