Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާޢީލް ހަނގުރާމަ

ގާޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލް ސިފައިންދޭ ހަމާލާތައް އިތުރަށް ވަރުގަދަ ކޮށްފި

މި ހަމަލާގައި ފަލަސްތީންގެ 16 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭކަމަށް މަންޒަރު ދުށް ރިޕޯޓަރުން ހާމަކޮށްފައިވޭ

ރާއްޖެ އެމްވީ | 23 މެއި 2024 | ބުރާސްފަތި 07:46
އިޒްރޭލް ސިފައިން ނުސީރަތު ރެފިއުޖީ ކޭމްޕަށް ހަމަލާ ދިނުން އިތުރުކޮށްފައިވާ ކަން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރިޕޯޓަރުން ވަނީ ފާހަގަ ކޮށްފަ

އިޒްރޭލް ސިފައިން ނުސީރަތު ރެފިއުޖީ ކޭމްޕަށް ހަމަލާ ދިނުން އިތުރުކޮށްފައިވާ ކަން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރިޕޯޓަރުން ވަނީ ފާހަގަ ކޮށްފަ

ފަލަސްތީންގެ ގާޒާގެ ހުރިހާ ދިމާލަކުންވެސް އިޒްރޭލް ސިފައިން ދެމުންދާ ހަމަލާތައް ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި އިތުރުށް ވަރުގަދަ ކޮށްފި ކަމަށް އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނާ ހަވާލާދީ އަލްޖަޒީރާއިން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ގާޒާގެ ދަރަޖް ކިޔާ ހިސާބުގައި ހުރި 4 ބުރީގެ އިމާރާތަކަށް އިޒްރޭލް ސިފައިން ހަމަލަދީ ވަނީ ބިމާ ހަމަކޮށްލާފައެވެ. މި ހަމަލާގައި ފަލަސްތީންގެ 16 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭކަމަށް މަންޒަރު ދުށް ރިޕޯޓަރުން ހާމަކޮށްފައިވެއެވެ.

އިޒްރޭލް ސިފައިން ނުސީރަތު ރެފިއުޖީ ކޭމްޕަށް ހަމަލާ ދިނުން އިތުރުކޮށްފައިވާ ކަން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރިޕޯޓަރުން ވަނީ ފާހަގަ ކޮށްފައެވެ. ކުރިން އިންޒާރު ދިނުމަކާ ނުލާ އެ ސަހަރައްދުގެ ގެއަކަށް އިޒްރޭލް ސިފައިން ހަމަލާދީފައިވެއެވެ. މިހަމަލާގައި ފަލަސްތީންގެ 8 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ނުރައްކާތެރި ހަތިޔާރާ އެކު އިޒްރޭލް ސިފައިން ޖަބާލިއާ އާއި ރަފާ ސިޓީގެ މަގުތަކުގައި ހަރަކާތްތެރި ވަމުން ދާއިރު އެ ސަރަހައްދުތަކަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކެކެވެ.

ހަނގުރާމައިގެ ނުރައްކަލުން ސަލާމަތް ވުމަށް އެހެން ސަރަހައްދުތަކަށް ދާ ފަލަސްތީން ރައްޔިތުންނަކަށްވެސް އެތަންތަނުން ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ނެތް ކަމުގައި އދ އިން ބުނެއެވެ. އދ އިން ބުނަނީ ދިރިއުޅޭތަން ދޫކޮށްލަން މަޖޫބޫރުވާ ފަލަސްތީން ރައްޔިތުންނަށް ދެން އުޅެން ޖެހެނީ ކުނޑި ގަލުގެ ތެރޭގައި ކަމަށެވެ.

މިހާތަނަށް އިޒްރޭލުގެ ނުރައްކަލުން ސަލާމަތްވާން ރަފާ ސިޓީން 800،000 މީހުން އެހެން ތަންތަނަށް ހިޖްރަ ކޮށްފި ކަމަށް އދ އިން އަންދާޒާ ކުރެއެވެ.

ގާޒާއަށް ދެމުންދާ ހަމަލާތައް އިޒްރޭލުން ވަރުގަދަ ކޮށްފައި ވާއިރު ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރުމަށް ނިންމި ކަން ސްޕެއިން އާއި އަޔަލޭންޑް އަދި ނޯވޭން ބުދަ ދުވަހު އިއުލާން ކުރުމުން އެކަމާވެސް އިޒްރޭލުން ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.

މިކަމާ ރުޅި އައިސް އިޒްރޭލުން ބުނީ ގާޒާ އަށް ހަމަލާ ދިނުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ހިންގާ ގެދޮރު އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީން ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 35،709 މީހުން މަރުވެފައިވެއެވެ. އޭގެ އިތުރުން 79،990 މީހުން ޒަޚަމްވެފައި ވެއެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2018

އާއިލާތައް ވަކިކުރުމުގެ ސިޔާސަތާ ދެކޮޅަށް އެމެރިކާގެ އެކިކަންކޮޅުތަކުގައި މުޒާހަރާ ކުރަނީ

30 ޖޫން 2018
އާއިލާތައް ވަކިކުރުމުގެ ސިޔާސަތާ ދެކޮޅަށް އެމެރިކާގެ އެކިކަންކޮޅުތަކުގައި މުޒާހަރާ ކުރަނީ
27 މެއި 2018

އެމެރިކާއިން އެކި ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދޭ އުސޫލަށް ބަދަލުގެނެސްފި

27 މެއި 2018
އެމެރިކާއިން އެކި ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދޭ އުސޫލަށް ބަދަލުގެނެސްފި
19 ޖެނުއަރީ 2018

އެމެރިކާ އިން ފަލަސްތީނަށް އެހީވާ އެޖެންސީ އަކަށް ދޭ އެހީ ކަނޑާލުމާ ގުޅިގެން އެކި ޖަމާއަތްތަކުން އެކަމަށް ފާޑުކިޔައިފި

19 ޖެނުއަރީ 2018
އެމެރިކާ އިން ފަލަސްތީނަށް އެހީވާ އެޖެންސީ އަކަށް ދޭ އެހީ ކަނޑާލުމާ ގުޅިގެން އެކި ޖަމާއަތްތަކުން އެކަމަށް ފާޑުކިޔައިފި
03 ޖެނުއަރީ 2018

އިރާނުގެ ސަރުކާރަށް ތާއިދު ކުރާކަން ހާމަކޮށް އެކި ސިޓީތަކަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

03 ޖެނުއަރީ 2018
އިރާނުގެ ސަރުކާރަށް ތާއިދު ކުރާކަން ހާމަކޮށް އެކި ސިޓީތަކަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
22 ނޮވެމްބަރު 2017

އެކި ދުވަސްތަކުގައި މަރާލަން މަސައްކަތްކޮށްފައިވޭ: ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް

22 ނޮވެމްބަރު 2017
އެކި ދުވަސްތަކުގައި މަރާލަން މަސައްކަތްކޮށްފައިވޭ: ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް
30 ސެޕްޓެމްބަރު 2017

އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި

30 ސެޕްޓެމްބަރު 2017
އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި
10 ސެޕްޓެމްބަރު 2017

ތޫފާން އިރްމާ ފްލޮރިޑާގެ ސަރަހައްދުތަކަށް އަރައިފި

10 ސެޕްޓެމްބަރު 2017
ތޫފާން އިރްމާ ފްލޮރިޑާގެ ސަރަހައްދުތަކަށް އަރައިފި
23 އޯގަސްޓު 2017

"ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"

23 އޯގަސްޓު 2017
 "ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"
23 ޖުލައި 2017

އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި

23 ޖުލައި 2017
އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު