Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން: މިނިސްޓަރަށް ދަންނަވައިގެންވެސް ހައްލެއްނުވި، ވިދާޅުވަނީ މާދަމާ ވާނެކަމަށް!

ދެ ދުވަހެއްގެ ތެރޭގައި ހައްލުކުރާނެކަމަށް މިނިސްޓަރު ވިދާޅުވި ކަންތައް ހައްލު ނުވެގެން އަނެއްކާވެސް ޑްރައިވަރުން ޖެހުނީ މިނިސްޓަރު އަރިހަށްދާން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މެއި 2024 | ހޯމަ 11:52
އެއަރޕޯޓުގެ ޓެކްސީ ކިއު

އެއަރޕޯޓުގެ ޓެކްސީ ކިއު

އަދުގެ ސަރުކާރުން މަޝްވަރާގެ މަތިން ރައްޔިތުންގެ ހިޔާލާއެކު ކަންކުރާނެ ސަރުކާރެއް ދަނީ ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެންމެފަހުން އެތައް ސަތޭކަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ޓެކްސީގެ ހިދުމަތުގެ ބޮޑެތި ނިންމުންތަކެއް ނިންމާ އެކަން ތަންފީޒުކުރުމަށް ފުލުހުން ނެރުނު އިރު ޓެކްސީ ޑްރައިވަރުން ކައިރިން ހޭވެސް އަހާނުލާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެންމެފަހުން ނިކަމެތި ރައްޔިތުން މި ދާންޖެހުނީ ރައްޔިތުންގެ ހާދިމުކައިރިއަށް ކަންބޮޑުވުންތައް ހިފައިގެންނެވެ. މިކަމާއި ގުޅިގެން ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރު އިބްރާހީމް ނިޔާޒު ބުނީ، މިނިސްޓަރަށް ފުރަތަމަ ހުށަހެޅި ކަންބޮޑުވުންތަކަކީ، އެއަރޕޯޓް ޓެކްސީ ކިއު ހައްލުކުރުމަށްޓަކައި މިނިސްޓްރީން ގެނައި ބަދަލަކީ އެތަނުގައި ފުލުހުން ބޭތިއްބުން ކަމަށެވެ. އަދި ފުލުހުން ލައްވާ ކިއު ތަރުތީބުން ދަތުރަކަށް ޓެކްސީއެއް ދޫކުރަމުންދާ ކަމަށާއި، ޓެކްސީތަކުގެ ތެރޭގައި 7 ސީޓާއި 9 ސީޓުގެ ވެހިކަލް ހިމެނޭ އިރު، އެ އުޅަނދުތަކަށް ވެސް ނަގަން މަޖުބޫރުކުރުވަނީ އާދައިގެ ޓެކްސީއަކަށް ނަގާ އަގު ކަމަށެވެ. މީގެއިތުރުން ނިޔާޒު ބުނީ ބޮޑެތި އުޅަނދުތަކަށް ޓެކްސީ ސެންޓަރުތަކުން ދަތުރުތަކަށް އަގު ކަނޑައަޅާފައިވީ ނަމަވެސް، މިހާތަނަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން އެ އަގުތައް ގެޒެޓްކޮށްފައި ނުވާ ކަމަށެވެ.

ނިޔާޒު ބުނޫ އެދިފައިވާނީ ދުއްވާ ވޭންތަކަށް ކުރިން އޮންނަ ގޮތަށް ވަކި ސްލޮޓެއް ކަނޑައަޅައިދިނުމާއި، މިހާރު ޑޮމެސްޓިކް ޓާމިނަލަށް ވަދެވޭ ގޮތަށް އޮތްނަމަވެސް، ޓެކްސީތަކަށް ދާންޖެހޭ ރޫޓް ދިގުވުމުގެ މައްސަލައާ ގުޅިގެން އެއަރޕޯޓުގެ ހާލަތު ބަދަލުކޮށްދީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައުމެވެ.

މީގެ އިތުރުން ޓެކްސީ ފެއަރ ރޭޓުގެ އަގުތަކުގައި ވޭން ދުއްވާ އަގުވެސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ހިމަނައިދިނުމަށްވެސް އެދިފައިވާނެކަމަށް ނިޔާޒު ބުންޏެވެ. މީގެ އިތުރުން ޑޮމެސްޓިކަށް ހަމަޖައްސާފައިވާ އަގަކީ އެކަށީގެންވާ އަގަކަށް ނުވާތީ މީޓަރު ހަރުކުރުން ނުވަތަ އަގަށް ބަދަލު ގެނައުމަށް އެދިފައިވާނެ ކަމަށް ނިޔާޒް ބުންޏެވެ.

ނިޔާޒު ބުނީ އަގުތަކަށް ކުއްލި ބަދަލެއް ގެނައި އިރު އަދި މޫވްމެންޓަށް ބަދަލު ގެނައި އިރު ޓެކްސީ ޑްރައިވަރުންނާއި އެއްވެސް ގޮތަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި މިނިސްޓަރާއި ބައްދަލުކުރަން މިނިސްޓްރީއަށް ދިޔައީ އެކަމާއި މަޝްވަރާކުރަން އިސްވެ ބޭނުންވެގެން ކަމަށެވެ. އެގޮތުން 8 މެއިގައި ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށާއި، އެދުވަހުން އެދުވަހަށް ހައްލުކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވި ކަންކަން ހައްލުނުވުމުން 12 މެއިގައި ދެވަނަ ބައްދަލުވާން ދިޔަ ކަމަށާއި، އަނެއްކާވެސް ދިން ޖަވާބަކީ ދެދުވަހެއްގެ ތެރޭގައި ކަންކަން ހައްލުކުރައްވާނެ ވާހަކަ ކަމުގައި ނިޔާޒް ބުންޏެވެ.

ނިޔާޒް ބުނީ ސަރުކާރުގެ ވިސްނުމަކީ ޓެކްސީތައް ސަރުކާރުން ގެނެސްގެން ޑްރައިވަރުން ހިމަނައިގެން އެކަން ކުރުމެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމަކީ ޓެކްސީ ކުރުމަކީ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ވެފައި އަދި އަގުބޮޑުކޮށް ޓެކްސީ ގެނެސް އެއަށް ފައިސާ ދައްކަމުން ދާއިރު، ސަރުކާރުން މިކަމުގެ ތެރެއަށް ވަންނާތީ، އެކަމުގެ ކަންބޮޑުވުމެވެ.

ނިޔާޒު ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލިބެންޖެހޭ އިހްތިރާމް ނުލިބުމެވެ. އެގޮތުން ޓެކްސީގެ އަގުތައް ކޮންޓްރޯލްކުރި ނަމަވެސް ސަރުކާރުންދޭ ފުލެޓްތައް ބޮޑު އަގުގައި ވިއްކަމުންދާއިރު އެކަން ކޮންޓްރޯލް ނުކުރާކަމަށް އޭނާ ބުންޏެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ވެސް އަގުހެޔޮކޮށް ދަތުރު ކުރެވޭނީ ޓެކްސީ ޑްރައިވަރުންގެ ބޮލުގައި އެޅިފައިވާ ބޮޑު ކުލިތައް ވެސް ކޮންޓްރޯލް ކުރެވިގެން ކަމަށް އޭނާ ބުންޏެވެ.

ސަރުކާރުން ވަނީ އެއަރޕޯޓް ޓެކްސީ ކިއުއަށް ބަދަލުތަކެއް ގެނެސް ވަކިގޮތަކަށް ޓެކްސީ ޑްރައިވަރުން އަމަލުކުރަންޖެހޭ ގޮތަށް ކަންކަން ބަދަލުކޮށްފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ހުރިނަމަވެސް، މިހާތަނަށް ވެސް އެކަންކަމަށް އެދެވޭ ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާތައް ޓެކްސީ ޑްރައިވަރުން ދަނީ ކުރަމުންނެވެ.

ޓެކްސީ ޚިދުމަތްޓެކްސީ ޑްރައިވަރުންޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު