Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިންނަށްވީ ވައުދުތައް ނުފުއްދުން

ވައުދުވީ މަސްވެރިންނަށް ޑިއުޓީ މަޢާފުކޮށް، ލޯނު ފަސޭހަކޮށް، މިފްކޯގެ ހިއްސާ ދޭން - ލިބުނީ ލޮޓި

މަސްވެރިންނަށް ވީ ވައުދުތައް މި ސަރުކާރުން ފުއްދަމުން ނުދާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޖޫން 2024 | އާދީއްތަ 18:17
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ދުވަހަކީ 17 އޮގަސްޓް 2023އެވެ. ރަށަކީ ފ.ނިލަންދޫއެވެ. މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރެވެ. އެ ދުވަހު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނަވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސްވެރިންނަށްޓަކާ ވެވަޑައިގަންނަވާ ވައުދުތައް އަމުނާލެއްވީ ނިކަން ފަރިތަކަމާއި އެކުގައެވެ. މި ވާހަކަ މި މަނިކުފާނު ހަނދާން ނުހުރެދާނެއެވެ. އެކަމަކު މަސްވެރިންނާއި މަސްވެރި އާއިލާތަކުން އެވާހަކަ ހަނދާން ބަހައްޓާނެކަން ޔަޤީނެވެ. އެހެނީ މިއީ މަސްވެރިން މި މަނިކުފާނަށް ވޯޓުދެއްވި ސަބަބެވެ.

އެ ދުވަހު ވިދާޅުވީ މަސްވެރިންނަށް ފަސޭހަކަމާއެކު ބޭންކުން ލޯނު ހަމަޖެހޭނެ ގޮތް ހަމަޖައްސައި ދެއްވާނެކަމަށެވެ. އެދުވަހު ނިކަން އަސަރާއި އެކު ދެއްކެވި ވާހަކައަކީ މަސްވެރިންނަށް ބޭންކުތަކުން ލޯނު ހޯދުމަކީ ވަރަށް އުނދަގޫވެފައި އޮތް ކަމުގެ ވާހަކައެވެ. އެ ދުވަހު އެ ވާހަކަތައް ގިލަންވެރިކަމާއި އެކު ދައްކައިގެން ލައްކަ ގިނަ މަސްވެރިން ޖަޒުބާތުގަވެސް ޖެއްސިއެވެ. ބޭންކުން ލޯނު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމާއި އެކަމާއި މެދުމަސްވެރިންގެ ހުރި ކަންބޮޑުވުން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ހަމްދަރުދީ ފާޅުކުރެއްވިއެވެ. އަދި ބޭންކުތަކުން މަސްވެރިންނަށް ލޯނު ނުލިބެނީ، މަސްވެރިންނަކީ މުވައްޒަފެއްގެ ގޮތުގައި ބަލައިނުގަންނާތީ ކަމަށް ވިދާޅުވެ މަސްވެރިންގެ ހިތާއި ކުޅެލާނެ ފަދަ އަސަރުގަދަ ވާހަކަތައް ދެއްކެވިއެވެ.

އެ ދުވަހު ވިދާޅުވީ މި ކަން ހައްލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ވާހަކައެވެ. އަދި މަސްވެރިންގެ ދަފްތަރެއް އެކުލަވައިލައި މުވައްޒަފުންގެ ގޮތުގައި އެ ދަފްތަރުގައި ތިބޭ މަސްވެރިން ބަލައިގަނެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ. މަސްވެރިންނަށް ދެއްކެވި ހުވަފެނަކީ އޭގެ ސަބަބުން، މަސްވެރިންނަށް ފަސޭހަކަމާއެކު ބޭންކުން ލޯނު ލިބޭނެކަމުގެ ހުވަފެނެވެ. މީގެ އިތުރުން، މަސްވެރި އޮޑިފަހަރު ބަނުމަށް ގެންނަ ތަކެތިން ޑިއުޓީ ނަގާ ނެގުމަކީ އެއީ ބޮޑު ދައްޗެއް ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި އެ ތަކެތިން ޑިއުޓީ ކަނޑާލާނެކަމަށް ހަރުއަޑުން ވައުދުވެވަޑައިގަތެވެ. ނުވިތާކަށް މަސް ކިރާ ބަންދުކުރުމުގެ ފެކްޓްރީއެއް ފ.އަތޮޅާއި ގާތުގައި ެނތް ކަމަށާއި ދ. އަތޮޅުގެ މާދެލި، މަސް ކިރުވާ މަސް ބަންދުކުރާ ކާރުހާނާއެއް ގޮތުގައި އިއުލާންކުރައްވާ ކަމަށް ވިދާޅުވިއެއެވެ.

އަދި އެވަރުން ނިމުނީކީ ނޫނެވެ. ކަންނެލި މަސްވެރިކަން ކުރާ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ހޯދައިދެއްވާނެކަމަށް ނިކަން ފަޚުރުވެރިކަމާއި އެކު ވިދާޅުވިއެވެ. ނިކަން ސަޅިބާސާ ވާހަކަތަކެއް އެ ދުވަހު މަސްވެރިން އަރިހު ދެއްކެވިއެވެ. މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދާ އެ ސޮސައިޓީއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދާނެ ވާހަކައެވެ. އެ ސޮސައިޓީގެ ފަރާތުން ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި މެންބަރަކު ހިމަނާނެ ކަމަށް ވިދާޅުވެ އެ ވައުދުގެ ހަރުދަނާކަން މަސްވެރިންގެ ހިތަށް ވައްދާދިނެވެ. އެ ހިސާބުން މަސްވެރިން، މިފްކޯގެ ހިއްސާދާރުންނަށް ވާނެ ކަމަށް ވެސް މި މަނިކުފާނު ވިސްނާދެއްވިއެވެ. މިފްކޯއަށް ލިބޭ ފައިދާއިން މަސްވެރިންނަށް ފައިދާވާނެމުގެ ކަޅާއި ހުދުގެ ހުވަފެން ދެއްކިއެވެ. އެެހެންވީމަ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުން ތިބީ މި މަނިކުފާނު ވެރިކަމަށް އައުމުން ނިކަން އުފަލުންނެވެ.

އެއީ އެދުވަހެވެ. މިއަދު ކަން އޮތް ގޮތް އޮޅިފައި އޮތީ ކާކަށްތޯއެވެ. މަސްވެރިން އަތުން މަސް ގަތުމުގެ ވާހަކަ ލައްކަ ގިނައިން އެބަ ދެކެވެއެވެ. މަހުގެ އަގުގެ ވާހަކަވެސް ނިކަން ގިނައިން ދެކެވިއްޖެއެވެ. ޑޮލަރުން މަސް ގަންނަ ވާހަކަވެސް ދެއްކިއްޖެއެެވެ. މިއަދު އެ ވާހަކަތައް ތަކުރާރުކުރާކަށް ނެތީމެވެ. އެއީ އެ ވާހަކަ ދެއްކިޔަސް ލިބޭ ކުރިއެރުމެއް ހަރާމެވެ. އެހެން ނޫންނަމަ މަސްވެރިން މުޒާހަރާގައި ރަތްދަކަ އަވީގައި ތިބޭ އިރު ރައީސް މަނިކުފާނަށް އެކަން ވަރިހަމައެއް ނުވީސްތާއެވެ. އެކަމަކު ނިލަންދޫގައި މަސްވެރިންނަށްވީ ވައުދުތަކުގެ ވާހަކަ މިއަދު ނުދައްކަވަނީ ކީއްވެތޯއެވެ؟ އެ ބުނާ މަސްވެރިންނަށް ލޯނު ދިނުމުގެ ކަންކަން ކޮބާތޯއެވެ؟ އެ ބުނާ ޤާނޫނީ އިސްލާހުތައް ކޮބާތޯއެވެ؟ އޮޑިފަހަރު ބަނުމަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ކުރެއްވޯ ކޮންކަމެއްތޯއެވެ؟ މަޖިލީހުގެ ފުޅާ މެޖޯރިޓީގައި ހަމަޖެހިލައިގެން ތިބި އިރު އެ ވާހަކަ ކިތައް ފަހަރު ކިތައް މާލަމުގައި ކުޑަމިނުން ދައްކާލެވުނުތޯއެވެ؟

އެކަމަކު މަސްވެރިންނަށް ލިބުނީ ބޮޑު ލަނޑެކެވެ. ލިބުނީ ހަނދާނުން ނުފިލާވަރުގެ "ލޮޓި"އެކެވެ. އެހެނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަތުމަށް މިހާރު ކަނޑައަޅާފައިވާ ރޭޓް އުވާލައި ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަތުމަށް ނިންމާފައިވާ ކަމަށް އެއޮތީ އަންގާފައެވެ. ކަންނެލި މަސްވެެރިންގެ ޝަކުވާ އަޑުއަހާނެ ކަަމަށް ބުނެ ވީ ވައުދާއި ދިމާ ޚީލާފަށް ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން އެދަނީ މަޝްވަރާކުރަމުންނެވެ. މިކަހަލަ ކިތަންމެ ކިތަންމެ ކަމެކެވެ. މިވަރުން ނުފުދިގެން މަސްވެރިންގެ ފައިސާކޮޅު ދިނުމަށް އެދި އާދޭސްކުރުމުން އެކަންވެސް ވަނީ ސިޔާސީ ކަމަކަށެވެ. ފާޅުގައި ވިދާޅުވަނީ އެ ވާހަކަ ބަލައިނުގަންނަ ކަމަށެވެ. މިއަށް ވުރެ ބޮޑު ލަނޑެއް މަސްވެރިންނަށް ދެވޭނެތޯއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވައުދުވީ ސިއްހީ އިންގިލާބީ ބަދަލަކަށް، ފެންނަނީ އިހުމާލު

ވައުދުވީ ސިއްހީ އިންގިލާބީ ބަދަލަކަށް، ފެންނަނީ އިހުމާލު

22 ޖެނުއަރީ 2024
"ޢިމާރާތްތައް ބިމާ ހަމަކުރަމުން އެދަނީ މީހުންވެސް އެތެރޭގައި ތިއްބާ... 24 ގަޑިއިރުގެ ޑިއުޓީއަކަށް ނުކުތް ފަހުން ހަފުތާއެއް"

"ޢިމާރާތްތައް ބިމާ ހަމަކުރަމުން އެދަނީ މީހުންވެސް އެތެރޭގައި ތިއްބާ... 24 ގަޑިއިރުގެ ޑިއުޓީއަކަށް ނުކުތް ފަހުން ހަފުތާއެއް"

14 އޮކްޓޯބަރު 2023
އަގުހެޔޮ ލޯނުގެ ދަޅަ ދައްކައިގެން، އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިޔާގެ ނުފޫޒު ކުޑަކުރުމަށް ޗައިނާއިން މަސައްކަތްކުރޭ – ރިސަރޗް

އަގުހެޔޮ ލޯނުގެ ދަޅަ ދައްކައިގެން، އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިޔާގެ ނުފޫޒު ކުޑަކުރުމަށް ޗައިނާއިން މަސައްކަތްކުރޭ – ރިސަރޗް

23 ޖެނުއަރީ 2023
އެސްއެމްއީ ބޭންކުން 970.3 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 538.6 މިލިއަން ރުފިޔާ ދޫކޮށްފި

އެސްއެމްއީ ބޭންކުން 970.3 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 538.6 މިލިއަން ރުފިޔާ ދޫކޮށްފި

21 ޖުލައި 2021
ހުޅުމާލޭ އިންޖީނުގެ: ލޯނުގެ އަނެއް ދަންތުރަ؟

ހުޅުމާލޭ އިންޖީނުގެ: ލޯނުގެ އަނެއް ދަންތުރަ؟

19 ޖޫން 2021

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު