Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ކައުންސިލް އެސެމްބްލީ

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އަންނަނީ ލިބޭ ކޮންމެ ފުރުސަތެއްގައި ލާމަރުކަޒީ ނިޒާމު ނިކަމެތިކޮށް ގަޑުބަޑު ކޮށްލަން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 15 އެޕްރީލު 2025 | އަންގާރަ 03:47
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެމްޑީޕީ ކައުންސިލް އެސެމްބްލީގައި ވާހަކަދައްކަވަނީ: ވިދާޅުވީ މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަންކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އަންނަނީ ލިބޭ ކޮންމެ ފުރުސަތެއްގައި ލާމަރުކަޒީ ނިޒާމު ނިކަމެތިކޮށް ގަޑުބަޑު ކޮށްލަން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އެމްޑީޕީ އޮފީހުގައި އޮތް އެ ޕާޓީގެ ކައުންސިލް އެސެމްބްލީގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ މި ސަރުކާރުން ކައުންސިލް ތަކާއި މެދު ކަންތައް ކުރެއްވި ގޮތަށް އަލިއަޅުއްވާލައްވަމުން ނާޒިލް ވިދާޅުވީ މި ސަރުކާރު އައިފަހުން ކައުންސިލްތަކާއި މެދު ކަންތައް ކަންތައް ކޮށްފައި ވަނީ އިހާނެތިކޮށް ކަމަށާއި އެކަމުގެ ހެއްކެއްގެ ގޮތުގައި ދާދި ފަހުން ފާސްކުރި ބަޖެޓުން އެކަން ވަރަށް ސާފުވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ މި ސަރުކާރުން ފާސްކުރި ބަޖެޓުން ކައުންސިލްތަކާއި މެދު ކަންތައް ކުރަން ފެށިގޮތުން އެންމެ ބޮޑަށް އެކަމާއި ކަންބޮޑުވެގެން އެވާހަކަތައް ދެއްކީ އެމްޑީޕީން ކަމަށާއި އެގޮތުން އެކަން ރަނގަޅު ކުރުމަށް ވެސް އެންމެ ބުރަ މަސައްކަތެއް ކުރީ އެ ޕާޓީން ކަމަށެވެ.

ނާޒިލް ވިދާޅުވީ ފާސްކުރި ބަޖެޓުން ކައުންސިލްތަކަށް ލިބޭ އަދަދުތައް މަދުކުރުމުން އެކަމާއި ދެކޮޅަށް އެމްޑީޕީން ތެދުވެ އެކަން އިހު އޮތްގޮތަށް ގެނެެސްފައި ވަނީ އެމްޑީޕީގެ ކައުންސިލް މެމްބަރުންނާއި ޕާޓީގެ މެމްބަރުންގެ ވެސް ބުރަ މަސައްކަތުން ކަމަށެވެ.

ނާޒިލް ވިދާޅުވީ ފައިސާ ނެތި ކައުންސިލްތައް ނުހިންގޭނޭ ކަމަށާއި ކައުންސިލްތައް ހިންގޭނީ ފައިސާވެސް ހުރެގެން ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ފައިސާ ލިބޭނޭ ގޮތްވެސް ހަމަޖައްސައި ދިނީ އެމްޑީޕީން ކަމަށް ނާޒިލް ވިދާޅުވިއެވެ.

ކޮންމެ ފަހަރަކު، އެބޭފުޅުންނަށް ލިބޭ ހަމަ ކޮންމެ ފުރުސަތެއްގައި އެބޭފުޅުން މުޅި މި ނިޒާމް ގަޑުބަޑުކޮށްލަން ދަނީ މަސައްކަތް ކުރަމުން. މި ސަރުކާރުން އެންމެ ފުރަތަމަ ވެސް ފާހަގަކުރި އެއްކަމަކީ ކައުންސިލަރުން ލިބިފައިވާ ބަޖެޓުގެ ތެރެއިން ރާއްޖެއިން ބޭރަށް ދާ ވާހަކަ، މިބޭފުޅުންނަށް ވީ އެއީ ބޭކާރު ކަމަކަށް. ނަމަވެސް އެމްޑީޕީއަށް އެއީ ވަރަށް މުހިންމު ކަމެއް.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ ރަށެއްހެ ކައުންސިލަށް އައިސްފައި ތިބި ބޭފުޅުންނަކީ އެރަށެއްގެ ތަރައްޤީއައް ބޭނުންވާ އެންމެ ހާކަންތައްތައް އެނގި، އުގެނި ދަސްކުރަން ޖެހޭ ބައެއް ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލަރުންނަކީ ރަށަށް ތަރައްޤީ ގެނައުމަށް ގިނަ ކަންކަން ތަޖުރިބާވެސް ކުރަން ޖެހޭ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުހިތަދޫ ދެކުނު ދާއިރާކައުންސިލުތައްއެމްޑީޕީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު