Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ލައިންގެ ޚިދުމަތް

ޖުލައި މަހު ފަށާނެ ކަމަށް ބުނި ޓެކްސީ ލައިންގެ ޚިދުމަތް އޮގަސްޓު މަހަށް ފަސްވެއްޖެ

އެ ޚިދުމަތް ދިނުމަށް ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖޫން 2025 | ހޯމަ 06:25
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް މީގެ ކުރިން ހާމަކޮށްފައި ވީ ނަމަވެސް، އެ ޚިދުމަތް ފެށުން ލަސް ވެއްޖެ އެވެ.

މާލެ ސަރަަހައްދުގައި ޓެކްސީގެ ޚިދުމަތް ސަރުކާރުން ދިނުމަށް އޮތީ ނިންމައިފަ އެވެ. އަދި އެ ޚިދުމަތް ދިނުމަށް ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

އޭގެ ފަހުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެފައި އޮތީ، އަންނަ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށެވެ. އޭރު މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ، ޖޫން މަސް ނިމި އަދި ޖުލައި މަހުގެ ކުރީ ކޮޅު އެ ޚިދުމަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް، ޓެކްސީ ލައިންގެ ޚިދުމަތް ޖުލައި މަހުގެ ކުރީ ކޮޅު ނުފެށި، އޮގަސްޓު މަހުގެ ކުރީ ކޮޅަށް ލަސްވެފައިވާ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އަމީން އެހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.

އެގޮތުން މިނިސްޓަރ އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި އެ ޚިދުމަތް ދިނުމަށް ބޭނުންވާ ކާރު ގެނައުމަކުން ޚިދުމަތް ނުފެށޭނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޕްރޮޑަކްޝަންގެ މައްސައްކަތް މި މަހު ފަށާނެ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އެ އިންޓަވިއުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެއީ ސްޓޯރަކަށް ވަދެ ޝެލްފަކުން ގަންނަން ލިބޭ ކަހަލަ ތަކެއްޗެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ސައިޒުގެ ޓެކްސީ އާއި ބޭނުންވާ ހުރިހާ ސާމާނެއް ހަރުކޮށްގެން ގެންނައިރު، ބައެއް ބަދަލުތަކެއް އަންނާނެ ކަމަށް ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ، މިހާރުގެ ޓައިމްލައިން ދައްކާ ގޮތުން، ޓެކްސީ ލައިންގެ ޚިދުމަތް ފެށުން އޮގަސްޓު މަހުގެ ފަހު ކޮޅަށް ވުރެ ލަސް ނުވާނެ ކަމަށެވެ.

ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަދެ، ޓެކްސީ ލައިންއެއް ތައާރަފު ކޮށްފައިވާއިރު، ޓެކްސީ ޑްރައިވަރުންގެ ނުރުހުން ވަނީ އެކަމަށް އަމާޒުވެފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޓެކްސީ ވިޔަފާރިވެރިންގެ ވިޔަފާރި ފުނޑާލުމަށް ކަމަށް ބުނެ، ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ވެސް ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު