Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅު

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

ގާނޫނުން ފުށު އަރާ ކަންކަން ހައްލު ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލް ގެ އޮފީހާ މަޝްވަރާ ކޮށްގެން ހައްލެއް ހޯދުަމަށް މަސައްކަތް ކުރާނެ ކަމަށް މިިނިސްޓްރީން ބުނޭ

ރާއްޖެ އެމްވީ | 9 ޖުލައި 2025 | ބުދަ 14:08
ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދުގައި ސަރުކާރުގެ އޮފިޝަލުން ތަކެއް މަޑުކޮށްލައިގެން (ފައިލް)

ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދުގައި ސަރުކާރުގެ އޮފިޝަލުން ތަކެއް މަޑުކޮށްލައިގެން (ފައިލް)

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލަ ހޫނުވެ، ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރީ ސަރުކާރުން ހަދާފައިވާ އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި އެވެ.

ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ހަވީރު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގުޅީ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މެއި 2025 ގައި ކުރިއަށް ގެންދެވުނު ގުރުއަތުން އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލު ކުރުން އަވަސް ކުރުަމަށްޓަކައި އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި ގޯތި އޮތްތަން ބަޔާން ކުރުމުގެ ގޮތުން، މިހާރު އެ ފަރާތްތަކާ އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހު ކުރުމަށްޓަކައި މިނިސްޓްރީ އާއި ގޯތި ހަވާލު ކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހު ކުރެވިފައިވާ އައު އެއްބަސްވުގައި ސޮއި ކުރުމަށް މިނިސްޓްރީން ނިންމި ކަމަށެވެ.

Advertisement - newsAdvertisement

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު ގެ ދަށުން ހުޅުމާލެ އިން ލިބުނު ގިނަ ގޯތި ތައް ހަވާލު ކުރެވި އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައި ވުމާއެކު ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް ނުފެންނަ ކަމަށް މިނިސްޓްރީން މިހާރު ވަނީ އެއްބަސްްވެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިއުލާނު ކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށް ރަޖިސްޓަރީ ހަވާލު ކޮށްފައިވާކަން އިއުލާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ އެއްބަސްވުންތައް ދެމި އޮއްވާ ޑރ. މުއިއްޒުގެ ސަރުކާރުން ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެެނެސް، ކުރިން ލިބިފައިވާ ގޯތީގެ ލޮކޭޝަން ވަނީ ބަދަލު ކޮށްފައެވެ.

އެއާއެކު އަލުން ގުރުއަތުލުން ބާއްވާ، އައު ލޮކޭޝަނުން ލިބޭ ގޯތި ވަނީ ކަނޑައަޅާފައެވެ.

މި ގޮތައް ކަނޑައަޅާ، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުވި ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

މައްސަލަ ހޫނުވީ، މިނިސްޓްރީން އައު އެއްބަސްވުން އެކުލަވާލި އިރު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްްވުމުގައި ވާ މުހިންމު މައްދާ އެއް ސިއްރުން ބަދަލު ކޮށްފައިވާ ކަން ފަޅާ އެރުމުންނެވެ.

26 ޖޫން 2022 ގައި ކުރީ ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގެ 3 ވަނަ މާއްދާގެ (ނ) ގައި މި ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި "މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރެޖިސްޓަރީ ވެފައި ނެތުން" ހިމެނެއެވެ.

އަދި (ރ) ގައި "މާލެ، ހުޅުމާލެ، ވިލިނގިލި) ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީ ވެފައިވާ ނަމަ އެތަނެއް މި އުސޫލާ އެއް ގޮތައް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައި" ވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން ކުރިން ހެދި އެއްބަސްވުމުގެ 2 ވަނަ މާއްދާ އާއި 3 ވަނަ މާއްދާގައި އޮންނަނީ "މާލެ ސަރަހައްދުން" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯއްޗެއްގެ އެއްމެދު މިލްކުވެރިންނަށް ބަދަލަކާ ނުލައި ދޫކޮށްލަން އެއްބަސްވާ ކަމަށާއި، ގޯތި ލިބޭ ފަރާތަށް ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބައި ވާރިސުންނަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އިތުރު ވާރިސެއް ނެތް ނަމަ ދައުލަތައް އެ ބައެެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް، މި ނޫހަށް ކޮޕީ ލިބިފައިވާ އަލަށް ހަދާ އެއްބަސްވުމުގެ 2 ވަނަ އަދި 3 ވަނަ ނަންބަރަށް ބަލާއިރު "މާލެ ސަރަހައްދު" "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" މި ގޮތައް ބަދަލު ކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެ ގޮތުން މި ގެނައި ބަދަލާ އެކު ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިންގ އެއް ރަޖިސްޓަރީ ކޮށްފައިވާ ނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށާއި، އަދި ގޯތީގެ އިތުރު އެއްމެދު މިލްކުވެރިޔަކު ނެތް ނަމަ ދައުލަތައް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ސަރުކާރުން ގެނައި މި ބަދަލާ ގުޅިގެން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އިތުރުން، ގާނޫނީ ވަކީލުންނާއި އާންމުންގެ ގިނަ ބަޔަކު މިކަމަށް ފާޑު ކިޔާ ޝުއޫރު ފާޅު ކުރަން ފެށުމުން ވެސް ފުަރަތަމަ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ކުރިން އޮތް ގޮތް ދިވެހި ރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ފުށު އަރާ ކަމަށް ބުނެ ފަހުން މި ގެނައި ބަދަލު ދިފާއު ކުރަން މަސައްކަތް ކޮށްފައެވެ.

ސަރުކާރަށް ޕްރެޝަރ ބޮޑުވެ އެންމެ ފަހުން ކުރިން އޮތް އެއްބަސްވުމާއެކު ދާން ނިންމުމަށް ފަހު ބުނެފައިވަނީ، ގޯތި ލިބުނު ފަރާތްތަކާ ދެެމެދު ވެވިފައިވާ އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލު ކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާ ކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.

ގުޅީފަޅުބިންވެރިޔާ ސްކީމްމިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު