Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނުކަތާ ވަރަށް ލޯނު ނެގުމަކީ ޗައިނާގެ މައްސަލައެއްތަ؟

ޗައިނާ ވަނީ ގައުމުތަކަށް މާލީގޮތުން އެތައް ގޮތަކުން އެހީވެދީފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2019 | ހޮނިހިރު 12:45
ޗައިނާ ސަރުކާރުގެ އެމްބަސީ

ޗައިނާ ސަރުކާރުގެ އެމްބަސީ

މިހަފްތާ ބަންދުގައި ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރި އެންމެ ބޮޑު ވާހަކަ އަކީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކުގެ ވާހަކައެވެ. އެ ލޯނުތަކަކީ ''ދަރަނި ދަންތުރަ'' އެކޭ ބުނެ ވާހަކަދައްކާ ފަރާތްތައްވެސް މި ރާއްޖޭގައި މަދެއް ނޫނެވެ. އަދި ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން، ރާއްޖެ އާއި ޗައިނާއާ ދެމެދު ކޯޅުމެއް ފެށިދާނެހެން ހީވާކަހަލައެވެ. އަޅުގަނޑު ހިތަށް އައި ސުވާލަކީ، މި ދަންތުރައަކީ ހަގީގަތުގައިވެސް ޗައިނާއިން ޖެހި ދަންތުރައެއްބާވައެވެ؟

މިކަމުގެ އެންމެ ފުނަށް ފީނާލުމަށް، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"ގެ ދަށުން ރާއްޖެއާއެކު ވެފައިވާ އެއްބަސްވުންތަކާއި، އެގައުމުން އެހެނިހެން ގައުމުތަކަށް އުމްރާނީ ގޮތުން އެހީވެދިނުމުގެ ގޮތުން ދީފައިވާ ލޯނުތަކަށް ބަލައިލުން މުހިންމެވެ. މި އިނީޝިއޭޓިވްއަކީ ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުތަކުގެ އުމްރާނީ ތަރައްގީއަށާއި، ހަކަތަ އުފެއްދުމުގެ ސިނާއަތަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. ރާއްޖެވެސް ހިމެނޭ ގޮތަށެވެ.

ދެން އެބުނާ ދަރަނި ދަންތުރައެއްގައި ރާއްޖެ ޖެހިގެން ދިޔަ ގޮތަށް ބާލާލަމާ ހިނގަމާހެއްޔެވެ. އެގޮތުން މި ދަރަނިތައް ދިވެހިންގެ ބޮލުގައި އެޅިގެން ދިޔަ ވެރިކަމުގެ ދައުރުގައި، އޭރުގެ ސަރުކާރުން ކަންކުރެއްވި ގޮތަށް ބަލާލުން މުހިންމު ކަމުގައި ދެކެމެވެ. ބަޔަކަށް އެ ދައުރަކީ ކޮން ދައުރެއްކަން ނޭނގޭނަމަ، އެއީ ރައީސް ޔާމީންގެ ދައުރުކަން ވަރަށް އަދަބު އިޙްތިރާމާއެކު ހަނދާންކޮށްލަދޭނަމެވެ.

ކުރީގެ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ ތާރިހުގައިވެސް ނުދެކޭހާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވެ. ތަރައްގީ ގެނެސްދެއްވަން އެމަނިކުފާނާއި އޭރުގެ ސަރުކާރުގެ އިސްބޭފުޅުން އިހުތިޔާރުކުރީ ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"އެވެ. އަދި ޗައިނާގެ ދީލަތިކަމުގެ ފުރިހަމަ ފައިދާ އެސަރުކާރުން ނެގިއެވެ. ސިނަމާލޭ ބްރިޖް މަޝްރޫއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާފައިވާ މަޝްރޫއާއި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގި ގިނަ މަޝްރޫއުތަކަކީ މީގެ މިސާލުތަކެކެވެ.

ދެން ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ފައިސާގެ އަދަދަށް ބަލާލާނަމެވެ. އެގޮތުން އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އަންދާޒާ ކުރާގޮތުންނަމަ، ރާއްޖެއިން ޗައިނާއަށް ދަރާފައި އޮތް މިންވަރު 1.5 ބިލިއަން ޑޮލަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުންނަމަ ރާއްޖެއިން ޗައިނާ އަށް ދަރާފައި އޮތީ 3.2 ބިލިއަން ޑޮލަރެވެ.

އަޅުގަނޑު ބެލި ބެލުމުގައި، ސީދާ ޗައިނާ ދައުލަތަށް ދިވެހި ރާއްޖެއިން ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 1.5 ބިލިއަން ޑޮލަރެވެ. ނަމަވެސް، އޭރުގެ ސަރުކާރުން ދޫކޮށްފައިވާ ސޮވަރިން ގެރެންޓީތައް ހިމަނައިގެން މިއަދަދު 3.2 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި ސަން ސިޔާމް ފަދަ، ރައީސް ޔާމީންއާ ގާތް ވިޔަފާރިވެރިން ނަގާފައިވާ ލޯނުތައްވެސް ހިމެނޭކަން ފާހަގަކޮށްލާނަމެވެ. މިބުނާ ސަން ސިޔާމަށް އެކަނިވެސް، ރިސޯޓެއް އެޅުމަށް 127 މިލިއަން ޑޮލަރުގެ ސޮވަރިން ގެރެންޓީއެއް ދީފައިވެއެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ، ޖެހުނު ދަންތުރައެއްގައި ޖެހުނީ އަމިއްލައަށް ކަމެވެ. ޗައިނާއިން މިކަމުގައި އެއްވެސް މަޖުބޫރުކަމެއް ކުރިމަތި ކޮށްފައި ހުރިކަމެއް، ނޫނީ ނުފޫޒު ފޯރުވާފައިވާނަމަ، ދަންތުރައިގައި ޖެއްސިއްޔޭ ބުނަން ރަނގަޅެވެ. ނަމަވެސް ކަންވީކީ އެހެންނެއް ނޫނެވެ. އެބުނާ ދަންތުރައިގައި ޖެހުނީ، އޭރު ވެރިޔަކަށް ހުންނެވި ރައީސް އާއި އެމަނިކުފާނުގެ ސަރުކާރު ހިންގަވަން ތިއްބެވި އިސްވެރިންނެވެ. ބޭނުންވީ ރައްޔިތުންނަށް ދެއްކި ތަސައްވުރު ކޮންމެ ހާލެއްގައިވެސް، ހަގީގަތަކަށް ހަދާށެވެ.

މިހެން މިބުނަނީ ސަބަބުތަކެއް ނެތިޔެއް ނޫނެވެ. ނެގިއްޔާ ނެގި ލޯނެއް ނެގީ އިންޓްރެސްޓް ނޭނގިއެއް ނޫނެވެ. ދައްކަން ޖެހޭ އަދަދުވެސް ނޭނގިއެއް ނޫނެވެ. ލޯނުގެ "ޓަރމްސް އެންޑް ކޮންޑިޝަންސް" ނޭނގިއެއް ނޫނެވެ. ދިން ހުރިހާ ފައިސާއެއް ދިނީ ތަފްސީލީ މައުލޫމާތު ހިމެނިފައިވާ، ކަޅާއި ހުދުން ލިޔެވިފައިވާ އެއްބަސްވުންތަކެއްގައި ދެ ފަރާތުންވެސް އެއްބަސްވެ، އޭގައި ސޮއިކޮށްގެންނެވެ. ކަންމަތީ ފިހާރާގައި ހުންނަ ސޭޓު ކްރެޑިޓަށް މުދާ ދޫކުރާ އުސޫލަކުންނެއް ނޫނެވެ.

ވެރިން ބޭނުންވީ ފައިސާއެވެ. ޗައިނާއިން ފޯރުކޮށްދިނީ ފައިސާއެވެ. ވެރިން ބޭނުންވީ ބްރިޖެކެވެ. ޗައިނާއިން އަޅައިދިނީ ބްރިޖެކެވެ. ވެރިން ބޭނުންވީ އަވަހަށް އެއަރޕޯޓު ތަރައްގީ ކުރުމަށެވެ. ޗައިނާއިން ތަރައްގީ ކޮށްދިނީ އެއަރޕޯޓެވެ. ވެރިން ބޭނުންވީ ގާތް މީހުންނަށް ޗައިނާގެ ބޭންކުތަކުން ލޯނެވެ. ޗައިނާއިން އެއޮތީ އެ ލޯނުވެސް ފޯރުކޮށްދީފައެވެ.

މި ދަރަނީގެ ޒިންމާ ނަގަން ޖެހޭނީ ގައުމު ހިންގަން ނޭނގި ދަރަނި މައްޗަށް ދަރަނި ނެގި ސަރުކާރުގެ ވެރިންނެވެ. ތަނެއް ދޮރެއް ބަލާލުމެއް ނެތި، ތަރައްގީއޭ ކިޔާ ރައްޔިތުންގެ ބޮލުގައި ދަރަނި އެޅުވި ރައީސްއާއި އޭރުގެ ވަޒީރުންނެވެ. ނުކަތާ ވަރަށް ލޯނު ނެގުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ އެ ސަރުކާރުގެ ވެރިންނެވެ. މީގައި ޗައިނާ ގޯސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޖެހުނު ދަންތުރައެއްގައި ޖެހުނީ ތަރައްގީގެ ބާނީ އާއި އޭރުގެ ސަރުކާރުގައި ތިއްބެވި މޮޅެތި "އިކޮނޮމިސްޓުން"ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު