Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިޙް ނިޒާމްގެ މައްޗަށް ކުރާ ދައުވާ

ޑިޕަބްލިކްގައި ހިނގި މާރާމާރީ: ސިއްރު ހެކިވެރިޔާ ބުނީ ޙާދިސާގެ އެއްވެސް ކަމެއް ހަނދާނުގައި ނެތްކަމަށް

މި މައްސަލައިގައި އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 08:26
ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު

ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު

އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑިޕަބްލިކް ތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްތުގައި ހުރަސް އެޅުމާއި، ގައިގާ އަތްލުމާއި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.  

އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ.

ހެކިބަސް ދޭން ފަށަމުން ސިއްރު ހެކިވެރިޔާ ބުނީ، އޭނާ މިހާރު ގިނަ ކަންކަން ހަނދާނުގައި ނެތް ކަމަށެވެ. އެގޮތުން މި މާރާމާރީގައި މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަންވެސް ހަނދާނުގައި ނެތްކަމަށް ދައުލަތުން ސުވާލު ކުރުމުން އޭނާ ބުންޏެވެ.

އެހިސާބުން ދައުލަތުން ވަނީ ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ، ހެކިވެރިޔާގެ ހަނދާން ތާޒާ ކޮށްލުމުގެ ގޮތުން ހެކިވެރިޔާގެ ބަޔާން ދައްކާލުމުގެ ފުރުސަތަކަށް އެދިފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ ދީފައިވާ ބަޔާނެކެވެ.

ބަޔާން ކިޔާލުމަށްފަހުވެސް ހެކިވެރިޔާ ބުނީ މި ޙާދިސާއާ ގުޅޭ ކަންކަން އޭނާގެ ހަނދާނުގައި ނެތް ކަމަށެވެ. އެގޮތުން މީހަކަށް ގެއްލުން ލިބުނުކަން ނުވަތަ ނޫންކަން، އަދި މި މާރާމާރީގައި ކިތައް މީހުން ޙަރަކާތްތެރިވިކަންވެސް ހަނދާނުގައި ނެތް ކަމަށާއި، ޙާދިސާ ހިނގި ކަން ފިޔަވައި އިތުރު ކަމެއް މިވަގުތު ހަނދާނުގައި ނެތްކަން ހެކިވެރިޔާ ފާހަގަކުރިއެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ، ބަޔާން ބެލުމަށްފަހު އެކަންކަން ހެކިވެރިޔާގެ ހަނދާނުގައި ހުންނާނެކަން ސަބަބުވެރި އިންސާނެއްގެ ނަޒަރުން ބަލާއިރު ޤަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން ދައުލަތުން ވަނީ އެއީ އެއްބާރުލުން ނުދޭ ހެއްކެއްކަމަށް ކަނޑައަޅައި، ހެއްކާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް "ހޮސްޓައިލް ވިޓްނަސް" އާ ސުވާލު ކުރާ ގޮތަށް ކުރިއަށް ގެންދިއުމުގެ އިޒްނައަކަށް އެދިފައެވެ. އެކަމަށް ޝަރީއަތުންވެސް ހުއްދަ ދީފައިވެއެވެ.

އެހިސާބުން ދައުލަތުން ވަނީ ބަޔާނާ ޙަވާލާދީ "ލީޑިންގ ސުވާލު" ކޮށްފައެވެ. އެ ހުރިހާ ސުވާލަކަށްވެސް ހެކިވެރިޔާ ޖަވާބު ދީފައިވަނީ "ނޭނގޭ" އަދި "ހަނދާނެއް ނެތް" މި އިބާރަތް ބޭނުން ކޮށްގެންނެވެ.

އެހެންނަމަވެސް ހެކިވެރިޔާގެ ބަޔާނުގައި ޙާދިސާ ހިނގާދިޔަ ގޮތާ ގުޅޭގޮތުން އޭރު ގިނަ ތަފްސީލުތަކެއް ހިއްސާކޮށްފައިވެސް ވެއެވެ. އެގޮތުން މާރާމާރީގައި ބައިވެރިވި މީހުންގެ ސިފަތަކާއި، އަނިޔާވި މީހާއާ ގުޅޭ ގިނަ ތަފްސީލުތަކެއްވެސް އޭރު ތަހުގީގަށް ދީފައިވާ ބަޔާނުގައި ކިޔާދީފައިވެއެވެ.

އޭރު ހެކިވެރިޔާ ކިޔާދީފައިވާ ގޮތުގައި އޭނާއަކީ އެ މާރާމާރީ ހުއްޓުވުމަށްވެސް ޙަރަކާތްތެރިވި މީހެކެވެ.

ޝަރީއަތުން ވަނީ އެއީ އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނެއްތޯ އަދި ބަޔާނުގައި ވަނީ ހެކިވެރިޔާގެ ސޮޔާއި އިނގިލީގެ ނިޝާންތޯވެސް ސުވާލު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައިވެސް ހެކިވެރިޔާ ބުނީ އޭނާއަށް ނޭނގޭ ކަމަށެވެ.

ޝަރީއަތުން ވަނީ ހެކިވެރިޔާ ތަހުގީގަށް ދީފައިވާ ބަޔާނުގެ ވީޑިއޯ ރެކޯޑިންގ 5 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމަށް ދައުލަތަށް އަންގަވާފައެވެ.

ދެން އޮންނާނީ މި މައްސަލައިގައި ހިމެނޭ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

މީގެ އިތުރުން، 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަތެރޭގައި ހުރި ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގައިވެސް ފައިޙްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު