Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިން މުޒާހަރާގައި ބައިވެރިވުމަށް ގޮވާލުން

މުޒާހަރާތަކުގައި މަސްވެރިން ބައިވެރިވާން ޖެހޭ، އެ ނޫން ގޮތަކަށް ހައްގެއް ނުލިބޭނެ: ނާޒިލް

ރައީސް މުއިއްޒަކީ އިންތިހާއަށް ދޮގު ހައްދަވާ ބޭފުޅެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މާރިޗު 2025 | ހުކުރު 19:19
މުޒާހަރާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

މުޒާހަރާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސްވެރިންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށާއި، މުޒާހަރާތަކުގައި މަސްވެރިން ބައިވެރިވާންޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ކުއްލި އެއްވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒަކީ އިންތިހާއަށް ދޮގު ހައްދަވާ ބޭފުޅެއް ކަމަށާއި، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން މިއަދާއި ހިސާބަށް އެމަނިކުފާނު ގެންދަވަނީ ދޮގު ހައްދަވަމުން ކަމަށެވެ.

Advertisement - newsAdvertisement

މަސްވެރިންނަށް ރައީސް މުއިއްޒު ވެވެވަޑައިގެންނެވި ވައުދުފުޅުތަކަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ މަސްވެރިންނަށް ހަމަ އަގަށް ފައިސާ ނުދެވޭ ކަމަށާއި، ޑޮލަރުން ވެސް ފައިސާ ނުދެވޭ ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ ކުރީ ސަރުކާރުން ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ބުނެ، މަސްވެރިންނަށް ފައިސާ ނުދީ ގާތްގަނޑަކަށް 3 މަސް ދުވަހު ހިފަހައްޓާލައި، މަސްވެރިންނަށް ދަތިކޮށްފައިވާ ކަމަށެވެ. އެދުވަހު ވެސް މަސްވެރިންނަށް ފައިސާ ލިބިގެންދިޔައީ އެމްޑީޕީ މެންބަރުން މަސްވެރިންނާއެކު ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު މަސްވެރިންނަށް ބާނާ މަހަށް ފައިސާ ދެމުންދަނީ ބޭންކް އޮފް މޯލްޑިވްސްއިން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށާއި، މިގޮތަށް މިކަން އަބަދު ނުހިނގާނެ ކަމަށެވެ.

އެހެންކަމުން މަސްވެރިންގެ ހައްގު ހޯދުމަށް އަދި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކަންކަމަށް ކަންކަން ހަމަޖެއްސުމަށް އެމްޑީޕީން ކުރަމުންދާ މި މުޒާހަރާތަކުގައި މަސްވެރިން ބައިވެރިވާންޖެހޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ރާއްޖެއިން ބޭރަށް މަސް ފޮނުވައި، ލިބޭ ޑޮލަރު ސަރުކާރުން ނަގަމުންދާ ކަމަށެވެ.

މިހާރު މަސްވެރިން ބަނާ މަހަށް ފައިސާ ދެމުންދަނީ ބޭންކް އޮފް މޯލްޑިވްސްއިން ދަރަންޏަށް ފައިސާ ނަގައިގެން. ދުވަސްކޮޅަކަށް ދެވިދާނެ. ދެން ވާނެ ގޮތެއް މަސްވެރިންނަށް އެހައި ސާފެއް ނޫން. މުއިއްޒު ވިދާޅުވި ގޮތަށް އަމަލުނުކުރާތީ މަސްވެރިން މި މުޒާހަރާއަށް ބައިވެރިވާންޖެހޭ. އަޅުގަނޑުމެން މިކުރި މަސައްކަތުން މިހާރު ވެސް އެލިބޭ އެއްޗެއް ލިބެނީ. މި އެމްޑީޕީ މީހުން މަސްވެރިންގެ ހައްގުގައި މިތާގައި ހުރި ފަޅުތެރޭގައި ހުރި ދޯނިތަކަށް އަރައި އެދެއްކި ވާހަކައާއި، އެކުރި ޑިމާންޑުތަކާއި ގުޅިގެން ލިބޭ އެއްޗެއް ލިބެނީ. އޭރު ވެސް ދެމުންދިޔައީ 20 ރުފިޔާ އާ ހިސާބަށް މަސްކިލޯއެއް ގަންނާނަމޭ. ކަންނެލި މަސްކިލޯއެއް 100 ރުފިޔާއަށް ގަންނާނަމޭ. ނުގަނޭ އެކަމަކު.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ މި ސަރުކާރަކީ މަސްވެރިންނަށް ހެޔޮ އެދޭ ސަރުކާރެއް ނޫން ކަމަށާއި، މިސަރުކާރާއެކު ރާއްޖެ ދަނީ ފަހަތަށް ކަމަށެވެ. ރައްޔިތުން އިތުރަށް ނިކަމެތިނުވެ، ދިވެހި ރައްޔިތުންގެ ހައްގުގައި މުޒާހަރާއަށް ނުކުންނަން ޖެހޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު