Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ

މި ޕެޓިޝަން ހެދި ނަމަވެސް މެޗު އަލުން ކުޅޭނެ ކަމުގެ މާބޮޑު އުއްމީދެއް ނެތެވެ.

ރާއްޖެ އެމްވީ | 7 ޖުލައި 2024 | އާދީއްތަ 11:24
ރެފްރީ އެންތަނީ ޓެއިލާ (މ) ޖަރުމަނު އަދި ސްޕޭން މެޗަށް އިންސާފު ކުރަނީ

ރެފްރީ އެންތަނީ ޓެއިލާ (މ) ޖަރުމަނު އަދި ސްޕޭން މެޗަށް އިންސާފު ކުރަނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ސްޕޭން ކުޅުނު މެޗު އަލުން ކުޅެން ޔޫއޭފާއަށް ހުށަހަޅަން ޖަރުމަނުގެ ސަޕޯޓަރުން ފެޓިޝަނެއް ހަދަން ފަށައިފި އެވެ.

ޖަރުމަނު ސަޕޯޓަރުން ހުށަހަޅާ މައްސަލައަކީ މެޗުގެ އިތުރު ވަގުތުގައި ޖަމާލް މުސިއާލާ ފޮނުވާލި ބޯޅަ ސްޕޭންގެ ޑިފެންޑް މާކް ކުކުރޭޔާގެ އަތުގައި ޖެހުމުން ޕެނަލްޓީ ނުދިން މައްސަލަ އެވެ. އިނގިރޭސި ރެފްރީ އެންތަނީ ޓެއިލާ މި ބޯޅަ އަށް ޕެނަލްޓީ ނުދިނުމުން ޖަރުމަނުގެ އެއްތައް ބަޔަކު ވަނީ މިކަން ގަބޫލުނުކޮށްފަ އެވެ.

މި ޕެޓިޝަން ހެދި ނަމަވެސް މެޗު އަލުން ކުޅޭނެ ކަމުގެ މާބޮޑު އުއްމީދެއް ނެތެވެ. ނަމަވެސް ޖަރުމަނުގެ ސަޕޯޓަރުން ބުނަނީ މިފަދަ ކަންކަމަކީ ޔޫއޭފާއަށް އެހާ ފަސޭހައިން ހަމަޖައްސާލެވޭނެ ކަންކަމަށް ހަދައިގެން ނުވާނެ ކަމަށެވެ. މިހެންވެ ޕެޓިޝަން ހަދަނީ މި މައްސަލަ ރަސްމީކޮށް ފައިލްކުރުމަށް ކަމަށެވެ. ޕެޓިޝަނުގައި ބުނެފައިވަނީ ކުކުރޭޔާގެ އަތުގައި ޖެހުނު ބޯޅަ އަކީ ދުވާޅުގެ އަލި ފަދައިން ޝައްކެތްނެތް ކަމެއް ކަމަށާއި އެ ޕެނަލްޓީ އަކީ ދޭންޖެހޭ އެއްޗެއް ކަމަށެވެ. އަދި މިކަން ރެފްރީ އާއި ޔޫއޭފާއިން ޖާމަނީގެ ސަޕޯޓަރުންނަށް ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށެވެ. ރެފްރީންގެ ނިންމުން ގޯސްނަމަ އެންމެ ރަނގަޅު ގޮތަކީ މެޗު އަލުން ކުޅުން ކަމަށެވެ.

މި މެޗަށް ފަހު ސަޕޯޓަރުން ވަނީ އެންތަނީ ޓެއިލާ އާއި އޭނާއާއެކު މެޗަށް އިންސާފުކުރި ރެފްރީންގެ ޓީމާ ދިމާކޮށްލައިފަ އެވެ. މި ގޮތުން ރެފްރީންގެ ޓީމު ދަނޑުން ނުކުތް ވަގުތު ސަޕޯޓަރުން އެ ސަރަހައްދަށް އެއްވި އެވެ. އަދި ޖަރުމަނުގެ ބައެއް ނޫސްވެރިން ވެސް ވަނީ ރެފްރީއާ ސުވާޅުކުރަން މަސައްކަތް ކޮށްފަ އެވެ.

ޖަރުމަނުގައި ބާއްވާ ޔޫރޯގައި އެ ގައުމު ކުއާޓާ ފައިނަލާ ހިސާބުން ކެޓުމުން ވަރަށް ގިނަ ބަޔަކު ވަނީ މާޔޫސްވެފަ އެވެ. މި ފަހަރުގެ ޔޫރޯ ފެށިއިރު ޖަރުމަނުގައި ފޯރި އެހާ ގަދައެއްނޫނެވެ. ސަބަބަކީ 2014ގެ ފަހުން ޖަރުމަނަށް ބޮޑު މުބާރާތެއްގެ ތައްޓެއް ލިބިފައިނުވުމެވެ.

ޔޫރޯ 2024 (ޖަރުމަނު)

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު