Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުރޯ 2024

ތަފާތަކަށްވީ ފެށުނީއެއްސުރެ ދައްކަމުން އައި ކުޅުން: ކޫމަން

މިހާރު އޮތް ފެންވަރުގައި ހިފަހައްޓަން ޖެހޭނެ ކަމަށާއި، އެއަށްވުރެ ދަށް ވެއްޖެ ނަމަ ނެދަލެންޑްސް އަށް ފައިނަލަށް ނުދެވޭނެ ކަމަށް ވެސް ކޫމަން ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖުލައި 2024 | ބުރާސްފަތި 04:07
ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗުގައި ނެދަލެންޑްސްގެ ތަފާތަކަށްވީ، މެޗު ފެށުނީއްސުރެ ދައްކަމުން އައި ކުޅުން ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ނެދަލެންޑްސް ނިކުތީ ރޮމޭނިއާއާ ދެކޮޅަށެވެ. އެ މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެެޗުގައި ނެދަލެންޑްސް އިން ވަނީ މޮޅަށް ކުޅެފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޫމަން ބުނީ، އެއް މެޗުގައި ތަން ކޮޅެއް ދަަށް ފެންވަރުގެ ކުޅުމެއް ދެއްކުމަށްފަހު، އަނެއް މެޗުގައި މޮޅު ކުޅުމެއް ދެއްކިދާނެ ކަމަށެވެ. އޭނާ ބުނީ، މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ވެސް ފެންނަނީ އެ މަސައްކަތް ކަމަށެވެ.

އެގޮތުން ރޮމޭނިއާއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ނެދަލެންޑްސް އިން ދިޔައީ މޮޅަށް ކުޅެމުން ކަމަށް އޭނާ ފާހަގަ ކުރި އެވެ. މެޗުގެ އެންމެ ބޮޑު ތަފާތަކަށްވީ ސަބަބަކީ އެއީ ކަމަށާއި، ކުރީ ކޮޅު ލަނޑު ޖަަހައި ލީޑު ނެގުމުން ހަމަޖެހުމެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، އެ ރޫޙުގައި ކުޅުމުން ދިޔަ ނަމަވެސް ދެ ވަނަ ލަނޑެއް ޖެހުމާ ދޭތެރޭގައި ގިނަ ވަގުތު ނެގިކަން ވެސް ފާހަގަ ކުރި އެވެ.

ކޫމަން ބުނީ އަބަދު ވެސް އެންމެ މުހިންމު ކަމަކީ މެޗުގެ ނަތީޖާ ކަމަށެވެ. އެހެން ނަމަވެސް ނެދަލެންޑްސް އަށް ހަމައެކަނި މުހިންމީ މެޗުގެ ނަތީޖާ ނޫން ކަމަށާއި، މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމަކީ ވެސް ނެދަލެންޑްސް އިން އިސްކަން ދޭނެ ކަމެއް ކަމަށް ކޫމަން ވަނީ ބުނެފަ އެވެ. މިހާތަނަށް އައިއިރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ވެސް އެގޮތުގައި ކަމަށް ކޫމަން ބުންޏެވެ.

މީގެ އިތުރުން ކޫމަން ބުނީ، ރޮމޭނިއާއާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކީ އާދަޔާ ޚިލާފު ކުޅުމެއް ކަމަށެވެ. އަދި މުބާރާތުގެ ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު، އެ ކުޅުން ތަކުރާރު ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. މިހާރު އޮތް ފެންވަރުގައި ހިފަހައްޓަން ޖެހޭނެ ކަމަށާއި، އެއަށްވުރެ ދަށް ވެއްޖެ ނަމަ ނެދަލެންޑްސް އަށް ފައިނަލަށް ނުދެވޭނެ ކަމަށް ވެސް ކޫމަން ވަނީ ބުނެފަ އެވެ.

ނެދަލެންޑްސްގެ ޓީމާ ގުޅޭ ގޮތުން ކޫމަން ބުނީ، އެ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ކަމަށެވެ. އެހެން ނަަމަވެސް، ނެދަލެންޑްސްގެ ކުރީގެ ޓީމުތަކާއި، މިހާރުގެ ޓީމާ މީހުން ވަރަށް ބޮޑަށް އަޅާ ކިޔާނެ ކަމަށާއި، އެހެންވެ އަބަދު ވެސް ކަންކަން ރަނގަޅުކޮށް، ކުރިއަރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ކޫމަން ޤަބޫލު ކުރެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސް ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. މިއީ، 2008 ވަނަ އަހަރުގެ ފަހުން ނެދަލެންޑްސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އޮތް މުބާރާތް ނިންމާލީ ގްރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތް ކޮލިފައިނުވާއިރު، 2021 ވަނަ އަހަރު އޮތް މުބާރާތް ނިންމާލީ ގަދަ 16 ވަނަ ބުރާ ހަމައިންނެވެ.

ޔޫރޯ 2024 (ޖަރުމަނު)ނެދަލެންޑްސްގެ ގައުމީ ޓީމުރޮނާލްޑް ކޫމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

13 އޮކްޓޯބަރު 2025
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި

ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި

13 އޮކްޓޯބަރު 2024
ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް

ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް

12 އޮކްޓޯބަރު 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު