Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެންގާ ގޮތެއް ނިންމުން

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

އާސެނަލް އިން ވަނީ ދެ އަހަރު ކޮންޓްރެކްޓެއް ދީފައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 12:15
ވެންގާއާ މެދު ހިތްހަމަ ނުޖެހިފައިވާ އާސެނަލްގެ ސަޕޯޓަރުން އޭނާ އިސްތިއުފާ ދިނުމަށް ގޮވަނީ

ވެންގާއާ މެދު ހިތްހަމަ ނުޖެހިފައިވާ އާސެނަލްގެ ސަޕޯޓަރުން އޭނާ އިސްތިއުފާ ދިނުމަށް ގޮވަނީ

އާސެނަލްގެ ކޯޗު އާސެން ވެންގާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމައިފި ކަމަށާއި ވަރަށް އަވަހަށް އެނިންމުން ހާމަކުރާނެ ކަމަށް އޭނާބުނެފިއެވެ.

އާސެނަލްއާއެކު ކުރިއަށްދިޔުމާއިމެދު ގޮތެއް ނިންމާ އިއުލާންކުރާނެ ކަމަށް ވެންގާ ބުނެފައިވާއިރު މި ސީޒަނުގެ ނިޔަލަށް އޭނާ އެކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްވެސް ހަމަވާނެއެވެ.

ޗެމްޕިއަންސް ލީގު ހިމެނޭ ގޮތަށް އާސެނަލް އިން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވުމާއި ގުޅިގެން ވެންގާއަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވަމުންނެވެ. މީގެ އިތުރުން މިފަހަކަށް އައިސް އާސެނަލްގެ ސަޕޯޓަރުންވެސް އަންނަނީ ވެންގާ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސި ލީގުގައި ވެސްޓް ބްރޮމް އަތުން 3-1 އިން އާސެނަލް ބަލިވި މެޗަށްފަހު މީޑިއާއިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެމުން ވެންގާބުނީ އޭނާ ދެންކަންތައް ކުރާނެ ގޮތެއް ނިންމާފައިވާ ކަމަށެވެ.

"އަހަންނަށް އެނގޭ އަހަރެން ހަދާނެ ގޮތެއް. ކަލޭމެނަށްވެސް ވަރަށް އަވަހަށް އެނގޭނެ" ވެންގާ ބުންޏެވެ.

ވެންގާ އާސެނަލް އަންނަނީ މެޗަކަށް ފަހު މެޗެއްގައި ބަލިވަމުން ކަމަށެވެ. އަދި އެއީ އޭނާގެ މުސްތަޤްބަލާމެދު ވިސްނުމަށްވުރެ ކަންބޮޑުވާ ކަމެއް ކަމަށް ވެންގާ ބުނެފައިވެއެވެ.

"މެޗުތަކުން ބަލިވުމަކީ މާބޮޑަށް ކަންބޮޑުވާ ކަމެއް، އެހެންވެ ކުރިމަގާ މެދު މިވަގުތު ކޮންމެހެން ވިސްނަން ބޭނުމެއް ނޫން" ވެންގާ ބުނެފައިވެއެވެ.

ވެންގާ އާސެނަލްގެ ކޯޗުކަމާއި ޙަވާލުވީ 1996 ވަނަ އަހަރުއެވެ. އޭގެފަހުން ލީގުގެ ހަތަރު ވަނައަށްވުރެ ދަށަށް އާސެނަލް ވެއްޓިފައެއް ނުވެއެވެ. ނަމަވެސް މިފަހަރު އެކަން ބަދަލުވުމުގެ ބިރުވެރިކަންވަނީ ކުރިމަތިވެފައެވެ.

އާސެނަލް މިވަގުތު އޮތީ 50 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

މި ސީޒަނުގެ ނިޔަލަށް އާސެނަލްއާއެކު ވެންގާ ހަދާގައިވާ ކޮންޓްރެކްޓް ހަމަވިޔަސް، އެކުލަބުން ވަނީ އޭނާއަށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. ނަމަވެސް ސަޕޯޓަރުން އަންނަނީ އެކަމާއި ނުރުހުންފާޅުކޮށް ދެކޮޅުހަދަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު