Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފިން ޗެމްޕިއަންޝިޕް

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

އެއްވަނަ ހޯދާ ފަރާތަކަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ލިބޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 9 އޯގަސްޓު 2017 | ބުދަ 03:51
ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީގެ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން

ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީގެ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން

ހަތް ވަނަ ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި އެވެ.

ޖުމްލަ ހަ ރާޅާއެޅުންތެރިން ވާދަކުރާ މި މުބާރާތަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެންމެ އަގުބޮޑު ސާފިން މުބާރާތެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވަނީ ހަވާއީގެ ރޮސް ވިލިއަމްސް، ބްރެޒިލްގެ މާޔާ ގެބްރިއާ، އޮސްޓްރޭލިއާގެ ޑިފެންޑިން ޗެމްޕިއަން ތާޖް ބްރޯ އަދި އެމެރިކާގެ ދެ ރާޅާ އެޅުންތެރިންކަމަށްވާ ސީޖޭ ހޮބްގުޑް އާއި ރޮބް މަޗަޑޯ އެވެ.

މީގެއިތުރުން މި މުބާރާތުގައި ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ވެސް ބައިވެރިވާނެ އެވެ. އޭނާ ވަނީ ރާއްޖޭގެ ތިން ގައުމީ މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށް ކާމިޔާބީތަކެއް ހޯދާފައެވެ.

މުބާރާތާ ބެހޭ ގޮތުން ކުޑަ އިއްސެ ބުނީ މާލޭ ރާޅުގަނޑު ބަންދުކުރި ހިސާބުން ފެށިގެން އެއްވެސް މުބާރާތަކަށް ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށާއި، އެގޮތުން މި މުބާރާތަށްވެސް ރަނގަޅު ގޮތުގައި ތައްޔާރުވެވިފައިނުވާ ކަމަށެވެ.

ކުޑަ އިއްސެ ބުނީ ބޭރުގެ މަޝްހޫރު ރާޅާ އެޅުންތެރިންނާއެކު ރާޅާ އަޅަން ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ހުރިކަމަށާއި، މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެގޮތުން ރަނގަޅު ހިސާބަކަށް ދާން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މުބާރާތުގައި ތިން ޑިވިޝަނެއް ހިމެނޭއިރު، އެއްވަނަ ހޯދާ ފަރާތަކަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ލިބެއެވެ. މުބާރާތް އަންނަ ހުކުރު ދުވަހު ފަށާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެމްޕިއަންސް ލީގު: މެންސިޓީ ކަޓުވާލައި މޮނާކޯ ކުއާޓާއަށް

ޗެމްޕިއަންސް ލީގު: މެންސިޓީ ކަޓުވާލައި މޮނާކޯ ކުއާޓާއަށް

16 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު