Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

މާޒިޔާ އަކީ ވަރުގަަދަ ޓީމެށް، މެޗު އެއްގޮތަކަށްވެސް ފަސޭހަ ނުވާނެ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 4 އެޕްރީލު 2017 | އަންގާރަ 00:34
ސުނިލް ޗެތުރީ ރާއްޖެ.އެމްވީ އަށް ދިން އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން

ސުނިލް ޗެތުރީ ރާއްޖެ.އެމްވީ އަށް ދިން އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން

މުޅި ޓީމު އޮތީ އަންގާރަ ދުވަހުގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ބެންގަލޫރު އެފްސީގެ ކެޕްޓަން އަދި އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.

ސުނިލް ޗެތުރީ މިހެން ބުނެފައިވަނީ މާޒިޔާ އާއި ދެކޮޅަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުމަށް ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެ އެމްވީ އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގަ އެވެ. ސުނިލް ޗެތުރީ ބުނެފައިވަނީ، މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާ، ޓީމުގައި ތިބި ގައުމީ ޓީމުގެ ހަތް ކުޅުންތެރިންވެސް ދެ ދުވަސް ކުރިން ޓީމާއި ގުޅި ހުރިހާ ތައްޔާރީތަކެށް ވެފައި ވާކަމަށެވެ. މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދާފައިވުމުން ދެން ބޭނުންވަނީ މާޒިޔާ ބަލިކޮށް ގުރޫޕުގެ ކުރި ހޯދަން ކަމަށް ސުނިލް ޗެތުރީ ވަނީ ބުނެފަ އެވެ.

ޗެތްރީ ބުނީ، ގުރޫޕު ސްޓޭޖުގައި މާޒިޔާ އާއި ޑާކާ އަބަހާނީ ލިމިޓެޑް ބައްދަލުކުރި މެޗް ބެލި ކަމަށާ، މާޒިޔާ އަކީ ފެންވަރު ރަނގަޅު ވަރުގަދަ ޓީމެއް ކަމަށެވެ. މީގެ އިތުރަށްވެސް ޗެތްރީ ބުނީ، މާޒިޔާގައި މޮޅެތި ލޯކަލް ޕްލެޔަރުންނާއި ބިދޭސީ ކުޅުންތެރިން އެބަ ތިބި ކަމަށާ އެހެންކަމުން އަންގާރަ ދުވަހުގެ މެޗް އެއްގޮތަކަށްވެސް ފަސޭހަ ނުވާނެ ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޗެތުރީ ބުނީ ރާއްޖެއަކީ ފުޓުބޯޅާގައި އަބަދުވެސް އިންޑިއާ އާއި ވާދަވެރި ގައުމެށް ކަމަށާ، ރާއްޖެއާއި ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީވެސް އިންޑިއާ އަށް ޕްރެޝަރު ބޮޑު އުނދަގޫ މެޗުތަކެށް ކަމަށެވެ. ރާއްޖޭގައި ކުރިއަރަމުން އަންނަ ރަނގަޅު ކުލަބުތަށް އެބަހުރި ކަމަށް ބުނެ ޗެތުރީ ވަނީ ދިވެހި ފުޓުބޯޅައަށް ތައުރީފް ކޮށްފައެވެ. ޗެތުރީ ބުނީ އޭނާ އަބަދުވެސް ދިވެހި ފުޓުބޯޅަ އަށާއި ދިވެހި ގައުމީ ޓީމަށް ރަނގަޅު ކާމިޔާބީތައްވުން އެދޭކަމަށެވެ.

އިންޑިއާގެ ގައުމީ ޓީމާއި ބެންގަލޫރު އެފްސީގެ ވެސް ކެޕްޓަން ކަމުގެ މަގާމު މިވަގުތު އަދާކު ކުރަމުންދާ ޗެތުރީއަކީ އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. ބައިޗަން ބުޓިއާއައްފަހު އިންޑިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ޗެތުރީ ވަނީ ދާދިފަހުން، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެށް ދީފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު