Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ ދާއިރާ

ވައުދުވީ ސިއްހީ އިންގިލާބީ ބަދަލަކަށް، ފެންނަނީ އިހުމާލު

މި ފާއިތުވެދާ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ވަނީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2024 | ހޯމަ 10:51
މިސަރުކާރުގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

މިސަރުކާރުގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ވައުދުފުޅާއެކުއެވެ. ހުރިހާ ދާއިރާއަކަށް އިންގިލާބީ ބަދަލުތައް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެސް ދުވަހަކު ވެސް ނުދެކޭފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަމާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް މިއަދު ވެސް އެހާލަތު ބަދަލެއް ނުވެއެވެ. ސިއްހީ ފަރުވާއަށް މޮޑާން ގޮތުގައި ސަލާންޖެހުމަކަށް ބަދަލެއް ނާދެއެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާންޖެހޭ އާއިލާތައް އެހީތެރިކަމަށް އެދި އާސަންދައަށް ހުށަހެޅި ނަމަވެސް އެހީ ލިބުމުގައި ލަސްވެ، ރައްޔިތުން ކުރާ ޝަކުވާތަކެއް މަދެއް ނުވެއެވެ. އެކަން ސޯޝަލް މީޑިއާއިން އެކަނި ވެސް ފުދެއެވެ.

ޝަކުވާގެ އިތުރުން އާސަންދަ، އެންސްޕާ ފަދަ މުއައްސަސާތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ހުންނަ ޕޯސްޓުތައް ވެސް މަދުން ނަމަވެސް ފެނެއެވެ. އެގޮތުން އާއްމު މީހެއް ބުނެފައިވަނީ ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް މަސައްކަތް ކުރާތާ ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އާސަންދައިގެ އެހީތެރިކަމަށް އެދުނު ނަމަވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި އާސަންދައިގެ ވެރިއަކަށް ގުޅައި ކަންބޮޑުވުން ހިއްސާކުރުމުން 15 މިނެޓްގެ ތެރޭގައި ހުރިހާ ކަމެއް ހަމަޖައްސައިދިން ކަމަށް އެމީހާ ބުނެފައިވެއެވެ. އެކަމާއި ގުޅިގެން އާސަންދައަށާއި، އެބޭފުޅާއަށް ވަރަށް ބޮޑަށް އެމީހާ ވަނީ ތައުރީފް ކޮށްފައެވެ.

މިއީ މިކަން ހިނގަންޖެހޭނެ ގޮތެއް ނޫނެއެވެ. އާސަންދައިން ޚިދުމަތެއް ހޯދުމަށް އެތަނުގެ ވެރިންނަށް ގުޅައި އެހީތެރިކަމަށް އެދޭކަށް ނުޖެހޭނެއެވެ. ސިއްހީ ފަރުވާގެ ކަންކަމުގައި މޮޑާން ގޮތުގައި ސާލަންޖެހުން ހުއްޓުވާނެ ކަމަށް މިސަރުކާރުން ބުނި ނަމަވެސް މިސަރުކާރުގެ ބޭފުޅުން އެ އަމަލު ކުރައްވަނީ މިސަރުކާރުގެ ސިޔާސީ ބޭފުޅުންގެ އަރިހަށް ރައްޔިތު މީހާއަށް ދާންޖެހޭ ގޮތަށެވެ. އެބޭފުޅުން އެ ވިދާޅުވާ އިންގިލާބީ ބަދަލެއް ނުފެނެއެވެ.

ނަމަވެސް މި ފާއިތުވެދާ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ވަނީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ.

ފެނިގެންދިޔައީ މިސަރުކާރުގައި ފަރުވާ ލަސްވެ، ކުއްޖަކު ނިޔާވި މަންޒަރެވެ. މިހާދިސާއާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފައެވެ. އަދި އިންތިޒާމުތައް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ. ނަމަވެސް 21 ޖެނުއަރީ 2024 ގައި ސަރުކާރުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މެޑިކަލް އިވެކުއޭޝަންއާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވެއެވެ. މިދުވަސްވަރު ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް މައްސަލައަށްވި ނަމަވެސް އެކަން އެޖެންޑާ ކޮށްފައިނުވާ ކަމަށް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެފައިވެއެވެ. އެހެންކަމުން ސަރުކާރުން މިކަމުގައި ސަމާލުވެ، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ މިންވަރު މިކަމުން އެބަ ހާމަވެއެވެ.

މީގެ އިތުރުން މިދުވަސްވަރު ރާއްޖޭގައި ދަނީ އިންފުލުއެންޒާ ވެސް ފެތުރެމުންނެވެ. މިފަހުން މިބަލީގައި ދެ ޒުވާނެއް ވަނީ ނިޔާވެފައެވެ. އިންފުލުއެންޒާ ފެތުރެމުންދާތީ ރާއްޖޭގެ ބައެއް ޑޮކްޓަރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކޮށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައިވެއެވެ. ނަމަވެސް މިބަލީގެ ހާލަތާއި ގުޅޭގޮތުން ބައެއް ހޯދުމަށް ހެލްތް މިނިސްޓްރީއަށް ގުޅި ނަމަވެސް ވަކި ޖަވާބެއް ދީފައިނުވެއެވެ. އާއްމު ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް އެއްވެސް މަސައްކަތެއް އެމިނިސްޓްރީން ކުރާ މަންޒަރެއް ވެސް ނުފެނެއެވެ. އަދި ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ފަދަ ބަލިތައް ވެސް ފެންނަމުންދާއިރު، ފައިލޭރިއާގެ ފަހުގެ މައުލޫމާތުތައްވެސް ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

05 މެއި 2019
ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

13 އެޕްރީލު 2019
މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

22 ފެބުރުއަރީ 2019
ތައުލީމީ ދާއިރާ ބޮޑު ބަދަލަކަށް ބޭނުންވެފައި!

ތައުލީމީ ދާއިރާ ބޮޑު ބަދަލަކަށް ބޭނުންވެފައި!

02 ނޮވެމްބަރު 2018
އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

07 ޖުލައި 2018

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު