Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ކުރިސްޓިއާނޯ ރޮނާލްޑޯ އަކީ ނަމޫނާ ކުޅުންތެރިއެއް: އަރިގޯ ސާޗީ

ބެލޮންޑޯ އެވޯޑް 4 ފަހަރެއްގެ މަތިން ވަނީ ހޯދާފަ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 11:58
ރޮނާލްޑޯ: ޗެމްޕިއަންސް ލީގު ފައިނަލްގައި ގޯލް ޖެހުމަށްފަހު އުފާފާޅު ކުރަނީ.

ރޮނާލްޑޯ: ޗެމްޕިއަންސް ލީގު ފައިނަލްގައި ގޯލް ޖެހުމަށްފަހު އުފާފާޅު ކުރަނީ.

ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އޭނާގެ ބުރަ މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާ ވިދާލާފައިވާ ކުޅުންތެރިއެއްކަމަށް އިޓަލީގެ ކުރީގެ ކޯޗް އަރިގޯ ސާޗީ ބުނެފިއެވެ.

ސާޗީ ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އުފެދުމުގައި މާމޮޅު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް ނޫންކަމަށާއި އޭނާއަށް ލިބިފައިވާ ހުނަރުތަކާއި މޮޅުކަމަކީ އޭނާގެ ބުރަމަސައްކަތުން ހޯދާފައިވާ މޮޅުކަމެއް ކަމަށެވެ.

2005 ވަނަ އަހަރު ރެއާލް މެޑްރިޑުގެ ފުޓްބޯޅަ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ސާޗީ ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުންވާ ހުރިހާ ކުޅުންތެރިންނަށް ވެސް ނަމޫނާއެއް ކަމަށެވެ.

ސާޗީ ބުނީ ރޮނާލްޑޯ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށާއި އެގޮތުން ގިނަ ކާމިޔާބީތައް އަދިވެސް އޭނާ ހޯދާނޭ ކަމަށެވެ. ސާޗީ ބުނީ ރޮނާލްޑޯ ބެހޭގޮތުން އޭނާގެ ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ކާލޯ އެޗެލޮޓީގެފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ކުޅުންތެރިންނަށްވުރެ ދެ ގަޑިއިރު ނޫނީ ދޮޅު ގަޑިއިރު ކުރިން ރޮނާލްޑޯ ޕްރެކްޓިސްތަކަށް ހާޒިރުވާނެއެވެ. އަދި އެހެން ކުޅުންތެރިންނަށްވުރެ ދެގުނަ އިތުރަށް ރޮނާލްޑޯ ތަމްރީން ހޯދާނެކަމަށްވެސް އެންޗެލޮޓީ ބުނެފައިވާ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

އޭސީ މިލާނުގެ އިތުރުން އިޓަލީގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފައިވާ ސާޗީ ބުނީ ފުޓްބޯޅައަކީ ހަމައެނި ހުނަރު ހުރެގެން ކުޅެވޭނެ އެއްޗެއް ނޫންކަން ކްރިސްޓިއާނޯ ރޮނާލްޑޯ ސާބިތުކޮށްދީފައިވާ ކަމަށާއި، ކޮންމެ ދުވަހަކު ކުރާ ބުރަ މަސައްކަތުން މޮޅު ކުޅުންތެރިއަކަށް ވެވިދާނެކަން ރޮނާލްޑޯ ވަނީ މުޅި ދުނިޔެއަށް ހާމަކޮށްދީފައިކަމަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ރިއާލް މެޑްރިޑްގެ އެޓޭކިން ލައިނުގައި ތަފާތު ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އަދި މީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަނީ ރިއާލް މެޑްރިޑްގައި މިހާރު ގިނަ ރެކޯޑްތަކެއް ހަދަމުންނެވެ.

ސާޗީ އަކީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި އިޓަލީގެ ގައުމީ ޓީމަށް އިރުޝާދު ދިން ކޯޗެވެ. އޭނާ ވަނީ އެއަހަރު ގެ މުބާރާތުގެ ފައިނަލަށް އިޓަލީ ގެންގޮސްދީފައެވެ. ޔޫއެފާގެ އެންމެ މޮޅު 10 ކޯޗުންގެ ތެރޭގައިވެސް ހިމެނޭ ސާޗީ ވަނީ އިޓަލީގެ މިލާނަށްވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އިޓަލީ ލީގު، އިޓާލިއަނ ސުޕަކަޕް، ޔޫއެފާ ސުޕަކަޕް،އިންޓަ ކޮންޓިނެންޓަލް ކަޕް މިލާނަށް ވަނީ ހޯދައިދީފައެވެ.

ސާޗީ އަކީ އިޓަލީ ފުޓްބޯޅައިގެ ހޯލްއޮފް ފޭމްގެ ލަގަބުވެސް 2011 ވަނަ އަހަރު ލިބިފައިވާ ފަރާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ޓީމުތަކުގެ ޝަރަފުގައި ބޭއްވި ހަފްލާއަށް ވޮލީ ޓީމުގެ އެންމެ ކުޅުންތެރިއެއް

ޓީމުތަކުގެ ޝަރަފުގައި ބޭއްވި ހަފްލާއަށް ވޮލީ ޓީމުގެ އެންމެ ކުޅުންތެރިއެއް

30 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު