Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިމިގްރޭޝަންގެ ބަންދުގައި ބެހެއްޓި މީހަކު

ޒާތީ މައްސަލައެއްގައި އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާންގެ އެންގެވުމަށް ލަންކާ މީހަކު އެއަރޕޯޓުގައި ކާން ބޯން ނުދީ ބަހައްޓާފައި ހުންނަތާ 10 ގަޑިއިރު

ނަދީޝް އެތެރެނުވެވޭނެ ސަބަބެއް އަންގާފައި ނެތް، އިމިގްރޭޝަން އޮފިސަރުން ފޯނު ނުނަގާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 މެއި 2024 | ހުކުރު 14:24
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ އޯޑަރަށް ރާއްޖެ އެތެރެވިޔަ ނުދީ މީހަކު ބަހައްޓާފައި

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ އޯޑަރަށް ރާއްޖެ އެތެރެވިޔަ ނުދީ މީހަކު ބަހައްޓާފައި

ގާނޫނުތަކާއި ހިލާފަށް ޒާތީ މައްސަލައެއްގައި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ އެންގެވުމަކަށް ރާއްޖެ އައި ލަންކާ މީހަކު އެއަރޕޯޓުގައި ކާން ބޯން ނުދީ ބަހައްޓާފައި ހުންނަތާ އެތައް ގަޑިއިރެއްވެއްޖެކަން ހާމަވެއްޖެއެވެ.

ލަންކާއިން ޓުއަރިސްޓް ވިސާގައި ހުކުރު ދުވަހުގެ ހެނދުނު 8:30 ޔޫއެލް 101ގެ ފުލައިޓުގައި އައިސް ލަންކާގެ ރައްޔިތެއް ކަމަށްވާ ނަދީޝް ޕެރޭރާ ހިފަހައްޓާފައިވަނީ އިމިގްރޭޝަނުން އެންމެ މަތިން އޯޑަރު އައިސްގެން ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައިގައި ނަދީޝްގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ އެމްއެމް ޗެމްބަރސް އެލްއެލްޕީ މެނޭޖިންގ ޕާޓްނަރ މަރިޔަމް މުނާ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިމިގްރޭޝަނުން ނަދީޝް ހިފެހެއްޓުމުން، އެއަރޕޯޓަށް ދިޔަ ކަމަށެވެ. ނަމަވެސް އެއަރޕޯޓަށް ދިއުމުންވެސް އިމިގްރޭޝަން އޮފިސަރުން އެކަމަށް ހުރަސް އެޅި ކަމަށާއި، އެތަނަށް ދިޔައީ ނޮޓަރައިޒްޑް ޕަވަރ އޮފް އެޓަރނީއެއް ހިފައިގެން ކަމަށެވެ. އަދި އިމިގްރޭޝަން އޮފިސަރުން ބުނަމުން ދަނީ ނަދީޝް އަށް ދިވެހިރާއްޖެއަށް އެތެރެ ނުވެވޭ ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ވަކީލަކަށް އޭނާގެ ވަކީލަކަށް ނުވެވޭނެ ކަމަށެވެ.

ނަދީޝް ޕްރޭރާ ދިއްސަކާއި އިނދެގެން ލިބުނު ކުއްޖަކު ރާއްޖޭގައި ވެސް އެބަހުއްޓެވެ. މުނާ ވިދާޅުވީ ނަދީޝް ކުރިން ރާއްޖޭގައި އުޅުނު އިރު އޭނާގެ ދަރިފުޅު ކައިރިއަށް ދިއުމުން 1 ދުވަހު ޑިޓެންޝަންގައި ބެހެއްޓި ކަމަށެވެ. އަދި އެކަން ކުރީ އޭނާގެ ސްޕެޝަލް ވިސާ ރިވޯކް ކޮށްފައި ކަމަށާއި، އެއިރުވެސް އެއްވެސް ސަބަބެއް ހާމަނުކޮށް ފޮނުވާލި ކަމަށެވެ.

އަދި މިފަަހަރު އޭނާ ރާއްޖެ އައީ ޓުއަރިސްޓް ވިސާގައި ކަމަށާއި، ޓުއަރިސްޓް ވިސާއަށް ބޭނުންވާ 4 ރިކުއަރމަންޓް ވެސް ހަމަކޮށްގެން ކަމަށެވެ. އަދި އެއަރޕޯޓުން ދިމާވި އިމިގްރޭޝަންގެ އޮފިސަރެއް ބުނެފައިވަނީ، ނަދީޝްގެ އިންޓެންޝަނަށް ބަލާފައި އޭނާ ހިފެހެއްޓުމުގެ ބާރު އޮންނާނެ ކަމަށެވެ.

ލަންކާ ރައްޔިތަކަށް ޓުއަރިސްޓް ވިސާގެ ގޮތުގައި ރާއްޖެއިން ދެނީ 30 ދުވަހެވެ. ނަމަވެސް ނަދީޝް ހިފެހެއްޓި ފަހުން އޭނާއަށް އިމިގްރޭޝަނުން ޖަވާބެއް ދީފައި ނުވާ އިރު، އޭނާގެ ވަކީލުންނާއި ވެސް ބައްދަލުކުރެވޭނެ ފުރުސަތެއް ދީފައިވެސް ނުވެއެވެ.

ރާއްޖެއިން ބޭރު ފަރާތެއް ނަމަވެސް، ރާއްޖެއަށް އެތެރެ ނުވެވުމުގެ ސަބަބުން ދިވެހި ވަކީލެއް އައްޔަން ނުކުރެވޭ ގޮތަށް ގާނޫނެއްގައި ބުނެފައިނުވެއެވެ. ނަމަވެސް މިކަން ހިނގި ގޮތަށް ބަލާއިރު، ނަދީޝް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ދީފައި ނުވަނީ ސީދާ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ އެންގުމުގެ މަތިންކަމަށް ވަނީ އިތުބާރު ހުރި ގޮތަކަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައެވެ.

މުނާ ވިދާޅުވީ ލޯފާމްގެ ފަރާތުން ނަދީޝް ކުރިން ފޮނުވާލި މައްސަލައިގެ މައުލޫމާތު ސާފުކުރި އިރު، އޭނާ އެއިރު ފޮނުވާލީ ސްޕެޝަލް ވިސާ ރިވޯކް ކުރުމަށްފަހު ކަމަށާއި، ނަދީޝް ބްލެކްލިސްޓްކޮށް ސްކްރީން ކޮށްފައި ނުވާ ކަމަށެވެ.

އެއްވެސް އިންޓަރނޭޝަނަލް އެރީނާއެއްގައި ވަކީލުންނަށް އެކްސެސް ނުދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ބްލެކް ލިސްޓް ނުވަތަ ސްކްރީނިން މީހެއްގެ ކުރާނަމަ އެހެން އެއްވެސް މީހަކަށް އެންގުމުގެ ކުރިން އެ ސްކްރީން ނުވަތަ ބްލެކް ލިސްޓްވެފައިވާ މީހާއަށް ރަސްމީކޮށް އަންގަންޖެހެއެވެ.

މުނާ ވިދާޅުވީ ސީދާ ސަރުކާރާ ވެސް ވާހަކަ ދައްކާ ރައީސް އޮފީހާ ހަމައަށް މި ވާހަކަތައް ގެންގޮސްފައިވާނެ ކަމަށެވެ. އަދި އާދީއްތަ ދުވަހު އޮފީސް ހުޅުވުމުން އަންނަން އިމިގްރޭޝަން އޮފިސަރުން އެންގި ކަމަށާއި، ނަމަވެސް ހުކުރު ދުވަހު ނަދީޝް އަނބުރާ ފޮނުވާލައިރު، އާދީއްތަ ދުވަހު އޭނާގެ ހައްގު ހިމާޔަތްކުރެވޭނީ ކިިހިނެއްތޯ ވެސް ލޯފާމުން ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް އިމިގްރޭޝަން އޮފިސަރު ވެސް މިހާރު ފޯނު ނުނަގާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ބަލާލާއިރު، އިމިގްރޭޝަންގެ ތެރެއިން މައުލޫމާތު ލިބިފައިވަނީ ނަދީޝް ހިފެހެއްޓުމުގެ އޯޑަރު އައިސްފައިވަނީ ސީދާ ކޮންޓްރޯލަރު ޝަމްއާން ވަހީދު އަންގަވައިގެން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ވަކީލުން އިމިގްރޭޝަން އޮފިސަރުންނާއި ކިތައްމެ ވަރަކަށް މުއާމަލާތްކުރި ނަމަވެސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި، އެކަމާއި ގުޅޭގޮތުން ދެން ކަންކަން ކުރެވޭނީ ސީދާ ސަރުކާރުގެ އިސް ފަރާތްތަކާއި ވާހަކަ ދައްކައިގެން ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ލޯފާމުން މިކަން އިތުރަށް ތަހުގީގުކުރި އިރު، މީގެ ކުރިން އޭނާއާއި އޭނާ ކުރިން އިން މީހާއާއި ދެމެދު ޖެހުނު މައްސަލަތަކެއްގައި ރައްކާތެރިކުރުމުގެ އަމުރެއް ނަދީޝްގެ މައްޗަށް އޮތް ކަމަށްވެއެވެ. އަދި އެ އަމުރަކީ ސީދާ ނަދީޝްއަށް އޮތް އަމުރެއް ކަމަށާއި، އެ އަމުރު އޮތީ ފުލުހުން ނުވަތަ އިމިގްރޭޝަންގެ މައްޗަށް ނޫން ކަމަށް ލޯފާމުން ބުނެއެވެ.

މި މައްސަލައިގައި ޝަމްއާންގެ އޯޑަރަށް ނަދީޝް ބަންދުކޮށްފައިވަނީ ނަދީޝްގެ ކުރީގެ އަންހެނުންނާއި އިމިގްރޭޝަން ކޮންޓްރޯލާއެކު އޮތް ގުޅުމެއްގެ ސަބަބުން ކަމަށާއި، މިކަން ސީދާ ކުރަމުންދަނީ ޝަމްއާންގެ އަމުރަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި ލޯ ފާމުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ލޯފާމުން ވަނީ ލަންކަ އެމްބަސީ މެދުވެރިކޮށްވެސް މިކަމުގެ މައުލޫމާތު ހޯދާފައެވެ. އެގޮތުން ލަންކާ އެމްބަސީއިންވެސް ބުނެފައިވަނި ނަދީޝް ހައްޔަރުކޮށްފައިވަނީ ސީދާ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާންގެ އޯޑަރަށް ކަން ކަށަވަރުކޮށްފައި ކަމަށް ވެސް ބުނެފައެވެ.

ނަދީޝްއަށް ކާއެއްޗެއް ދޭން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާ ކަމަށް ވެސް ލޯފާމުން ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ގުޅައިގެން ވެސް ޖަވާބެއް ނުލިބޭ އެ ފަރާތުން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމާއެކު މުއިއްޒުގެ ސަރުކާރުން އެތައް ބައިނަލް އަގްވާމީ ގާނޫނަކާ ޚިލާފުވެއްޖެ

މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމާއެކު މުއިއްޒުގެ ސަރުކާރުން އެތައް ބައިނަލް އަގްވާމީ ގާނޫނަކާ ޚިލާފުވެއްޖެ

17 ޖެނުއަރީ 2025
ސިޔާސީ ޚިޔާލު ތަފާތުވުން، ޒާތީ ހަސަދައާއި އަދާވާތްތެރިކަމުގެ އަނގުރަށް ބަދަލުވުން

ސިޔާސީ ޚިޔާލު ތަފާތުވުން، ޒާތީ ހަސަދައާއި އަދާވާތްތެރިކަމުގެ އަނގުރަށް ބަދަލުވުން

01 އެޕްރީލު 2023
ސަލާމަތަށްވުރެ ޗައިނާއަށް މުހިންމީ ޒާތީ މަންފާ ބޮޑު، ދޭދޭ ގުޅުންތަ؟

ސަލާމަތަށްވުރެ ޗައިނާއަށް މުހިންމީ ޒާތީ މަންފާ ބޮޑު، ދޭދޭ ގުޅުންތަ؟

09 ޖޫން 2022
"ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!"

"ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!"

24 ޑިސެމްބަރު 2020
ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

17 ޖޫން 2018

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު