Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

މިއަދާ ހަމައަށް އައިއިރު، ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ތައްޓެއް ކާމިޔާބު ކުރުމަށް އިންގްލެންޑުން ވަރަށް މަސައްކަތް ކޮށްފި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖުލައި 2024 | ހޯމަ 03:40
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗުކަމުގައި ގަރެތު ސައުތުގޭޓް އަށް އަހަރު ހޭދަކޮށްފައިވާއިރު، މިހާތަނަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އިންގްލެންޑުގައި ތިބި ގިނަ ކުޅުންތެރިން އޭނާ އަށް އިތުބާރު ކުރެ އެވެ. ފުޓުބޯޅައިގައި މިފަހުން ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރަމުން އަންނަ މަސައްކަތުގައި، ސައުތުގޭޓް އަކީ އެންމެ ބޮޑު އެއް ބައިވެރިޔާ އެވެ. އޭނާ ވަނީ އިންގްލެންޑަށް ކާމިޔާބު ހޯދުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ.

އިންގްލެންޑުގެ ކޯޗުކަމާ އުމުރުން 53 އަހަރުގެ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު، ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ތައްޓެއް ކާމިޔާބު ކުރުމަށް އިންގްލެންޑުން ވަރަށް މަސައްކަތް ކޮށްފި އެވެ. ތައްޓަކާ ކައިރި އަށް ވެސް އިންގްލެންޑު ޖެހިލި އެވެ. އެހުރިހާ ކަމެއްގެ ތެރެއިން ވެސް ސައުތުގޭޓަށް ފާޑު ކިޔުން އަމާޒުވާ ފަހަރު ވެސް އާދެ އެވެ.

އިންގްލެންޑާ ސައުތުގޭޓް ހަވާލުވީ ފަހުން، އެ ޓީމުން އެންމެ ފުރަތަމަ ކުރިމަތިލީ މުބާރާތަކީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް އެވެ. އެ އަހަރުގެ މުބާރާތުގައި އިންގްލެންޑުން ވަނީ ސެމީ ފައިނަލާ ހަމަ އަށް ގޮސްފަ އެވެ. އެއާއެކު ސައުތުގޭޓް ވެގެން ގޮސްފައި ވަނީ 1990 ވަނަ އަހަރުގެ ފަހުން، ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދިޔަ އިންގްލެންޑުގެ ފުރަތަމަ ކޯޗަށެވެ. އެ އަހަރުގެ ސެމީ ފައިނަލްގައި އިންގްލެންޑު ވަނީ ކްރޮއޭޝިއާ އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

އޭގެ ފަހުން ދެން އިންގްލެންޑު ކުރިމަތިލީ 19-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގާ އެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑު ވަނީ އެ މުބާރާތުގެ ވެސް ސެމީ ފައިނަލާ ހަމައަށް ގޮސްފަ އެވެ. ނަމަވެސް ސެމީ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވެ، އިންގްލެންޑު ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ މުބާރާތުން ތިން ވަނަ އިންގްލެންޑުން ހޯދީ ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެއަށްފަހު، 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތާ އިންގްލެންޑު ކުރިމަތިލީ، އަމިއްލަ ފަސްގަނޑުގައި ކުޅެ ތަށި ހޯދުމުގެ މަޤުސަދުގަ އެވެ. ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން ވަނީ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. ގަދަ 16 ވަނަ ބުރުގައި އިންގްލެންޑުން ވަނީ ޖަރުމަނުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފަހުން، މުބާރާތެއްގެ ނޮކް އައުޓް ބުރުގައި އިންގްލެންޑުން ޖަރުމަނުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑުން ވަނީ ފަސޭހަކަމާއެކު ޔޫކްރެއިންގެ މައްޗަށް ކުރި ހޯދައި، ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސެމީ ފައިނަލްގައި ޑެންމާކު ބަލިކޮށް، އިންގްލެންޑުން ފައިނަލްގެ ޖާގަ ޔަގީން ކުރި އެވެ. މިއީ ޔޫރޯ މުބާރާތެއްގެ ފައިނަލަށް އިންގްލެންޑު ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލެންޑު ދިޔަ ދެ ވަނަ ފަހަރެވެ. އަމިއްލަ ޤައުމުގައި ކުޅުނު ފައިނަލްގައި އިންގްލެންޑު އިޓަލީ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ތައްޓެއްގެ އުންމީދު ގެއްލުނު ނަމަވެސް، އިންގްލެންޑުން ނިންމީ ސައުތުގޭޓާ އެކު ކުރިއަށް ދާށެވެ. އޭގެ ފަހުން އަނެއްކާ ވެސް އިންގްލެންޑު ކުރިމަތިލީ ޔުއެފާ ނޭޝަންސް ލީގާ އެވެ. އެ މުބާރާތުގައި މިފަހަރު އިންގްލެންޑަށް ކުރިމަތިލާން ޖެހުނީ ހިތްދަތި ނަތީޖާ އަކާ އެވެ. އެ މުބާރާތުގައި އިންގްލެންޑުން ކުޅުނު ތިން މެޗު އެއްވަރުވީއިރު، އަނެއް ތިން މެޗުން ބަލިވީ އެވެ. އެފަހަރު އަމިއްލަ ޤައުމުގައި ހަންގޭރީ އަތުން ވީ ބައްޔަކީ، 1928 ގެ ފަހުން އަމިއްލަ ޤައުމުގައި އިންގްލެންޑުގެ އެންމެ ބޮޑު ބައްޔެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕާ އިންގްލެންޑު ކުރިމަތިލި އެވެ. ގްރޫޕްގެ އެއްް ވަނަ ހޯދައި، އިންގްލެންޑުން ގަދަ 16 ވަނަ ބުރަށް ދިޔަ އެވެ. ގަދަ 16 ވަނަ ބުރުގައި ސެނެގާލްގެ މައްޗަށް ކުރި ހޯދައި، ކުއާޓާ ފައިނަލްގައިި ފްރާންސްއާ ދެކޮޅަށް ނިކުތެވެ. އެ މުބާރާތް އިންގްލެންޑުން ނިންމާލަން ޖެހުނީ ކުއާޓާ ފައިނަލާ ހަމައިންނެވެ. އެ މުބާރަތަށްފަހު ސައުތުގޭޓް ވަކި ކުރާނެ ކަމުގެ އަޑުތައް ފެތުރު ނަމަވެސް، އިންގްލެންޑުން ނިންމީ އޭނާ އާއެކު ކުރިއަށް ދާށެވެ.

މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ މުބާރާތަށް އިންގްލެންޑު ނިކުތްއިރު، އެ ޓީމަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި އޮތް ޓީމެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދައި، ގަދަ 16 ވަނަ ބުރުން ޖާގަ ހޯދި އެވެ. ސްލޮވޭނިއާއާ ދެކޮޅަށް ކުޅުނު ގަދަ 16 ވަނަ ބުރުގެ މެޗުން އިންގްލެންޑަށް ލިބުނީ އުނދަގޫ މޮޅެކެވެ. ފަހު ވަގުތު ނަތީޖާ ހަމަހަމަކޮށް، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކުރި ހޯދި އެވެ.

ކުއާޓާ ފައިނަލްގައި އިންގްލެންޑު ނިކުތީ ސްވިޒަލެންޑާ ދެކޮޅަށެވެ. އެ މެޗުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ސްވިޒަލެންޑުންނެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އިންގްލެންޑު ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު ވެސް އެެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިންގްލެންޑުން ކުރި ހޯދި އެވެ. ސެމީ ފައިނަލްގައި އެ ޓީމު ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.

ނެދަލެެންޑްސްއާ ދެކޮޅަށް އިންގްލެންޑު ނިކުންނައިރު، ތައްޓެއް ހޯދުމަށް އެ ޓީމު އަދި ސައުތުގޭޓް ވެސް ކުރާ އުންމީދު ގުޅިފައި އޮތީ އެ މެޗާ އެވެ. އެމެޗުން މޮޅުވެ ފައިނަލަށް ދިޔުމާ އެވެ. އެ މެޗަށް ނިކުންނައިރު ވެސް، ސައުތުގޭޓަށް ޕްރެޝަރު އޮންނާނެ އެވެ. އިންގްލެންޑުގެ ގިނަ ސަޕޯޓަރުން އަދި މީޑިއާ ތަކުގައި ވެސް ރިޕޯޓު ކުރާ ގޮތުގައި، މުބާރާތުގައި އިންގްލެންޑަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. ޚާއްސަކޮށް އިންގްލެންޑުގައި އޮތް ސްކޮޑުގެ ވަރުގަދަ ކަމަށް ބަލާއިރު، ފެންނަން ޖެހޭ ކުޅުމެއް ނުފެނެ އެވެ.

ނަމަވެސް ސައުތުގޭޓް ހުރީ އެ ވާހަކަތަކަށް ރައްދު ދޭ ގޮތަކަށް ނޫނެވެ. އޭނާ ބުނާ ގޮތުގައި އިންގްލެންޑަށް ނަތީޖާ ނެރެވޭނެ އެވެ. މާޒީ އަށް ބަލާއިރު އިންގްލެންޑުގެ އެ ޓީމުގެ ފެންވަރު ދައްކައި ދީފައިވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެ އެވެ. ސެމީ ފައިނަލް ކުޅެ، ފައިނަލް ކުޅެފައި ވުމަކީ އޭގެ ހެއްކެކެވެ. އިންގްލެންޑުން މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރަން ހިފާފައިވާ އަމާޒާއި، ސައުތުގޭޓްގެ އުންމީދު ގުޅިފައި ވަނީ ސެމީ ފައިނަލާ އެވެ.

ޔޫރޯ 2024 (ޖަރުމަނު)އިންގްލެންޑުގެ ގައުމީ ޓީމުގެރެތު ސައުތުގޭޓްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު