Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސްޕެއިން އިން ޖޯޖިއާ އަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެ

ޚާއްސަކޮށް އެ ޓީމުން ޕޯޗުގަލް އާ ދެކޮޅަށް ވަރަށް ފުރިހަމަ ކުޅުމެއް ދައްކާފައިވާ ކަން އޭނާ ފާހަގަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2024 | އާދީއްތަ 06:02
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ސްޕެއިން ޖޯޖިއާ އަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ، މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޖޯޖިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ސްޕެއިން އަކީ މިއަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާ އެއް ޓީމެވެ. ގަދަ 16 ވަނަ ބުރުން ސްޕެެއިން ޖާގަ ހޯދީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ.

އަނެއްކޮޅުން ޖޯޖިއާ އިން ވަނީ މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފަ އެވެ. އަލަށް މުބާރާތުގައި ވާދަކުރާ ޖޯޖިއާ އިން ގަދަ 16 ވަނަ ބުރުގެ ޖާގައެއް ހޯދީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގްރޫޕް އެފްގެ ތިން ވަނަ އަށް އެ ޓީމު ދިޔައިރު، ގަދަ 16 އިން ޖާގަ ލިބުނީ އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ތިން ވަނަ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ޖޯޖިއާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިން ކުޅެން ޖެހޭ ޓީމަކީ ޔޫރޯ ގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ޓީމެއް ކަމަށެވެ. ޚާއްސަކޮށް އެ ޓީމުން ވަނީ ޕޯޗުގަލާ ދެކޮޅަށް ވަރަށް ފުރިހަމަ ކުޅުމެއް ދައްކާފައިކަން އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން، ސްޕެއިން އިން ޖޯޖިއާ އަށް ފުރިހަމަ އަށް އިޙުތިރާާމް ކުރާނެ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ. ޖޯޖިއާގެ ކުޅުމުން ދައްކައިދެނީ، އެ ޓީމު ކުރިއަށް ގޮސްފައިވާ މިންވަރު ކަަމަށް ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ.

މެޗުގައި ސްޕެއިން އިން ކުރަން ޖެހޭ ކަމަކީ، އެމީހުން މީގެ ކުރިން ވެސް ކުރަމުން އައި ކަންތައް ކަމަށް އޭނާ ދެކެ އެވެ. އެއީ ސްޕެއިންގެ އެންމެ މޮޅު ކުޅުން ދެއްކުން ކަމަށާއި، މެޗަށް ސަމާލުކަން ދިނުން ކަމަށް ވެސް އޭނާ ބުންޏެވެ. ޖޯޖިއާއާ ދެކޮޅަށް ނިކުންނައިރު، ސްޕެއިން އިން ގިނަ ކަންކަން ރަނގަޅު ކޮށްފައިވާނެ ކަމަށާއި، ކުޅުންތެރިންނާ މެދު އޭނާގެ އިތުބާރު އޮންނާނެ ކަމުގައި ވެސް ފުއެންޓޭ ބުންޏެވެ.

ސްޕެއިން އިން ޖޯޖިއާއާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު