Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

ރަފާގެ "ރައްކައުތެރި" ކޭމްޕަކަށް އިޒްރޭލުން ހަމަލާދީ އަންދާލުމާ ގުޅިގެން މުޅި ދުނިޔެ އަށް ބޮޑު ޝޮކެއް

ގާޒާގައި މިހާރު ރައްކައުތެރި އެއްވެސް ތަނެއް ނެތް

ރާއްޖެ އެމްވީ | 27 މެއި 2024 | ހޯމަ 17:40
ރަފާގައި ކަނޑައެޅިފައިވާ ރައްކާތެރި ސަރަހައްދެއްގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ޚާއްސަ ޓެންޓް ކޭމްޕެއް އިސްރާއީލް ސިފައިން އަރާ ހަފުސްކޮލުމުގެ ސަބަބުން ފަލަސްތީނުގެ 50 އެއްހާ މީހުން ވަނީ މަރުވެފައ

ރަފާގައި ކަނޑައެޅިފައިވާ ރައްކާތެރި ސަރަހައްދެއްގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ޚާއްސަ ޓެންޓް ކޭމްޕެއް އިސްރާއީލް ސިފައިން އަރާ ހަފުސްކޮލުމުގެ ސަބަބުން ފަލަސްތީނުގެ 50 އެއްހާ މީހުން ވަނީ މަރުވެފައ

ގާޒާގެ ރަފާ ސިޓީއަށް ހަމަލާ ދިނުން ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް ކުރި އަމުރާ ގުޅިގެން އިޒްރޭލުގެ ނުބައިކަން އިހުނަށްވުރެ ބޮޑަށް ދައްކާލައިފިއެވެ.

އެއާއެކު އިޒްރޭލުން އަމިއްލަ އަށް ރައްކައުތެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ފަލަސްތީންގެ ރެފިއުޖީން ދިރިއުޅޭ ރަފާގެ ކޭމްޕަކަށް އާދިއްތަ ދުވަހުގެ ރޭ ދިން އަނިޔާވެރި ހަމަލާއާ ގުޅިގެން މުޅި ދުނިޔޭގެ ނުރުހުމާ ނަފްރަތް އިޒްރޭލަށް ވަނީ އަމާޒުވެފައެވެ.

ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނީ ހަމަލާގައި މަރުވި ގިނަ މީހުންނަކީ އަންހެނުންނާ ކުޑަކުދިން ކަމަށެވެ. އެމީހުން ދިރިތިއްބާ އަނދާފައިވަނީ ދިރިއުޅޭ ޓެންޓުގައި ތިއްބާ ކަމަށްވެސް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.

ވައިގެ މަގުން އިޒްރޭލުން ދިން ހަމަލާގެ ސަބަބުން މުޅި ސަރަހައްދުގައި ރޯވެ ފެތުރުނު އަލިފާންގަނޑުން މުޅި ސަރަހައްދު ވަނީ އަނދާ ހުލިވެފައެވެ.

މަންޒަރު ދުށް މީހުން ބުނީ ސަރަހައްދުގައި ވަނީ އަނދާފައިވާ ހަށި ތަކާއި، އިންސާނުންގެ ގުނަން ތަކާއި، މަރުވެފައިވާ މީހުންނާއި، ޒަޚަމްވެފައިވާ ކުޑަ ކުދިންނާއި އަންހެނުންނާއި ދުވަސްވީ މީހުން ކަމަށެވެ.

ހަމަލާގެ ބިރުވެރި މަންޒަރުތައް ދުނިޔެއަށް ފެތުރުމާއެކު ދުނިޔޭގެ ލީޑަރުން ވަނީ އިޒްރޭލްގެ މައްޗަށް ދުނިޔޭގެ ކޯޓުން ކުރި ހުކުމް އަވަހަށް ތަންފީޒް ކޮށް މި ނާމާން ކަމަށް ނިމުމެއް އަވަހަށް ގެނައުމަށް ގޮވާލައްވާފައެވެ.

އީރާންގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ ވިދާޅުވީ އިޒްރޭލްގެ ޓެރަރިސްޓް ސަރުކާރުން މިފަދަ ކަމެއް ކުރުމުން ހައިރާން ނުވާ ކަމަށެވެ. އިޒްރޭލަކީ އެއް ދުވަހު ރެފިއުޖީންނަށް ބޮންއަޅާ އަނެއް ދުވަހު ހަސްފަތާލުތައް ލެޔާ ހިރަފުހަށް ހަދާލާ ބައެއް ކަމަށެވެ.

އ.ދ ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އޭޖެންސީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަފާ އިން މި ފެންނަ މަންޒަރުތަކަކީ އެ ތަނަކީ ދުނިޔެ މަތީގައިވާ ނަރަކަ އެއް ކަން ސާބިތުވާ އިތުރު ހެއްކެއް ކަމުގައެވެ.

ފަލަސްތީންގެ ސަރުކާރުން ހޯމަ ދުވަހު އިޒްރޭލުގެ މި ގޮތްކުޑަ ހަމަލާ ކުށްވެރި ކުރަމުން ބުނެފައިވަނީ މިއީ ގަސްދުގައި އާއްމުންނަށް އަމާޒު ކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

ހަމާސް އިން ބުނެފައިވަނީ މިއީ އިޒްރޭލުން ހިންގި ގަތުލުއާއްމެއް ކަމަށާއި މިކަމުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެ ކަމަށެވެ. އިޒްރޭލުން މިފަދަ ނުރައްކާތެރި ހަމަލާއެއް އެމެރިކާގެ އާނބަސް ނެތި ނުދޭނެ ކަމަށް ހަމާސް އިން ބުނެފައިވެއެވެ.

ގަތަރުން ބުނެފައިވަނީ މިއީ އިޒްރޭލުން ބައިނަލް އަގްވާމީ ގާނޫންތަކާ ޚިލާފުވުން ކަމުގައެވެ. މި ހަމާލާގެ ސަބަބުން ގާޒާގެ ހާލަތު އިތުރަށް ގޯސްވެ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިތުރު ތަކުލީފްތައް ކުރިމަތިވާނެ ކަމަށްވެސް ގަތަރުން ބުނެފައިވެއެވެ. މީގެ އިތުރުން ސުލްހައަށް ކުރެވޭ މަސައްކަތްތައް މި ހަމަލާގެ ސަބަބުން އިތުރަށް ފަހަތަށް ޖެހޭނެ ކަމަށްވެސް ގަތަރުން ބުނެފައިވެއެވެ.

ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވީ މި އަމަލު ހިންގި ޖައްބާރު ބެންޔަމިން ނަތަންޔާހޫ ޖަވާބުދާރީ ކުރުމަށް ތުރުކީން ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އިތުރަށް އުރުދުޣާން ވިދާޅުވީ މި އަމަލު ހިންގި ފަރާތްތަކަކީ އިންސާނިއްޔަތު ކުޑަވެސް ކަންފުޅެއް ހުރި ބައެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ޖޯޑްން އިންވެސް ވަނީ އިޒްރޭލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ފަރަންސޭސި ވިލާތުގެ ރައީސް އިމެނުއަލް މެކްރޯން ވަނީ އިޒްރޭލްގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ފަލަސްތީންގައިވެސް ރަފާގައިވެސް މިހާރު ފަލަސްތީންގެ ރައްޔިތުންނަށް ރައްކައުތެރި އެއްވެސް ތަނެއް ނެތް ކަމުގައެވެ. މެކްރޯންވަނީ ބައިނަލް އަގްވާމީ ގާނޫނުތަކަށް ބޯލަނބާ ވަގުތުން ހަމާލަތައް ހުއްޓާލުމަށް އިޒްރޭލަށް ގޮވާލައްވާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ ޖޯސެފް ބޮރެލް ވަނީ އިޒްރޭލުން މި ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވަނީ އިޒްރޭލުން އައިސީޖީގެ އަމުރަށް ވަގުތުން ބޯލަނބާ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މިސްރުންވެސް ވަނީ އިޒްރޭލުގެ މި އަމަލު ކުށްވެރި ކޮށްފައެވެ.

ސްޕެއިންގެ ޚާރިޖީ ވަޒީރު މެނުއަލް އަލްބަރޭސް އިޒްރޭލްގެ ހަމަލާގައި މައުސޫމް އެތައް ބަޔަކު މަރުވެފައިވާ ކަން ފާހަގަ ކޮށް އިޒްރޭލްގެ ހަމަލާތައް ކުށްވެރި ކުރައްވާފައިވެއެވެ.

އަޔަލެންޑްގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން ވިދާޅުވީ އިޒްރޭލްގެ އަމަލަކީ ނާތަހުޒީބް އަނިޔާވެރި އަމަލެއް ކަމަށެވެ.

ނޯވޭގެ ޚާރިޖީ ވަޒީރު އިޒްރޭލްގެ މި ހަމަލާ އަކީ ދުނިޔޭގެ އެންމެ މަތީ ކޯޓުގެ ނިންމުމާ ސީދާ ޚިލާފްވުން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ އެންމެ މަތީ ކޯޓުގެ ނިންމުމަކީ އެއަށް ތަބާވާން ޖެހޭ އެއަށް އަމަލު ކުރުން މަޖުބޫރު ނިންމުމެއް ކަމަށެވެ. އެހެން ކަމުން އިޒްރޭލުން ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްރިކަން ޔޫނިއަންގެ ޗެއަރމަން މޫސާ ފަގީ މުހައްމަދު ވެސް ވަނީ އިޒްރޭލްގެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އިޒްރޭލުން ގެންދަނީ ބައިނަލް އަގްވާމީ ގާނޫނުތައް މުގުރާ، ދުނިޔޭގެ އެންމެ މަތީ ކޯޓުގެ ހުރުމަތް ކަނޑަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒާގެ ރަފާ ސިޓީ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލާ އެ ތަނުން އިޒްރޭލް ސިފައިން ވަގުތުން ފޭބުމަށް އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލަށް އަމުރު ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު