Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނެދަލެންޑްސް ޤައުމީ ޓީމު

ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި

ކޫމަން ބުނީ، ޓީމުގެ ކެޕްޓަނަށް ރެފްރީއާ ވާހަކަ ދައްކައި، މައްސަލަ ޖެއްސޭނެ ކަމަށް ޤަބޫލުކޮށްގެން އެންމެން ވެސް ތިބި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2024 | އާދީއްތަ 04:06
ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް

ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް

ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އިން ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ހައިރާންކަމެއް ލިބުނު ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

މެޗުގައި ވެން ޑައިކަށް ރަތް ކާޑު ދެއްކީ ދެ ވަނަ ހާފުގަ އެވެ. އެއީ ފުރަތަމަ ރީނދޫ ކާޑު ދެއްކުމަށްފަހު، ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިގެންނެވެ. މެޗުގެ 77 ވަނަ މިނެޓުގައި ވެން ޑައިކަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. އެއީ ހަންގޭރީގެ އަޓިލާ ފިއޯލާ އަށް ރީނދޫ ކާޑު ދެއްކުމުން، އެކަމާ ރެފްރީއާ ދެމެދު ހިނގައިދިޔަ ދެބަސްވުމުގައި ދެއްކި ރީނދޫ ކާޑެކެވެ. އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ރީނދޫ ކާޑެއް ދެއްކީ އޭނާ ކުރި ފައުލަކާ ގުޅިގެންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޫމަން ބުނީ ޑޮންޔެލް މާލެން އަށް ހަންގޭރީ ކުޅުންތެރިޔަކު ފައުލް ކުރި ވަގުތު، އެކަމާ ހިތްހަމަ ނުޖެހިގެން ވެން ޑައިކް ވާހަކަ ދެއްކުމުން އޭނާ އަށް ރީނދޫ ކާޑު ދެއްކުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އެވަގުތުގައި ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނުކަން ފާހަގަކޮށް ކޫމަން ބުނީ، ޓީމުގެ ކެޕްޓަނަށް ރެފްރީއާ ވާހަކަ ދައްކައި، މައްސަލަ ޖެއްސޭނެ ކަމަށް ޤަބޫލުކޮށްގެން އެންމެން ވެސް ތިބި ކަމަށެވެ.

ކޫމަން ބުނީ ހަންގޭރީގެ ކުޅުންތެރިޔާ މާލެން އަށް ކުރި ފައުލަކީ ރަތް ކާޑު ދައްކަން ޖެހޭ ވަރުގެ ފައުލެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ސަބަބަކީ ބޯޅަ އަށް ކުޅުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ފަދަ ގޮތަކަށް އެ ވަގުތު ފައުލް ކުރުމުން ކަމަށެވެ. އޭގެ ފަހުން ވެން ޑައިކަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކިއިރު، އެކަމާ ދެކޮޅު ހެދެން ނެތް ކަމަށާއި، އެކަން ވެން ޑައިކަށް ވެސް އިނގޭނެ ކަމުގައި ކޫމަން ބުންޏެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އިން ދެން ނިކުންނާނީ ގްރޫޕް ތިނެއްގެ އެއް ވަަނައިގައި އޮތް ޖަރުމަނާ ދެކޮޅަށެވެ. ހަންގޭރީ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން، ޖަރުމަނު މެޗުގައި ކެޕްޓަން ވެން ޑައިކަށް ނުކުޅެވޭނެ އެވެ. އޭނާ އަށް ރަތް ކާޑު ސަސްޕެންޝަނެއް ކުރިމަތިވީއިރު، އޭނާގެ ބަދަލުގައި އެ މެޗުގެ ސްކޮޑަށް އެހެން ކުޅުންތެރިޔަކު ނުނަގާނެ ކަމަށް ވެސް ކޫމަން ވަނީ ބުނެފަ އެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމުވާޖިލް ވެން ޑައިކްރޮނާލްޑް ކޫމަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

13 އޮކްޓޯބަރު 2025
މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!

މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!

14 ޑިސެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް

ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް

12 އޮކްޓޯބަރު 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު