Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އޭނާގެ ޝަރަފުގައި އެޑިޑާސްގެ އައު ބޫޓަށް ކިޔަން ނިންމާފައިވަނީ އެޑިޑާސް ޓޯނީ ކްރޫސް ޕްރޯ އެވެ.

ރާއްޖެ އެމްވީ | 7 ޖުލައި 2024 | އާދީއްތަ 11:33
ޖާމަނީގެ ޓޯނީގެ ކްރޫސް

ޖާމަނީގެ ޓޯނީގެ ކްރޫސް

ކުޅިވަރު ސާމާނު ވިއްކާ މަޝްހޫރު ކުންފުނި އެޑިޑާސްއިން ނެރޭ އައު ބޫޓުގެ ނަން ޖާމަނީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓޯނީ ކްރޫސް އަށް ހާއްސަ ކުރަން ނިންމައިފި އެވެ.

ސްޕޭން އަތުން ޖާމަނީ ޔޫރޯ ކުއާޓާ ފައިނަލުން ބަލިވުމާއެކު ޓޯނީ ކްރޫސްގެ ފުޓްބޯޅަ ކެރިއަރު ނިމުމަކަށް އައީ އެވެ. އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ނިންމައިގެން ހުރީ މި މުބާރާތަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށެވެ. އޭނާގެ ޝަރަފުގައި އެޑިޑާސްގެ އައު ބޫޓަށް ކިޔަން ނިންމާފައިވަނީ އެޑިޑާސް ޓޯނީ ކްރޫސް ޕްރޯ އެވެ.

ޓޯނީ ކްރޫސް އަކީ ޖަރުމަނުގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. ސްޕޭނުގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުނު މިޑްފީލްޑަރު ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 34 ތަށި ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ހަ ފަހަރު އަދި ޖަރުމަނު ލީގާއި ކުލަބު ވޯލްޑްކަޕާއި ސްޕެނިޝް ލީގު ހިމެނެ އެވެ.

ކްރޫސް އާއި އޭނާގެ އަންހެނުންނަކީ ކުޅިވަރުގެ އެހެން އެތްލީޓުން ފަދައިން އެޑިޑާސްގެ ބޫޓުތައް އަބަދުވެސް އިހްތިޔާރުކުރާ ބައެކެވެ. ނަމަވެސް ގިނަ ކުޅުންތެރިންނާ ހިލާފަށް އެޑިޑާސްއިން ކްރޫސް އަށް ތައްޔާރުކޮށްދެނީ ކޮންމެ ވައްތަލަކުން ހުދު ކުލައިގެ ބޫޓެކެވެ. އެޑިޑާސް ކުންފުނިން ބުނީ ކްރޫސް ހުދު ކުލައިގެ ބޫޓަށް އަރަން ނިންމީ ޖަރުމަނާއި ރެއާލް މެޑްރިޑަކީ ވެސް ހުދު ކުލައިގައި ކުޅޭ ދެ ޓީމަށްވުމުން ކަމަށެވެ.

ކްރޫސް ނިންމާފައިވަނީ ކުޅުން ހުއްޓާލުމަށްފަހު ސްޕޭންގައި ދިރިއުޅުމަށެވެ.

ޔޫރޯ 2024 (ޖަރުމަނު)

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
07 ޖުލައި 2024

ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ

07 ޖުލައި 2024
ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު