Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ނުސެއިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާ އަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް

10 ޖޫން 2024 | ހޯމަ 08:51

ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ޝަހީދު ވި މީހުންގެ އަދަދު 274ށް ވަނީ އަރާފަ

ރާއްޖެ އެމްވީ | 10 ޖޫން 2024 | ހޯމަ 08:51
އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖަނާޒާގެ ތެރެއިން

އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖަނާޒާގެ ތެރެއިން

އިޒްރޭލުގެ 4 ރަހީނުން ސަލާމަތް ކުރުމުގެ ނަމުގައި ފަލަސްތީނުގެ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ލޭ އޮހޮރުވުން ބޮޑު ހަމަލާ އަކީ ހަނގުރާމައިގެ ޖަރީމާ އެއްގެ ގޮތުގައި ހަމާސް އިން ސިފަކޮށްފިއެވެ.

މި ދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ހިންގި މި އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު ދަނީ މައްޗަށެވެ. ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ޝަހީދު ވި މީހުންގެ އަދަދު މިހާރު 274ށް އަރައިފި ކަމަށެވެ. އޭގެ ތެރޭގައި 64 ކުޑަކުދިންވެސް ހިމެނެއެވެ. އިޒްރޭލުގެ މި ހަމަލާގައި 700ށް ވުރެ ގިނަ މީހުން ޒަޚަމް ވި ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީއާ ހަވާލާ ދީ އަލް ޖަޒީރާ އިން ވަނީ ބުނެފައެވެ.

ހަމާސް އިން ބުނީ އިޒްރޭލުގެ މި ހަމަލާގައި ރަހީނުންގެ ތެރޭގައި ހިމެނޭ 3 މީހުން ވެސް މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިޒްރޭލުގެ 2 މީހުންނާއި އެމެރިކާގެ ރައްޔިތަކު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އިޒްރޭލުން ވަނީ މި ވާހަކަތައް ދޮގު ކޮށްފައެވެ.

އިޒްރޭލުން މި ފަހަކަށް އައިސް މުޅިން ހެން ހަމަލާ ދެމުން ދަނީ ގާޒާގެ ބައިބޯ ރެފިއުޖީ ކޭމްޕްތަކަށެވެ.

ހޮނިހިރު ދުވަހުގެ މި ހަމަލާއަށް ފަހު އާދިއްތަ ދުވަހުވެސް އިޒްރޭލުން ގާޒާގެ މެދުތެރޭގެ ބުރެއިޖް ސަރައްދުގެ ގެއަކަށް ހަމަލާ ދީ ފަލަސްތީނުގެ 3 މީހުން މަރާލާފައި ވެއެވެ. އެތައް ބަޔަކު މި ހާދިސާގައިވެސް ޒަޚަމްވެފައި ވެއެވެ. މީގެ އިތުރުން އަލް މަގާޒީ އަށާއި އަލް ނުސެއިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ ޓޭންކު ތަކުން އަރާ ޖަރީމާތައް ހިންގާފައިވެއެވެ.

ގެދޮރު ގެއްލި ދިރިއުޅޭ ވަޒަނުން ބޭރުގައި ރެފިއުޖީންގެ ގޮތުގައި ވަގުތީ ހިޔަލުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލުމަށްފަހު އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ހަނގުރާމަ ވެރިންނާ ދެކޮޅަށް އަލް ބުރެއިޖް އާއި ދާރުލް ބަލާހް ގައި ހިންގި އޮޕަރޭޝަންގައި ހަތިޔާރު އެޅި ފަލަސްތީނުގެ މީހުން މަރުވެފައިވާ ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،084 މީހުން ފަލަސްތީނުން މަރުވެފައިވެއެވެ. އަދި 84،494 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސް އިން މި މުއްދަތުގެ ތެރޭގައި އިޒްރޭލަށް ދިން ހަމަލާ ތަކުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާއިޒްރޭލް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ނައުރޫގެ ނަން ބަދަލުކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް