Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ މުޒާހަރާ

ޝުޖާއު އަށް ނާޒިލްގެ ރައްދު - "މަސްވެރިންގެ ވަޒީރެއް ހުރިތޯ ހޯދާކަށް ކުރިން ނުޖެހޭ"

23 ޖޫން 2024 | އާދީއްތަ 14:05

ނާޒިލް ވަނީ މަޖިލީހުގައި މަސްވެރިންގެ ހައްގުތައް ހޯދާދޭން މަސައްކަތް ކުރެވިދާނެ ގޮތަކާއި މެދު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖޫން 2024 | އާދީއްތަ 14:05
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު

މީގެ ކުރިން މަސްވެރިކަމާއި ބެހޭ ވަޒީރު ވީތަނެއް ނޭނގިގެން މަސްވެރިން އުޅެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް އެފަދައިން ވިދާޅުވީ މަސްވެރިންގެ މުޒާހަރާ އާއި މެދު ޝުޖާއު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

މަސްވެރިން އުޅެނީ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއުގެ ޓްވީޓެއް ނުފެނިގެނެއް ނޫން ކަމަށާއި މަސްވެރިން ބޭނުމީ މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ ޖަވާބެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާއަކީ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށް ޝުޖާއު ވަނީ ސިފަކުރައްވާފައެވެ. ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކާއި ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހިފަހައްޓާފައި އޮތް ފައިސާ އާއެކު 800 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އެބައޮތް ކަމަށެވެ. އަދި އެ ފައިސާ ޗާޕުނުކޮށް މަސްވެރިންނަށް ފައިސާ ދިނުމަކީ ކާމިޔާބެއް ކަމަށް ޝުޖާއު ވަނީ ސިފަކުރައްވާފައެވެ. ޝުޖާއު ވަނީ މަސްވެރިންނަށް މިހާތަނަށް ނުދީ ހުރި ފައިސާ ވަރަށް އަވަހަށް މަސްވެރިންނަށް ދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވެފައެވެ. މި ސަރުކާރަކީ މުޒާހަރާތަކުގެ އަޑު އަހާ، އެ މުޒާހަރާތަކުގައި ޑިމާންޑްކުރާ ކަންކަން ހައްލުކުރާ ސަރުކާރެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ އެ ވާހަކަތަކާއި ގުޅިގެން ނާޒިލް ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިންގެ ހަޔާތުގައި ވެސް ދެކޭ އެންމެ އަނދިރި ދުވަސްވަރު ކަމަށެވެ. އަދި މިހާ ނިކަމެތިކޮށް މަސްވެރިންނާއި މެދު އަމަލުކުރި ސަރުކާރެއް އަދި ވެރިކަމަށް ނާންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނާޒިލް ވަނީ މަޖިލީހުގައި މަސްވެރިންގެ ހައްގުތައް ހޯދާދޭން މަސައްކަތް ކުރެވިދާނެ ގޮތަކާއި މެދު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެ މަޝްވަރާތަކަށް ފަހު މި މައްސަލަ އާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާނީ ގަރާރެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ނިންމާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މި މައްސަލަ އާއި މެދު ސުވާލުކުރުމަށް މަސްވެރިކަމާއި ބެހޭ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ވިސްނުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެބަހުރި ކަމަށް ނާޒިލް ވިދާޅުވިއެވެ.

މަސްވެރިން އައްޑޫގައި މުޒާހަރާކުރަމުންދާއިރު، މަސްވެރިން ވަނީ މިނިސްޓަރ ޝިޔާމް އާ ބައްދަލުކުރުމަށް ޑިމާންޑުކޮށްފައެވެ. އަދި މަސް ކިރާތާ 15 ދުވަހުގެ ތެރޭގައި ފައިސާ ދޭނެ ކަމުގެ ޔަޤީންކަން ދިނުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދައްކާ ޚަލާސްކުރުމަށް މަސްވެރިން ދަނީ އެދެމުންނެވެ. އެހެންނަމަވެސް މަސްވެރިންގެ އަޑު ސަރުކާރުން އަހަމުން ނުދާ ކަމަށާއި މަސްވެެރިންނަށް އެކަށީގެންވާ އިޖާބައެއް ނުލިބޭ ކަމަށް ފާހަގަކޮށް މަސްވެރިން ދަނީ އެކަމާއި މެދު ނުރުހުން ފާޅުކުރަމުންނެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުމަސްވެރިންއައްޑޫ މަސްވެރިން ކުރަމުންދާ މުޒާހަރާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
15 އެޕްރީލު 2025

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

15 އެޕްރީލު 2025
މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2025

02 ފެބުރުއަރީ 2025

ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް

02 ފެބުރުއަރީ 2025
ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް
01 ފެބުރުއަރީ 2025

ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް

01 ފެބުރުއަރީ 2025
ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް
16 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕީޖީން އެދެނީ

16 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕީޖީން އެދެނީ
16 ޑިސެމްބަރު 2024

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ

16 ޑިސެމްބަރު 2024
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ
13 ޑިސެމްބަރު 2024

"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"

13 ޑިސެމްބަރު 2024
"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"
12 ޑިސެމްބަރު 2024

ޤައުމު ބަނގުރޫޓު ނުވެއޭ ބުނާއިރު ޤައުމު އޮތީ ބަނޑަށް ޖެހިފައި - ނާޒިލް

12 ޑިސެމްބަރު 2024
ޤައުމު ބަނގުރޫޓު ނުވެއޭ ބުނާއިރު ޤައުމު އޮތީ ބަނޑަށް ޖެހިފައި - ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް