Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލު ޕާސްޕޯޓު މަނާކުރުން

އިޒްރޭލު ޕާސްޕޯޓު މަނާކުރުން – ނުވެގެން މިއުޅެނީ ކޮން ކަމެއްތޯއެވެ!

ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު އޮންނަނީ ގާނޫނު އަސާސީން ރައީސަށް ދީފައި

ރާއްޖެ އެމްވީ | 3 ޖޫން 2024 | ހޯމަ 10:40
އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރަން ދެން އިތުރަށް ބޭނުންވަނީ ކޮން ގާނޫނެއް ކަމެއް ނޭނގެ

އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރަން ދެން އިތުރަށް ބޭނުންވަނީ ކޮން ގާނޫނެއް ކަމެއް ނޭނގެ

އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ކެބިނެޓުގައި ރައީސް ޑރ. މުއިއްޒު ނިންމައިފި ކަމަށް އެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ވަޒީރުންގެ ފެންވަރުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޖޫން މަހުގެ 2 ވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ އާ ބެހޭ ވަޒީރު ހާމަ ކުރެއްވިއެވެ.

މާނަ އަކީ އިޒްރޭލް މީހުން ރާއްޖެއަށް އައުން ސަރުކާރުން ދެކޭ ގޮތުގައި އަދި މަނާ ކުރެވޭކަށް ނެތެވެ. އެކަން ވާން އަންނަނީ ގާނޫނެއް އޮވެގެންނެވެ. އެކަމަކު އިޒްރޭލަކީ ރާއްޖެއާ ސިޔާސީ ގުޅުމެއް ވެސް އޮތް ގައުމެއް ނޫނެވެ. ވިސާ އެއްބަސްވުމެއް ވެސް އެ ގައުމާ އެކު ހެދިފައިވާ ގައުމެއް ނޫނެވެ. ދެން މިކަން ނުވާންވީ ކީއްވެތޯއެވެ؟ އަނެއްކޮޅުން އިމިގްރޭޝަނުން ހުއްދަ ނުދޭ މީހަކަށް މިހާރުވެސް ރާއްޖެ އެތެރެ އެއް ނުވެވޭނެ ނޫންތޯއެވެ؟ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ރާއްޖޭގައި އަމަލު ކުރަމުންދާ ދިވެހި ރާއްޖޭގެ އިމިގްރޭޝަން ގާނޫނު (ގާނޫނު ނަންބަރު 2007/1) ގެ ދަށުން ރާއްޖެއަށް އެތެރެ ވެވޭނެ މީހުންނާ ނުވެވޭނެ މީހުން މާރީތިކޮށްވެސް ކަނޑައެޅެއެވެ.

ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގައި ސާފުކޮށް "ރާއްޖެއަށް އެތެރެވުން ހުއްދަ ނެތް މީހުން" އަށް މާއްދާ އެއް އެބައޮތެވެ. އެއީ ގާނޫނުގެ 8 ވަނަ މާއްދާއެވެ.

ގާނޫނުގެ މި މާއްދާގައި ރާއްޖެ އެތެރެ ވުމުގެ ހުއްދަ ނުދެވޭނެ މީހުންގެ ގިންތި ތަކެއް ކަނޑައަޅާފައިވާ އިރު، ރާއްޖޭގެ އިޖުތިމާއީ ނުވަތަ ދީނީ އެއްބައިވަންތަ ކަމަށް އުނިކަމެއް ކުރާ ނުވަތަ ކުރަން އުޅޭ ކަމަށް ބެލޭ މީހުން ރާއްޖެ އެތެރެ ވުމުގެ ހުއްދަ އެއް ނުލިބޭނެ ކަމަށް އޮވެއެވެ. އޭގެ އިތުރުން، ގައުމުގެ ސަލާމަތާ ރައްކައުތެރި ކަމަށް އުނިކަމެއް ފޯރުކޮށްފާނެ ކަމަށް ބެލޭ މީހުން ވެސް ރާއްޖެއަށް އެތެރެ އެއް ނުވެވޭނެ ކަމަށް އެ މާއްދާގައި އޮވެއެވެ. އަދި މިއަށް ވުރެ ވެސް ފުޅާކޮށް ރާއްޖެއަށް އެތެރެ ނުވެވޭނެ މީހުން ކަނޑައެޅުމުގެ އިޚްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ދީފައި އެބައޮތެވެ. ގާނޫނުގައި ބުނަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ގިންތީތައް ކަނޑައަޅާފައިވާ މަޤްޞަދު ހާސިލުކުރުމަށްޓަކައި، ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުން ރަނގަޅު ނުވާނެ ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ފެންނަ ބިދޭސީއަކަށް، ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އަށް ލިބިގެންވާ ކަމަށެވެ.

މިހާ ސާފުކޮށް ރާއްޖެއަށް އެތެރެ ނުވެވޭނެ މީހުން ކަނޑައެޅޭ ގޮތް ގާނޫނުގައި ބުނެދީފައި އޮތް އިރު، އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރަން ދެން އިތުރަށް ބޭނުންވަނީ ކޮން ގާނޫނެއް ބާވައެވެ؟

މަޖިލީހަށް ބިލެއް ހުށަހަޅައިގެން އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ވާހަކަ ދައްކާއިރު، މި މައްސަލައަކީ ކުރިއަށް ދާންވީ ގޮތް ކަނޑައަޅާ ނިންމާފައިވާ މައްސަލައެކެވެ. އެކަން އެގޮތައް ނިންމުމުގައި މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން މިހާރު އެތިއްބެވީ ވެސް ޑރ. މުއިއްޒުގެ ކެބިނެޓުގައެވެ.

އިޒްރޭލްގެ ޕާސްޕޯޓާއި އިޒްރޭލްގެ ފަތުރުވެރިން ދިވެހިރާއްޖެއަށް އައުން ހުއްޓުވައިދެއްވުން އެދި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ރައްޔިތުންގެ މަޖިލީހަށް 17 އޮކްޓޯބަރ 2023 ގައި ފޮނުއްވި ސިޓީއެއްގައި ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، އަނިޔާވެރި ޤަތުލުއާންމު ހިންގަމުންދާތީ އެކަމާ ގުޅިގެން އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ކުރުން މަނާކުރުމަށް ފެންނަ ކަމަށެވެ.

މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި 15 ނޮވެމްބަރ 2023ގައި މައްސަލަގައި ގޮތެއް ނިންމުމަށް ބޭއްވި ޖަލްސާގައި ފުރަތަމަ ވާހަކަފުޅު ދެއްކެވީ އޭރުގެ އެމްޑިޕީ މެމްބަރު އަދި ފަހުން ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ.

ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން ދިވެހި ރާއްޖޭގެ ޚާރިޖީ ކަންކަމާބެހޭ އެންމެހާ ކަންކަމާއި ސިޔާސަތުތައް ކަނޑައަޅާ ހިންގުމަކީ ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށް ވާތީ އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ފޮނުވުމުން މަޖިލީހުގެ މަސްއޫލިއްޔަތު މިކަމުގައި އަދާވީ ކަމަށް ދެކެވަޑަގަންނަވާ ކަމަށެވެ.

"ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ކަންކަމާބެހޭ އެންމެހައި ކަންކަމާއި، ސިޔާސަތުތައް ކަނޑައަޅާ ހިންގުމަކީ، އެ ސިޔާސަތުތައް ހިންގުމަކީ، ތަންފީޒު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގައް ލިބިފައިވާ ބާރެއް" ޝަރީފް ވިދާޅުވިއެވެ.

އެހެން ކަމުން މިކަން ނިންމަން "ފެންނަ ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް މި މައްސަލައިގައި މެންބަރަކު އެދިވަޑައިގަންނަވާގޮތް (ސިޓީގައި ހުށަހަޅާފައިވާ ގޮތް) ދަންނަވައިލުމަށް." ޝަރީފް ހުށަހެޅުއްވިއެވެ.

ޝަރީފްގެ ހުށަހެޅުމަށް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވީ، އޭރުގެ މާވަށު ދާއިރާގެ މެމްބަރު އަދި އެ ވާހަކަފުޅު ދެއްކެވިތާ ދެދުވަސް ފަހުން އިސްތިއުފާ ދެއްވާ ޑރ މުއިއްޒުގެ ކެބިނެޓުން ޖާގަ ހޯއްދެވި މުހައްމަދު ސައީދެވެ.

ސައީދު ވިދާޅުވީ، އޭނާވެސް ގަބޫލު ކުރައްވާ ގޮތުގައި ސިޓީގައި ހިމެނޭ އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމުގެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަކީ މަޖިލީހުން މިކަން ކުރަން ޖެހޭ ގޮތްކަން ގަބޫލު ކުރައްވާ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ހަމަ މި މޭރުމުން އޭރުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ފަހުން ޑރ މުއިއްޒުގެ ކެބިނެޓުން ޑިފެންސް މިނިސްޓަރުކަން ހޯއްދެވި ޣައްސާން މައުމޫނު ވާހަކަފުޅު ދެއްކެވިއެވެ.

ޣައްސާން ވިދާޅުވީ މި މައްސަލަ މަޖިލީހަށް ލިބިފައި އޮތް ކަމާއި، އަދި މަޖިލީހުގެ ކަންބޮޑުވުން ތަކާއެކީ ގާނޫނީ ގޮތުން ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާ ބާރު ލިބިވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ އަށް މަޖިލީހުން ދެކޭ ގޮތާއެކު ހުށަހެޅުމަށެވެ.

ކޮމިޓީގައި އެހެން ރޫހެއްގައި އެއްވެސް އިތުރު މެމްބަރަކު ވާހަކަ ނުދައްކަވާކަން އެ ޖަލްސާގެ ޔައުމިއްޔާއިން އެނެގެއެވެ. އެހެން ކަމުން މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ ސިޔާސަތެއް ކަމުގައިވާތީ، މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ.

މަޖިލީހުގެ މިމައްސަލަ އަށް ގޮތެއް ނިންމި ދަނޑިވަޅާ ޑރ މުއިއްޒު ރައީސް ކަމުގެ މަގާމާ ހަވާލުވި ދަނޑިވަޅާ ދިމާވުމާއެކު، ރައްޔިތުންގެ މަޖިލީހުން އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ނިންމި ގޮތް ރައީސް ކަމުގެ ހުވައި ކުރެއްވުމާއެކު އޮންނާނީ އެމަނިކުފާނުގެ އަރިހަށް ފޮނުވިފައި ކަމާ މެދު ޝައްކެއް ނެތެވެ. އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެ ދިޔައީއެވެ. ދެން އަނެއްކާ މިއިވުނީ ހަމަ އެ މައްސަލަ އަނބުރާ ބިލެއްގެ ސިފައިގައި މަޖިލީހަށް ފޮނުވާ ވާހަކައެވެ. އިމިގްރޭޝަން ގާނޫނަކުން ވެސް މިކަމެއް ނުވީތާއެވެ. މަޖިލީހުން ނިންމި ގޮތްވެސް ގޮތަކަށް ނުވީތާއެވެ. ނުވެގެން މިއުޅެނީ ކޮން ކަމެއް ކަމެއް އަދި ނޭނގުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19: ރާއްޖެ މިހާރު ދާން މިއުޅެނީ ކޮން މިސްރާބަކަށް؟

ކޮވިޑް-19: ރާއްޖެ މިހާރު ދާން މިއުޅެނީ ކޮން މިސްރާބަކަށް؟

27 މެއި 2020
ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

10 މާރިޗު 2020
އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟

އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟

22 ޑިސެމްބަރު 2019
އިދިކޮޅުން ފާޑުފާޑުގެ ވާހަކަ ދައްކަނީ ހޯދި ކުރިއެރުން ހަޖަމް ނުވެގެން

އިދިކޮޅުން ފާޑުފާޑުގެ ވާހަކަ ދައްކަނީ ހޯދި ކުރިއެރުން ހަޖަމް ނުވެގެން

20 ނޮވެމްބަރު 2019
ތިމާވެށީގެ މައްސަލަތަކުގައި ސަރުކާރު ޖޫރިމަނާކުރުން: ބޭކާރު ކަމެއް!

ތިމާވެށީގެ މައްސަލަތަކުގައި ސަރުކާރު ޖޫރިމަނާކުރުން: ބޭކާރު ކަމެއް!

29 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު