Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާވިސް ޗާރޖް ނުދޭ މައްސަލަ

ވިލާ ގުރޫޕް ރިސޯޓުތަކުގެ މަސައްކަތްތެރިންނަށް ސާވިސް ޗާރޖު ނުދޭ ކަމުގެ ޝަކުވާތައް އަނެއްކާ ވެސް ބޮޑުވެއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް އެޕްރީލް އަދި މާރިޗް މަހުގެ ސާވިސްޗާޖު ނުދޭ ކަމަށް މުވައްޒަފުން ދަނީ ބުނަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 10 އެޕްރީލު 2025 | ބުރާސްފަތި 13:15
މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ގުރޫޕުގެ ޗެއާރމަން ގާސިމް އިބްރާހިމް: ވިލާގުރޫޕް ރިސޯޓުތަކުގެ މަސައްކަތްތެރިންނަށް ސާވިސް ޗާރޖް ނުދޭ މައްސަލަ ވަނީ ބޮޑުވެފަ

މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ގުރޫޕުގެ ޗެއާރމަން ގާސިމް އިބްރާހިމް: ވިލާގުރޫޕް ރިސޯޓުތަކުގެ މަސައްކަތްތެރިންނަށް ސާވިސް ޗާރޖް ނުދޭ މައްސަލަ ވަނީ ބޮޑުވެފަ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ދެ މަހު ސާވިސްޗާޖު ނުދޭ ކަމަށް ބުނެ ގިނަ އަަދަދެއްގެ މުވައްޒަފުން ކަންބޮޑުވުންފާޅު ކުރަންފަށައިފިއެވެ.

އެ މުވައްޒަފުން ބުނާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ އަދި މާރިޗު މަހުގައި ދޭން ޖެހޭ ސާވިސް ޗާޖް ލާރި ވަނީ ނުލިބިއެވެ.

މި މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބުރާހީމް ޓެގް ކުރައްވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދިވެސް ފެބްރުއަރީ އަދި މާރޗް މަހުގެ ސާވިސްޗާޖް ވިލާ ރިސޯޓްތަކުގެ މުވައްޒަފުންނަށް ނުދޭކަމުގެ ޝަކުވާ އެބަ ލިބޭ ކަމަށެވެ.

އަދި މިކަން ފަހަރުގައި ޤާސިމް އިބުރާހީމް އަށް އެގި ނުލައްވަނީ ކަމަށް ބައްލަވާފައި އެކަން ހައްލުކޮށްދެއްވުމަށް ހަނދުމަފުޅުކޮށްދެއްވާ ކަމަށާއި އަދި ކުރާ މަސައްކަތުގެ އުޖޫރަ ދިނުން ލަސްކުރުން އެއީ އެއްވެސް ހާލަތެއްގައި ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ވެސް މެންބަރު މައުރޫފު ޒާކިރު ވަނީ މީގެ ކުރިން ގޮވާލައްވާފަ އެވެ.

މި މައްސަލައާއި ގުޅިގެން މެންބަރު އޭރު މައުރޫފު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން މަހުވެސް ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިން ތިބީ ދެމަހުގެ ސާވިސްޗާޖް ނުދިނުމުގެ ސަބަބުން ބޭނުންވާ ޒަރޫރީ ބޭނުންތައް ނުފުދިފައި ކަމަށާއި، ބިލްތައް ނުދެއްކިފަ ކަމަށެވެ.

ލިބެންޖެހޭ ސާވިސްޗާޖް ނުދީ ހިފެހެއްޓުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި މެންބަރު މައުރޫފު ވިދާޅުވީ މިއީ އަބަދުވެސް މި ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ހާލުކަމަށެވެ.

އަދި އެންމެ ދުވަހެއްވެސް ލަސްނުކޮށް ސާވިސްޗާޖް މުވައްޒަފުންނަށް ދިނުމަށް މެމްބަރު މައުރޫފް ވަނީ ގޮވާލައްވާ ފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓުތައް ހިންގަމުންދާއިރު، މުއައްޒަފުން އެކަށީގެންވާ މުސާރައާއި ސަރވިސް ޗާރޖް ނުދޭ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތިވަމުންނެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު