Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސްލޮވޭކިއާ އަކީ އިންގެލެންޑަށް "ޓަފް ޓެސްޓެއް": ސައުތުގޭޓް

އެ މެޗަކީ އިންގްލެންޑަށް ކުރިމަތިވާނެ ވަރަށް "ޓަފް ޓެސްޓެއް" ކަމަށާއި، ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2024 | އާދީއްތަ 05:43
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ސްލޮވޭކިއާ އާ ދެކޮޅަށް ނިކުންނައިރު، އެއީ އިންގްލެންޑަށް "ޓަފް ޓެސްޓެއް" ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ގަދަ 16 ވަނަ ބުރުގައި އިންގްލެންޑުން ސްލޮވޭކިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއް ވަނަ އިންގްލެންޑަށް ލިބުނު ނަމަވެސް، ގްރޫޕް ސްޓޭޖުގައި އިންގްލެންޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ، ސައުތުގޭޓަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ސްލޮވޭކިއާ އާ ދެކޮޅަށް ވަރަށް ބޮޑަށް ޕްރެސް ކޮށްގެން ކުޅެން ޖެހޭނެ ކަމަށެވެ. ސްލޮވޭކިއާ އަކީ ޑިފެންސްގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާ ޓީމެއްކަން ފާހަގަކޮށް ސައުތުގޭޓް ބުނީ، މެޗުގަައި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް އެ މެޗަކީ އިންގްލެންޑަށް ކުރިމަތިވާނެ ވަރަށް "ޓަފް ޓެސްޓެއް" ކަމަށާއި، ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ، މުބާރާތުގެ ގަދަ 16 ވަނަ ބުރަކީ، މުބާރާތުގެ އެންމެ ޝައުޤުވެރި އަދި އެންމެ މުހިއްމު ހިސާބު ކަމަށެވެ. ޚާއްސަކޮށް އެއްވެސް ޓީމަކާ މެދު ނަތީޖާ އަންދާޒާ ކުރެވެން ނޯންނާނެ ކަމަށާއި، އިންގްލެންޑުގެ ފެންވަރު އެމީހުން ދައްކަން ޖެހޭ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އިންގްލެންޑުގެ ކުޅުންތެރިންނަކީ އެ ފެންވަރު ހުރި ކުޅުންތެރިންނެވެ.

މުބާރާތަށް އިންގްލެންޑު އައީ ހަަމައެކަނި ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިޔުމާ ހަމައިން ނިންމާލަން ނޫން ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. އޭގެ ބަދަލުގައި އިންގްލެންޑުން މުބާރާތާ ކުރިމަތިލީ، ދެއްކެން އޮތް އެންމެ މޮޅު ކުޅުމެއް ދައްކައި، މުބާރާތް ކާމިޔާބު ކުރަން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިންގްލެންޑުން އެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން ޖެހޭ ކަމަށާއި، އެ ކުޅުމާއެކު އެންމެ ވަރުގަދަ ޓީމުތައް ވެސް ބަލި ކުރެވޭނެ ކަމަށް ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން ވަނީ އެންމެ ފަހުން، 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުން އިންގްލެންޑު ބަލިވީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުންނެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
06 އެޕްރީލު 2017

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު