Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ފަސް ލަނޑުގެ މޮޅާއެކު ޖަރުމަނަށް ވަރުގަދަ ފެށުމެއް

އަލިއާންޒް ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2024 | ހޮނިހިރު 05:14
މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްކޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވެއްޖެ އެވެ.

ޖަރުމަނުގެ އަލިއާންޒް ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 އިންނެވެ. މިއީ މުބާރާތުގެ ފުރަތަމަ މެޗެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޔޯޝުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ފްލޯރިއަން ވާޓްޒް އެވެ. އޭގެ ނުވަ މިނެޓު ފަހުން ޖަމާލް މުސިއާލާ ވަނީ ޖަރުމަނުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އޭނާ ޖެހީ ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ތިން ވަނަ ލަނޑެއް ވެސް ޖެހިފަ އެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން އެ ލަނޑު ޖެހީ ހަވާޓްޒް އެވެ.

ދެ ވަނަ ހާފުގައި ޖަރުމަނުގެ ހަތަރު ވަނަ ލަނޑު، 68 ވަނަ މިނެޓުގައި ޖެހީ ނިކްލަސް ފުލްކްރޫގް އެވެ. އޭގެ ފަހުން ވެސް ފުލްކްރޫގް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ނަަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ސްކޮޑްލެންޑުގެ ހަމައެކަނި ލަނޑަކީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި ޖަރުމަނުގެ ފަސް ވަނަ ލަނޑު، އެމްރޭ ޗާން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.

ޖަރުމަނާއި، ސްކޮޓްލެންޑުގެ އިތުރުން، ގްރޫޕް އޭ ގައި ދެން އޮތީ ހަންގޭރީއާ ސްވިޒަލެންޑް އެވެ. މި ދެ ޓީމު ބައްދަލު ކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސޭއިރު އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު