Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލައްސާނުގެ އަދަބު ލުއިކުރުން

އިއުތިރާފުގެ އެއްބަސްވުމަކާއެކު ލައްސާނަށް ލުއި އަދަބެއް

1 އޯގަސްޓު 2025 | ހުކުރު 13:56

އަހްމަދު ލައްސާނު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކުރުމުން ޖަލު ހުކުމަކާއި ޖޫރިމަނާ ކަނޑައަޅައި މައްސަލަ ވަނީ ނިންމާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އޯގަސްޓު 2025 | ހުކުރު 13:56
ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން: އެމީހުންނަށް ދައުވާކުރުމަށް މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފަ

ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން: އެމީހުންނަށް ދައުވާކުރުމަށް މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފަ

ބިދޭސީއެއްގެ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއެކު ހައްޔަރުކުރި މ. ހަޒާރީވިލާ އަހްމަދު ލައްސާނު އަށް ލުއި އަދަބެއްދީ އޭނާގެ މައްސަލަ ނިންމާލައިފިއެވެ.

ޝަމްއާން ހިމެނޭހެން މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި ފަސްމީހުންނަކީ އުމުރުން 36 އަހަރުގެ މުޙައްމަދު ޝަމްއާން ވަހީދު، ގ. ލިޓޯނިޔާ އުމުރުން 21 އަހަރުގެ މުޙައްމަދު އަލްސަން އިސްމާއިލް، ތ. ބުރުނި އާއި އުމުުރުން 37 އަހަރުގެ އިބްރާހިމް އަޙްމަދު، ގ. ހެޕީސައިޑް އާއި އުމުރުން 47 އަހަރުގެ ހަސަން ސަހެޝާން، ގ. ހެޕީސައިޑްގެ އިތުރުން އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު، މ. ހަޒާރީވިލާ އެވެ.

Advertisement - newsAdvertisement

މި ފަސް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވީ 11 މެއި 2025 ގައެވެ. މި 5 މީހުންގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމާއި، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތެވެ. ލައްސާނުގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި ފޭރުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލައިގައި ތަފްސީލު ފުލުހުން ހާމަކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ ޝަމްއާން ދިރިއުޅޭ ގެ މ. ސިލްވަރ ލައިން ކައިރީގައި ސައިކަލު ޕާކްކުރުމަށްފަހު ޝަމްއާން ދިރިއުޅޭ ގެއަށްވަދެ، އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ފައިސާ ކޮތަޅު ހިފައިގެން ވަދެފައިވަނީ ލައްސާނުއާއި އިބްރާހިމް އަހުމަދު ހިމެނެއެވެ. އިމިގްރޭޝަންގެ އޮޕަރޭޝަން ހިންގި އިރު އެ އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ފުލުހުންބުނެއެވެ.

ލައްސާން އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކުރުމުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވިކަމަށް ނިންމާ އޭނާގެ މައްޗަށް އިއްވީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14400 ރުފިޔާގެ ޖޫރިމަނާއެކުއެވެ. މީގެ އިތުރުން ފޭރުމުގެ ކުށް ސާބިތުވެ 7 މަހާއި 6 ދުވޗަހުގެ ޖަލު ހުކުމަކާއެކު 14400 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.

ޝައްމާންގެ އިތުރުން 4 މީހެއްގެ މައްޗަށް ދައުވާ އުފުލި އިރު، މި 4 މީހުންގެ ތެރެއިން އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ލައްސާން އެކަންޏެވެ. އަދި އިސްކޮށް އުޅުނުކަމަށް ފުލުހުން ބުނާ ކުރީގެ ކޮންޓްރޯލަރ ޝައްމާން މުހައްމަދު ވަހީދު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2018

ކަޅުވަކަރު މިސްކިތް ނެގި ތަނުގައި އަޅާ ވިންޓަރ ކޯނާރގެ މަސައްކަތް ހަލުއިކޮށްފި

20 މާރިޗު 2018
ކަޅުވަކަރު މިސްކިތް ނެގި ތަނުގައި އަޅާ ވިންޓަރ ކޯނާރގެ މަސައްކަތް ހަލުއިކޮށްފި
07 މާރިޗު 2018

ގެންނަ އިސްލާހަކުން ރަހީނުކޮށްފައިވާ ފަނޑިޔާރުންނަކަށް އަދަބެއް ކަނޑައެއްނޭޅޭނެ: ގާސިމް

07 މާރިޗު 2018
ގެންނަ އިސްލާހަކުން ރަހީނުކޮށްފައިވާ ފަނޑިޔާރުންނަކަށް އަދަބެއް ކަނޑައެއްނޭޅޭނެ: ގާސިމް
14 ނޮވެމްބަރު 2017

ރައީސް ޔާމީން 20 ގައިދީއަކަށް އަދަބު ލުއިކޮށް ދެއްވައިފި

14 ނޮވެމްބަރު 2017
ރައީސް ޔާމީން 20 ގައިދީއަކަށް އަދަބު ލުއިކޮށް ދެއްވައިފި
26 އޮކްޓޯބަރު 2017

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހެއް ގެނެސްފި

26 އޮކްޓޯބަރު 2017
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހެއް ގެނެސްފި
03 ސެޕްޓެމްބަރު 2017

އިމްރާން ބާއްވާފައި އޮތީ އެންމެ ބޮޑެތި ކުށްވެރިންނާއެކު، ލުއި ދޭން ޖެހޭ : ރައީސް ނަޝީދު

03 ސެޕްޓެމްބަރު 2017
އިމްރާން ބާއްވާފައި އޮތީ އެންމެ ބޮޑެތި ކުށްވެރިންނާއެކު، ލުއި ދޭން ޖެހޭ : ރައީސް ނަޝީދު
06 ޖުލައި 2017

ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު

06 ޖުލައި 2017
ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު
12 ޖޫން 2017

ބިސް، ފިޔާ، އަލުއިގެ ފަސް ވަނަ ބެޗް ގެނެސް ހޯލްސޭލް ކުރަން ފަށައިފި

12 ޖޫން 2017
ބިސް، ފިޔާ، އަލުއިގެ ފަސް ވަނަ ބެޗް ގެނެސް ހޯލްސޭލް ކުރަން ފަށައިފި
30 މެއި 2017

މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!

30 މެއި 2017
މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް