Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ޔާމީންގެ ސަރުކާރުން ދިން ސޮވެރެން ގެރެންޓީއާއި އެކު ނެގި ލޯނު ދައްކަންޖެހޭނީ ހަމަ ސަން ސިޔާމް، ސަރުކާރުންނެއް ނޫން!

އެ ފައިސާ ދައްކާނީ ސިޔާމް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 6 އޯގަސްޓު 2020 | ބުރާސްފަތި 08:02
މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް އަދި ކުރީގެ ރައީސް ޔާމީން

މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް އަދި ކުރީގެ ރައީސް ޔާމީން

ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއްކަމަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް (ސަން ޓްރެވެލް ސިޔާމް) އަށް 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގްރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓްވި މައްސަލަ އެވެ. މި ލޯނުގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުމުން އެ ފައިސާ މި އޮގަސްޓް މަހުގެ ތެރޭގައި ދެއްކުމަށް ދިވެހި ސަރުކާރަށް ޗައިނާގެ އެގްޒިމް ބޭންކުން އަންގާފައިވާކަމަށް މައުލޫމާތު ފެތުރުމާއިއެކު ގިނަ ބަޔަކު އުފެއްދި ސުވާލަކީ ވިޔަފާރިވެރިން ހޭވި ހަޑިއަށް އަނެއްކާވެސް ރައްޔިތުންގެ ފައިސާއިން ހަރަދުކުރާންޖެހޭނެތޯއެވެ.

ސުވާލު އުފައްދަން ނުޖެހޭ ސަބަބެއް ނެތެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ކަމެއް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ގުނބޯ ހައްދައިގެން ކޮށްފައިވާއިރު ސިޔާމަކީ ޔާމީންގެ އަހެއްގެ ގޮތުގައި ހުރިހާ ޖަރީމާތަކެއްގައި ބައިވެރިވި ފަރާތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމުގެ ހެއްކަކަށް މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތްކަމަށްވާ، އެމްއެމްޕީޢާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުމުގެ ލިސްޓުގައި ޝިޔާމްގެ ކުންފުންޏެއް ހިމެނުންވެސް ފުދެއެވެ. ޔާމީންގެ ވެރިކަމުގައި އޮތް ލަޝްކަރުގެ ކޯލިޝަންގެ ޕާޓީއެއްގެ ގޮތުގައި ސިޔާމް އިސްކޮށް އުޅުއްވައި އުފެއްދެވި މޯލްޑިވިސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) އޮތުންވެސް ފުދެއެވެ.

މިއީ ހައްތާވެސް ފެންނާން އޮތް ހަގީގަތެވެ. ވަކި ވަކި ވިޔަފާރިވެރީންގެ މަންފާއަށް ގައުމު ވިއްކާލަންވެސް ފަސްނުޖެހުނު ފަރާތްތަކުން އެކަން ކުރެއްވީ ބާރު ބީވެގެން ނުދާނެކަމަށް ހީކޮށް ވެރިކަމުގެ ތަހުތުގައި އުމުރު ދުވަހު އިންނާނަމޭ ހިތާކަމަށް ގިނަބަޔަކު ބުނެއެވެ. މިއީ ހައްތާވެސް ރައްޔިތުންގެ އުދާސްތަކެވެ.

ދިވެހި ސަރުކާރު އަދު ކަޑައްތު ކުރަންމިޖެހެނީ އެއިރު ޖަހާފައި ހުރި ސަކަރާތެވެ. އުސޫލެއް ހަމައެއް ލަމައެއް ގާނޫނަކަށް ބެލުމެއްނެތި ކޮށްފައި ހުރި ކަންތައްތަކުގެ ނަތީޖާއެވެ.

ތެދެއްމެ، މި ސަރުކާރު ވުޖޫދަށް އައީ ޒަމާނުއްސުރެ ސިޔާސީ ވެރީން ރައްޔިތުން ކުރިމަތީގައި ދައްކާ ބަހަނާ ނުދައްކައި ކަންކަން ހައްލު ކުރުމުގެ ވައުދާއި އެކުގައެވެ. އެއީ ގޮންޖެހުންތައް ދިމާވާއިރަށް ކުރީ ސަރުކާރުން ކުރި ކަމުގެ ނަތީޖާއޭ ނުބުނާނެ ކަމުގެ ވައުދެވެ. އެކަން ހައްލު ކުރުމުގެ ވައުދެވެ.

ގަބޫލުކުރަން ދައްޗަސް ކުރިޔަށް އޮތްތަނުގައި މިފަދަ އެތައް ކަމެއް ޔާމީނުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އެކަންކަމާއި ކުރިމަތިލުމުގެ ބުންވަރާއި ފެންވަރު މިސަރުކާރުގައި ހުރި ކަމުގެ ހެއްކަކަށް މިހާތަނަށް ގައުމުގައި ހިނގާފައި ހުރި ކަންތައްތަކަށް ބަލާލުމުން ފުދެއެވެ. ވެރިކަމާއި ހަވާލުވިއިރު، ފުނޑުފުނޑުކޮށްލާފައިވާ ހާރިޖީ ސިޔާސަތުވެސް މި ސަރުކާރުން ނަގާ ކޮޅަށް ޖަހައިފިއެވެ. ދޭދޭ ގައުމުތަކާއި އެކު ހީނަރުވެފައި އޮތް ގުޅުން ވަރުގަދަކޮށް ގުޅުން ވަރުގަދަކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަންވެސް ނިމިގެންދާނީ ރައްޔިތުން އެދޭ ގޮތަށެވެ. ޔާމީންގެ ސަރުކާރުން ސޮވެރިން ގެރެންޓީދީގެން ލޯނު ނަގާފައި އޮތަސް, އެ ފައިސާ ދައްކާނީ ސަން ސިޔާމެވެ. ސަރުކާރަކުން ނޫނެވެ. އެއީ ސިޔާމްގެ މުދާ ވިއްކައިގެން ނަމަވެސް އެ ފައިސާ ދައްކަންޖެހޭނީ ހަމަ ސިޔާމް އެވެ.

ލިބޭ މައުލޫމާތަށް ބަލާއިރު ސަރުކާރުން އޮތީ ދޫދީ، ރައްޔިތުންގެ މާލިއްޔާއިން ފައިސާ ދައްކާގޮތަކަށް ނޫނެވެ. އެޔަށްވުރެ ވަރުގަދައަށް ސަރުކާރު މި މައްސަލާގައި އޮތީ ސާބިތުކޮށެވެ. އެންމެ އިންޗިއެއްވެސް ދޫދިނުމަކަށް ނޫނެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު