Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅީފަޅުގެ މަސައްކަތް

ގުޅީފަޅުގެ ފޭސް-1 އަދި ފޭސް-2 އެއްކޮށް ހިއްކާ ނިމިއްޖެ

31 މެއި 2024 | ހުކުރު 08:08

ފޭސް-1 ގެ ދަށުން ހިއްކީ 42 ހެކްޓަރުގެ ބިން، ފޭސް-2 ދަށުން ހިއްކީ 133 ހެކްޓަރުގެ ބިން

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2024 | ހުކުރު 08:08
ކ.ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދެއް

ކ.ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދެއް

ގުޅީފަޅުގެ ފޭސް-1 އަދި ފޭސް-2 އެއްކޮށް ހިއްކާ ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ފޭސް-1 އަދި ފޭސް-2 ދަށުން ބިން ހިއްކުމަށް ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއް ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ ފޭސް-1 ގެ ދަށުން ހިއްކީ 42 ހެކްޓަރުގެ ބިމާއި، ފޭސް-2 ދަށުން ހިއްކީ 133 ހެކްޓަރުގެ ބިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު ކުރެވެމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ފޭސް-1 އަދި ފޭސް-2 ގެ ޝޯ-ޕްރޮޓެކްޝަން މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް 1 ނޮވެންބަރު 2024ށް ނިމޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފޭސް-3 ބިން ހިއްކުމަށް އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން 85 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

މާލެއާ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ދުރުގައި އޮތް ގުޅީފަޅު ތަރައްގީކުރުމުގެ މަސައްކަތަކީ މިދިޔަ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށެވެ. އަދި 53 މިލިއަން ޑޮލަރަށް އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ހިއްކުމަށެވެ.

ދިރިއުޅުމުގެ ގިނަ ފަސޭހަތަކާ އެކު ތަރައްގީ ކުރުމަށް ޕްލޭން ކުރެވިފައިވާ ގުޅީފަޅުގައި އިގްތިސާދީ މަސައްކަތްތަކަށް ވެސް ހާއްސަ ސަރަައްދުތައް ކަނޑައަޅާފައި ވެއެވެ. މިިގޮތުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާއި އަށް ހާއްސަ ސަރަހައްދުތަކެއް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށް ސިޓީ ހޮޓާ ތަރައްގީކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މިސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކުރިއިރު މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ހިމެނޭ ޗާޓްތައް މިދިޔަ ސަރުކާރުގައިވެސް އާންމުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށް މާދަމާ ޝަރީއަތް ފަށަނީ

22 އޯގަސްޓު 2017
އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށް މާދަމާ ޝަރީއަތް ފަށަނީ
16 އޯގަސްޓު 2017

މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެއްކޮށް ބިދޭސީންތަކެއް ހައްޔަރު ކޮށްފި

16 އޯގަސްޓު 2017
މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެއްކޮށް ބިދޭސީންތަކެއް ހައްޔަރު ކޮށްފި
12 އޯގަސްޓު 2017

ފަޅު ހިއްކުމުގެ ނޭދެވޭ އަސަރުކޮށް ފަރުތައް އެއްކޮށް މަރުވެދާނެ ކަމުގެ ބިރު!

12 އޯގަސްޓު 2017
ފަޅު ހިއްކުމުގެ ނޭދެވޭ އަސަރުކޮށް ފަރުތައް އެއްކޮށް މަރުވެދާނެ ކަމުގެ ބިރު!
22 ޖޫން 2017

މާފުށީ ކައިރީގައި ފަޅެއް ހިއްކާތީ ރައްޔިތުން ކަންބޮޑުވެފައި!

22 ޖޫން 2017
މާފުށީ ކައިރީގައި ފަޅެއް ހިއްކާތީ ރައްޔިތުން ކަންބޮޑުވެފައި!
12 ޖޫން 2017

އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

12 ޖޫން 2017
އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ
01 ޖޫން 2017

ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް

01 ޖޫން 2017
ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
24 އެޕްރީލު 2017

ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ

24 އެޕްރީލު 2017
ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް