Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާ-ޗައިނާގެ ގުޅުން

އަގުހެޔޮ ލޯނުގެ ދަޅަ ދައްކައިގެން، އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިޔާގެ ނުފޫޒު ކުޑަކުރުމަށް ޗައިނާއިން މަސައްކަތްކުރޭ – ރިސަރޗް

އިންޑިޔާ ކަނޑުގެ ސަރަހައްދުގައި "ރީޖަނަލް ޕަވަރ ސްޓޭޓަސް" ހޯދުމަށް ޗައިނާއިން ގަދައަޅައި މަސައްކަތްކުރަމުން ދާކަމަށް ބުނެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2023 | ހޯމަ 17:44
އިންޑިޔާ ދިދައާއި ޗައިނާ ދިދަ

އިންޑިޔާ ދިދައާއި ޗައިނާ ދިދަ

ގައުމުތަކަށް އަގުހެޔޮ ލޯނުގެ ދަޅަ ދައްކައިގެން، އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިޔާގެ ނުފޫޒު ކުޑަކުރުމަށް ޗައިނާއިން މަސައްކަތްކުރަމުން ދާކަމަށް ރިސަރޗް ކަރުދާހެއްގައި ބުނެފިއެވެ. އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ހޯމަ ދުވަހު ބޭއްވުނު ޚާއްސަ ސެކިއުރިޓީ ބައްދަލުވުމެއްގައި އިއްވުނު ދިރާސާ ކަރުދާހުގައި ބުނެފައިވާގޮތުން، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ބޭނުންކޮށްގެން، އިންޑިޔާގެ އަވައްޓެރި ގައުމުތަކަށް ޗައިނާއިން އެހީވަނީ އިންޑިޔާގެ ނުފޫޒު ކުޑަކުރުމަށެވެ.

މީގެ އިތުރުންވެސް، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ތެރެއިންވެސް، ޕާކިސްތާނަށާއި ދެކުނު އިރުމަތީ އަދި ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށް ޗައިނާއިން ފަސޭހަ ލޯނުތައް (ތަރައްގީއަށް ވެދޭއެހީގެ ނަމުގައި) ދެމުން ދާއިރު، ބޯޑަރު ހޫނުކޮށްލުންފަދަ ކަންތައް ކޮށްގެން އިންޑިޔާ ހާސްކޮށްލާފައި ބާއްވާކަމަށް، އިންޑިޔާ ފުލުހުންގެ އިސް އޮފިސަރުންތަކެއް ހުށަހެޅި ސެކިއުރިޓީ ކަރުދާހުގައި ބުނެފައިވެއެވެ.

"ޗައިނީސް އިންފްލުއެންސް އިން ދަ ނެއިބަރހުޑް އެންޑް އިމްޕްލިކޭޝަންސް ފޯރ އިންޑިޔާ"ގެ ނަމުގައި ނެރެފައިވާ ރިސަރޗް ޕޭޕަރު އިއްވުނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައިގެންނެވި، ނެޝަނަލް ސެކިއުރިޓީއާބެހޭ 3 ދުވަހުގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހް، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖީތު ދޯވާލް އަދި 350 ،އެންމެ މަތީ ޕޮލިސް އޮފިސަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އިންޑިޔާ ފުލުހުން ހުށައެޅި އެއް ކަރުދާހުގައި ބުނެފައިވާގޮތުން; ޗައިނާއިން ދެކުނު އޭޝިޔާގެ ކަންކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ދަނީ ދައްކަމުންނެވެ. މިގޮތުން ބައެއް ގައުމުތަކުގައި ވިޔަފާރިއާއި ތަރައްގީގެ ކަންކަމުގެ އިތުރުން، ސިޔާސީ އަދި ސެކިއުރިޓީ ކަންކަމަށްވެސް ޗައިނާއިން ދަނީ ބެހެމުންނެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން، ބައެއް ގައުމުތަކުން ޗައިނާއަކީ ތަރައްގީގެ މުހިންމު ޕާޓްނަރެއް ކަމަށް ބުނަމުން ދާކަމަށާއި، އޭގެ ބަދަލުގައި ޗައިނާއިން ފަންޑިންގ ފޯރުކޮށްދީ، ޓެކްނޮލޮޖިކަލް އަދި ލޮޖިސްޓިކަލް ސަޕޯޓް ފޯރުކޮށްދޭކަމަށް ބުނެފައިވެއެވެ.

ޗައިނާއަކީ ބަންގްލާދޭޝްއާއި ސްރީލަންކާގެ އެންމެ ބޮޑު ޓްރޭޑިންގ ޕާޓްނަރ ކަމަށާއި، ނޭޕާލާއި ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޓްރޭޑިންގ ޕާޓްނަރކަމަށް ޕޭޕަރުގައި ބުނެފައިވާކަމަށް ވިއޯން ވެބްސައިޓްގައި ވާ ޚަބަރު ބުނެއެވެ. އަދި މިކަންކަމުގައި ވިޔަފާރީގެ ބައި، ސިޔާސީ، ސަރުކާރުގެ ކަންކަން އަދި ޕީޕަލް ޓު ޕީޕަލް މިބައިތަކާ ގުޅި ލާމެހިގެން ދާމިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަންވެސް ފާހަގަކުރެވޭކަމަށް ބުނެފައި ވެއެވެ.

ކޮވިޑް 19 ޕެންޑަމިކް ފެށިގެން އައުމުން މިގައުމުތަކަށް އިތުރު ރޮނގުތަކުން އެހީވުމުގެ މަގު ޗައިނާއަށް ހުޅުވިގެން ދިޔަކަށް ބުނެފައިވެއެވެ. މި ގޮތުން މެޑިކަލް އިކުއިޕްމަންޓް، ބަޔޯ މެޑިކަލް އެކްސްޕަޓީޒް، އަދި ކޮރޯނާ ވައިރަސްއާ ގުޅުނ ހުރި އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށް މަގުފަހިވިއެވެ.   

މިކަންކަމަށް ބަލާއިރު، ޗައިނާއިން މި ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުމަކީ ހަމައެކަނި އިކޮނޮމިކް ގުޅުމެއް ނޫންކަމަށާއި، ސަރަހައްދުގައި އަތްގަދަ ކުރުމަށާއި ކުރިއަށް އޮތް ދުރު މުސްތަގުބަލުގެ ސްޓްރެޓީޖިކް މަގުސަދެއް ހާސިލްކުރުމަށް "މަލްޓިޑައިމެންޝަނަލް" ގޮތްތަކެއް ގެންގުޅޭކަމަށްވެސް ބުނެފައި ވެއެވެ.

އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުގައި "ރީޖަނަލް ޕަވަރ ސްޓޭޓަސް" ހޯދުމަށް ޗައިނާއިން ގަދައަޅައި މަސައްކަތްކުރަމުން ދާކަމަށާއި މިކަން ކުރުމަށް ކުރަންޖެހޭ ކަމަކީ އިންޑިޔާ މަތަކޮށްފައި ބޭއްވުންކަމަށް ޕޭޕަރުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.

ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.

24 ފެބުރުއަރީ 2021
އުތުރު ތިލަފަޅުގައި ހަދަން އުޅެނީ އިންޑިޔާ ސިފައިންގެ މަރުކަޒެއް ނޫނެވެ. ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެކެވެ.

އުތުރު ތިލަފަޅުގައި ހަދަން އުޅެނީ އިންޑިޔާ ސިފައިންގެ މަރުކަޒެއް ނޫނެވެ. ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެކެވެ.

21 ފެބުރުއަރީ 2021
އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމާމެދު ކަންބޮޑުވެ ފިކުރުކުރާންޖެހޭ ސަބަބެއް އެބައޮތްތަ؟

އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމާމެދު ކަންބޮޑުވެ ފިކުރުކުރާންޖެހޭ ސަބަބެއް އެބައޮތްތަ؟

20 ފެބުރުއަރީ 2021
ލޯނުގެ ދަންމަޅި، ސާފުވާންޖެހޭ ކިތަންމެ ކަމެއް

ލޯނުގެ ދަންމަޅި، ސާފުވާންޖެހޭ ކިތަންމެ ކަމެއް

22 އޯގަސްޓު 2020
ކޮވިޑް-19: ލޮކްޑައުންކާއެކު އިންޑިޔާގެ ފަގީރުންނަށް އިތުރު ހިތްދަތިކަމެއް

ކޮވިޑް-19: ލޮކްޑައުންކާއެކު އިންޑިޔާގެ ފަގީރުންނަށް އިތުރު ހިތްދަތިކަމެއް

09 އެޕްރީލު 2020

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު