Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލް ފެރީ

އާރްޓީއެލް ފެރީން މުޅި ރާއްޖެ ގުޅުވާލުމަށް ކުރީ ސަރުކާރުން ނިންމަަފައިވާ ތާރީޚާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިތުރުފުޅު ހައްދަވައިފި

19 މެއި 2025 | ހޯމަ 19:24

އާރްޓީއެލް ފެރީގެ ނިޒާމަކީ ރައީސް ސޯލިހުގެ ސަރުކާރުން 2022 ވަނަ އަހަރުގެ ޖޫންމަހުގައި ތައާރަފްކުރި ނިޒާމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 19 މެއި 2025 | ހޯމަ 19:24
ކުރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން

ކުރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން

ނިމިދިއަ ރައީސް ސޯލިހް ގެ ސަރުކާރުގައި އަމާޒުހިފާފައި އޮތީ އާރްޓީއެލް ފެރީގެ މަޝްރޫއު 2027 ވަނަ އަހަރު ނިންމުމަށް ކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތައް ނިންމާލުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވި ވިދާޅުވުން ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ދޮގުކުރައްވައިފި އެވެ.

މިނިސްޓަރ އަމީންގެ ވާހަކަތަކަށް ރައްދު ދެއްވައި އަކުރަމް ކަމާލުއްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ އަމީން އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމަކީ ރައީސް ސޯލިހުގެ ސަރުކާރުން 2022 ވަނަ އަހަރުގެ ޖޫންމަހުގައި ތައާރަފްކުރި ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމުގެ ދަށުން 2024 ވަނަ އަހަރު ނިމުމުގެ ކުރިން ހައި ސްޕީޑް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ގުޅާލުމަށް ރައީސް ސޯލިހް ގެ ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަދި އެއީ ފަހަރެއްގައި ވެސް ރައީސް މުއިއްޒުގެ މި ސަރުކާރުގެ ޕްލޭނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މިދިއަ ސަރުކާރުން ކޮށްފައި ހުރި މިފަދަ ބޮޑެތި މަޝްރޫއުތައް މި ސަރުކާރުން އަމިއްލަކުރަން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޚުދުމުހުރާތު އަމަލެއް ކަމަށެވެ. އަދި އެފަދަކަންކަމުގައި މި ސަރުކާރުން ބޮޑެތި ދޮގުތައް ހައްދަވަމުން ގެންދަވާކަން އެއީ ހަގީގަތެއް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ހަގީގަތަކީ އެއީކީ ނޫން. ހަގީތަކަކީ އާރްޓީއެލް ސްޕީޑް ފެރީގެ ނިޒާމަކިީ 2022 ވަނަ ރައީސް ސޯލިހުގެ ސަރުކާރުން ފެށި މަސައްކަތެއް. އަދި އެ ނިޒާމުގެ ދަށުން މުޅި ރާއްޖެ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅުވާލުމުގެ ޕްލޭން ގެ ދަށުން ފިޔަވަހި ތަކަކަށް ބަހާލައިގެން މުޅި މަޝްރޫއު 2024 ގައި ނިންމުމަކީ އެ ސަރުކާރުގެ ތަސައްވުރެއް . މިނިސްޓަރ އަމީން އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް.
ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން

އަކްރަމް އިތުރަށް ވިދާޅުވީ އެ އަމާޒަށް މިސަރުކާރުން ވާސިލް ނުވެވުނީ އެ މަޝްރޫއަށް އިތުރަށް ބޭނުންވާ ލޯންޗު ތައް ހޯދަން ބޭނުންވާ ފައިސާ ހޯދުމުގައި މި ސަރުކާރު ފެއިލް ވުމުންނެވެ. އަދި މި މަޝްރޫއަށް އިންޑިއާ ގެ އެހީ ހޯދަންޖެހުނީ މަޝްރޫއަށް ބޭނުންވާ ލޯންޗުތައް ސަރުކާރަށް ނުހޯދުމުން ކަމަށް އެނާ ތުހުމަތު ކުރެއްވި އެވެ.

ހައިސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލަން މިދިޔަ ސަރުކާރުގައި ހިންގި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ނިޒާމު އިތުރަށް ފުޅާކުރަން ކަމަށް ބުނެ އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާ ދޭން ނިންމިކަން މި ސަރުކާރުން ހާމަކޮށްފައި ވަނީ އާދިއްތަ ދުވަހުގައެވެ.

މި ހަފްލާގައި، މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ނުވަ އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން މި ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އާދިއްތަ ދުވަހު މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ސޮއިކުރެއްވި 13 އެމްއޯޔޫ އެއްގައި . އާރުޓީއެލް ފެރީތައް ބަނުމަށް 100 މިލިޔަން ރުފިޔާ ގެ މާލީ އެހީތެރިކަން ދެއްވާފައިވާ ކަމަށާއި އަދި އާރުަޓީއެލް ފެރީގެ ނިޒާމު ކުރިއެރުވުމަށް އިންޑިއާ ސަރުކާރުހެ އެހީތެރިކަމާއެކު 13 ޕްރޮޖެކްޓެއް ކުރިއަށް ދާނެކަމަށް ވެސް ހާމަކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް