Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

8 ޖުލައި 2024 | ހޯމަ 03:39

ނެދަލެންޑްސް އަކީ ކުޑަ ޤައުމަކަށްވީ ނަމަވެސް، މުބާރާތުގެ ސެމީ ފައިނަލްގައި އިންގްލެންޑު، ފްރާންސް އަދި ސްޕެއިން އާއެކު އޮތްކަން ކޫމަން ފާހަގަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2024 | ހޯމަ 03:39
ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އެތައް ކަމެއް ތަހަންމަލު ކުުރަން ޖެހުނު ކަމަށާއި، ނަމަވެސް މެޗުން މޮޅުވީ ކުޅުންތެރިންގެ ހިތްވަރުން ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ނެދަލެންޑްސް އާއި ތުރުކީ ބައްދަލު ކުރި މެޗުގައި، ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ތުރުކީންނެވެ. ނަމަވެސް ނެދަލެންޑްސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. ނެދަލެންޑްސްގެ ދެ ވަނަ ލަނޑަކީ ތުރުކީގެ ޑިފެންޑަރެއްގެ އަތުން ބައި ކޮޅަަށް ވަތް ލަނޑެކެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ކޫމަން ބުނީ، ތުރުކީއާ ދެކޮޅަށް ކުޅުނު މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، އެ މެޗުގައި ގިނަ ކަންތައްތަކެއް ތަހަންމަލު ކުރަން ޖެހުނު ކަމަށެވެ. ޚާއްސަކޮށް ޔޫރޯ ކަހަލަ ބޮޑު މުބާރާތަކަށް ބަލާއިރު، އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށް ވެސް ކޫމަން ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް، މުބާރާތުގެ މިހާ ހިސާބުގައި ދެން ޖެހޭ ކޮންމެ މެޗެއް ވެސް އުނދަގޫ ވާނެ ކަމަށް ވެސް ކޫމަން ބުންޏެވެ.

މީގެ އިތުރުން ކޫމަން ބުނީ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ ނެދަލެންޑްސްގެ ކުޅުންތެރިން އެމީހުންގެ އެންމެ ފުރިހަމަ ހިތްވަރު ލައިގެން ކުޅުނު މަންޒަރު ކަމަށެވެ. އެއީ އެތައް އިޙުސާސްތަކެއް އެކުލެވިގެންވާ މެޗެއް ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެނުނީ، ހިތާއި ރޫހުން ކަންކަން ޙާސިލު ކުރަން ބޭނުންވެފައި ތިބި މަންޒަރު ކަމަށް ވެސް ކޫމަން ބުންޏެވެ.

މިއީ ނެދަލެންޑްސް އިން މިފާއިތުވި 20 އަހަރުގެ ތެރޭގައި ޔޫރޯ މުބާރާތެއްގެ ސެމީ ފައިނަލްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޔޫރޯގެ ސެމީ ފައިނަލްގައި ނެދަލެންޑްސް ކުޅުނީ 2004 ވަނަ އަހަރު އެވެ. އެކަމަށް އިޝާރާތްކޮށް ކޫމަން ބުނީ، މިއީ ނެދަލެންޑްސް އަށް ވަރަށް ޚާއްސަ ކާމިޔާބެއް ކަމަށާއި، މިއީ މުޅި ޤައުމަށް ވެސް ފަޚުރުވެރި އަދި އުފާވެރި ވަގުތެއް ކަމަށެވެ.

ނެދަލެންޑްސް އަކީ ކުޑަ ޤައުމަކަށްވީ ނަމަވެސް، މުބާރާތުގެ ސެމީ ފައިނަލްގައި އިންގްލެންޑު، ފްރާންސް އަދި ސްޕެއިން އާއެކު އޮތްކަން ކޫމަން ފާހަގަ ކުރި އެވެ. އެއީ ނެދަލެންޑްސް އިން ފަޚުރުވެރިވާނެ ކަމެއް ކަމަށާއި، މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ކުޅުމުގެ ފުރުސަތު ހޯދުމަށް ވެސް ކެތްމަދުވެފައި ތިބި ކަމަށް ކޫމަން ބުންޏެވެ.

ސެމީ ފައިނަލްގައި ނެދަލެންޑްސް އިން ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އެ މެޗަށް އިޝާރާތްކޮށް ކޫމަން ބުނީ، އިންގްލެންޑަކީ ވަރަށް މޮޅެތި އަދި ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމެއް ކަމަށެވެ. އަނެއްކޮޅުން، ނެދަލެންޑްސްގައި ވެސް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ތިބި ކަމަށާއި، އުންމީދު ގުޅިފައި ވަނީ އެ ކުޅުންތެރިންނާ ކަމަށް ކޫމަން ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސް އާއި އިންގްލެންޑު ބައްދަލު ކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔޫރޯ 2024 (ޖަރުމަނު)ނެދަލެންޑްސްގެ ގައުމީ ޓީމުރޮނާލްޑް ކޫމަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

13 އޮކްޓޯބަރު 2025
ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
13 އޮކްޓޯބަރު 2024

ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި

13 އޮކްޓޯބަރު 2024
ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި
12 އޮކްޓޯބަރު 2024

ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް

12 އޮކްޓޯބަރު 2024
ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
07 ޖުލައި 2024

ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ

07 ޖުލައި 2024
ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ
07 ޖުލައި 2024

ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް

07 ޖުލައި 2024
ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް