Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހުޅުމާލެ އިންޖީނުގޭގެ މަޝްރޫއު

ހުޅުމާލޭ އިންޖީނުގެ: ލޯނުގެ އަނެއް ދަންތުރަ؟

ހުޅުމާލޭ އިންޖީނުގެއަށް ގެނެސްފައި ހުރީ އެންމެ މިޒަމާނުގެ ޖަނަރޭޓަރެއް ނޫން

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޖޫން 2021 | ހޮނިހިރު 05:03
ހުޅުމާލެ އިންޖީނުގެ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ރައީސް ޔާމީން ބިންގާ އަޅުއްވަނިކޮށް

ހުޅުމާލެ އިންޖީނުގެ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ރައީސް ޔާމީން ބިންގާ އަޅުއްވަނިކޮށް

މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިންޖީނުގެއިން ނިކުންނަ ދުމާއި އިވޭ އަޑުގެ ސަބަބުން ގިނަ ބަޔަކަށް އެކަން އުނދަގުލަކަށް ވެގެން އެވާހަކަ މިނިމުނު ހަފްތާގައި ވަރަށް ބޮޑަށް ދެކެވުނެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދަންވެސް ދެވިދާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެ ބަޔާން ނެރުނެވެ.

މާލޭގައި ހުރި ސްޓެލްކޯގެ އިންޖީނުގޭގެ ވާހަކަ ދައްކާއިރު، ހުޅުމާލޭގައި އެޅި އަގު ބޮޑު އިންޖީނުގޭގެ ވާހަކަވެސް ދައްކާލަން އެބަ ޖެހެއެވެ. މާލެއަށްވުރެ ގިނައިން ހުޅުމާލޭގައި ކަރަންޓު ކަނޑައިގެންދާ ވާހަކަ ނޫސްތަކުން ފެނެއެވެ. ގައިމު ފަހުގެ ތާރީޚެއްގައި ހެދި ތަނަކަށްވުމުން މައްސަލަ ކުޑަވާން ޖެހޭނެތާއެވެ.

އެހެންނަމަވެސް، ނުދައްކާ ދޫކޮށްލާފައި އޮތް ހުޅުމާލޭ އިންޖީނުގޭގެ ވާހަކަ ދައްކާއިރު މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ. ސްޓެލްކޯގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާ ދެކެވުނު ވާހަކަތަކުންނާއި އާއްމުކޮށް ފެންނަން ހުރި ބައެއް މައުލޫމާތަށް ބަލާއިރު ހުޅުމާލޭގައި ގާއިމްކޮށްފައިވާ އިންޖީނުގެއަށް ކޮށްފައިވާ ޚަރަދާއި އެތަނުގެ ފެންވަރާއި މެދު ސުވާލު އުފެދެއެވެ.

2016 ޖުލައި 13 ވަނަ ދުވަހު ފިފްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އޭރުގެ ރައީސް އަބްދުﷲ ޔާމީން އިފްތިތާހުކޮށްދެއްވައި، ބިންގާ އަޅުއްވައިދެއްވިއެވެ. ޗައިނާގެ ޑޮންގް ފަންގް އިލެކްޓްރިކް ކޯޕަރޭޝަނާ ހަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓްގައި އާ އިންޖީނުގެއެއް ގާއިމްކޮށް، މާލެ، ހުޅުމާލެ އަދި ހުޅުލެއަށް 50 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެއެވެ. ޗައިނާ ސަފީރު ހުންނަވައިގެން ރައީސް ޔާމީން ބިންގާ އަޅުއްވައިދެއްވި މި މަޝްރޫއުގެ ތެރެއިން، ކުރީ ސަރުކާރުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް، "ވީނުވީއެއް ނޭނގި" ގެއްލުނީ ކިހާ ފައިސާއެއްކަމެއް ޔަގީނެއް ނޫނެވެ.

އިންޖީނުގެއާއި، އިންޓަރ ކަނެކްޓަރ އަށް ކުރި ޚަރަދާ އަޅާބަލާއިރު، މާކެޓް ރޭޓްގައި އެއަށްވުރެ އަގުހެޔޮކޮށް އެކަން ކުރެވެން އޮތްކަމަށް ފެނެއެވެ. ސްޓެލްކޯގެ ނަންމަތީގައި ޗައިނާގެ އެގްޒިމް ބޭންކުން 1.2 ބިލިއަން ރުފިޔާގެ (75 މިލިއަން ޑޮލަރު) ލޯނެއް ނަގައިގެން މި ޕްރޮޖެކްޓް ހިންގީ މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ކަރަންޓު ފޯރުކޮށްދޭންތޯ ނުވަތަ ޑޮންގްފެންގް ކުންފުންޏަށް ފައިސާތަކެއްދީ، ޔާމީން ސަރުކާރުގައި އިސްކޮށް ތިބި ބައެއްގެ ޖީބަށް ފައިސާތަކެއް ލާންތޯ ސުވާލު އުފެދެއެވެ.

މި އިންޖީނުގެއަށް ގެނައި ވާޓްސިލާ ޖެނެރޭޓަރުތަކަކީ އެންމެ ފަހުގެ ޖެނެރޭޓަރުތަކެއް ނޫނެވެ. ތިމާވެއްޓާއި މާ ރައްޓެހި، މާ ތެލުގެ ޚަރަދު ކުޑަ ވާޓްސިލާ މޮޑެލް 31 ފަދަ އެހެން ޖެނެރޭޓަރުތައް އެއަށްވުރެ އަގުހެޔޮކޮށް ލިބެން އޮތްއިރު، އަގުބޮޑުކޮށް ކުރީގެ ޖެންސެޓްތައް ގެނައީ ކީއްވެތޯ ބަލަން ޖެހެއެވެ.

ބާޒާރުގައި މިހާރު ހުރި ވާޓްސިލާ 34ޑީ ޖެންސެޓެއް 3 މިލިއަން ޔޫރޯއަށްވުރެ އަގުހެޔޮކޮށް ލިބެން އޮތްވައި، އެއަށްވުރެ އަގުބޮޑުކޮށް ގަތީ ކީއްވެގެންތޯއެވެ؟ އާއްމު އަގުގައިނަމަ 6 ޖެންސެޓް 36 މިލިއަނެއްހާ ޔޫރޯއަށް ލިބުނީހެވެ.

ހުޅުމާލެއަށް ގަތް ގިނަ ޖެންސެޓްތައް ކެޕޭސިޓީގައި ނުހިންގި ހުރިއިރު، މާލޭގެ އިންޖީނުގެ އުޅެނީ ކެޕޭސިޓީ ބޮޑުވެގެން ނުހިންގިގެންނެވެ. ކުރިއަށް އޮތްތަނަށް ޕްލޭންކޮށްގެން ކަންކަން ކުރާއިރުވެސް، މިހާރަށްވެސް ވިސްނާލަން ވާނެ ނޫންތޯއެވެ؟ މާދަމާ އަންނާނީ މިއަދު އައިއްސައެވެ. ތަރައްގީގެ ކަންކަމުގައި ޔާމީންގެ ވިސްނުން ހުރީ މުޅިން އެހެންނެވެ. މިއަދަށް ނުވިސްނާ، ވިސްނަނީ މާދަމަށް އެކަންޏެވެ. ކުއްލިއަކަށް ޓޯކިޔޯ، ސިންގަޕޫރު ނުވަތަ ނިއުޔޯކަށް ދިވެހިރާއްޖެ ހަދަން އުޅުނަސް، އެތަންތަންވެސް އެހިސާބަށް ދިޔައީ ހަރުފަތްތަކެއް ގިރާކުރުމަށްފަހުކަމެއް ނޭނގޭކަހަލައެވެ. ރައީސް ޔަމީނަށް ތާއީދުކުރާ ފަރާތްތަކަށް އެއީ މާމޮޅު ކަމެކޭ، މޮޅު ވިސްނުމެކޭ ހީވިޔަސް، އެއީ ހަގީގަތާ ދުރު ވިސްނުމެކެވެ. "ރިއަލަޓީ" އަކީ އެއީއެއް ނޫނެވެ.

ހުޅުމާލޭގައި އުފައްދާނެ ކަރަންޓުގެ ބައެއް މާލެއަށް ފޯރުކޮށްދިނުމަށް ހަދަން ޖެހޭ އިންޓަކަނެކްޓަރ ހެދުމަށް ސްޓެލްކޯ އިން ޑޮންގްފެންގް 40 މިލިއަނެއްހާ ޑޮލަރު ހޯދިއެވެ. އެކަންވީ ހިސާބަކީ ކޮބައިތޯއެވެ؟ މިހާރު މިޖެހެނީ އައުޓްޑޭޓް ވެފައި ހުރި އިންޖީނުގެއަކަށާއި ފެންނަން ނެތް އިންޓަކަނެކްޓަރ އަކަށް، ސޮވަރިން ގެނެރެންޓީ ދީގެން ނަގާފައިވާ ލޯނަކަށް ބޮޑު އިންޓްރެސްޓް ރޭޓްގައި ލޯނު ދައްކާލަ ދައްކާލަ ތިބޭށެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު ފިސްކަލް ރިސްކް ސްޓޭޓްމަންޓްގައިވާ ގޮތުން ސްޓެލްކޯއިން ނެގި ލޯނެއް ނުދެއްކިގެން ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާތީ އެ ލޯނަށް ފައިސާ ދެއްކުމަށް ސަރުކާރުން ދަނީ އެހީވަމުންނެވެ.

ޔާމީންގެ ތަރައްގީއަކީ އެއީއެވެ. ބިޔަ ބޮޑެތި ތަންތަން ހެދިޔަސް، އޭގެ ފަހަތުން ދަރަނި އަންނާނެއޭ، އެކަން އެގޮތަށް ނުކުރާށޭ އޭރުގެ އިދިކޮޅުން ގޮވީ އެހެންވެގެންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2018

ސިޔާސީ ވެރިންގެ ހަތިޔާރަކަށް އަނެއްކާ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑު!

09 ފެބުރުއަރީ 2018
ސިޔާސީ ވެރިންގެ ހަތިޔާރަކަށް އަނެއްކާ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑު!
23 ޖެނުއަރީ 2018

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

23 ޖެނުއަރީ 2018
ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟
02 ޖެނުއަރީ 2018

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!
12 ޑިސެމްބަރު 2017

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!
29 އޮކްޓޯބަރު 2017

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު